Surah Yunus - Divehi Translation by Office Of The President Of Maldives
الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ
ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ حكمة ތެރި ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ
Surah Yunus, Verse 1
أَكَانَ لِلنَّاسِ عَجَبًا أَنۡ أَوۡحَيۡنَآ إِلَىٰ رَجُلٖ مِّنۡهُمۡ أَنۡ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓاْ أَنَّ لَهُمۡ قَدَمَ صِدۡقٍ عِندَ رَبِّهِمۡۗ قَالَ ٱلۡكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٞ مُّبِينٌ
މީސްތަކުންނަށް إنذار ކުރެއްވުމަށާއި، إيمان ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އިސްކަމާއި، މަތިވެރި مقام ހުރިކަމުގެ އުފާވެރި خبر ދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ފިރިހެނަކަށް، وحى އިއްވެވިކަން މީސްތަކުންނަށް عجائب އަކަށްވީހެއްޔެވެ؟ كافر ވި މީހުން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ (އެބަހީ: محمد ގެފާނީ) ފާޅުވެ بيان ވެގެންވާ ޖާދޫގަރެކެވެ
Surah Yunus, Verse 2
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُدَبِّرُ ٱلۡأَمۡرَۖ مَا مِن شَفِيعٍ إِلَّا مِنۢ بَعۡدِ إِذۡنِهِۦۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ فَٱعۡبُدُوهُۚ أَفَلَا تَذَكَّرُونَ
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގެންވިއެވެ. އެކަލާނގެ (އެންމެހާ) ކަންތައްތައް މިންވަރު ކުރައްވައި تدبير ކުރައްވަތެވެ. އެކަލާނގެ إذن ފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް شفاعة ތެރިވާނޭ) شفاعة ތެރިޔަކު ނުވެއެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
Surah Yunus, Verse 3
إِلَيۡهِ مَرۡجِعُكُمۡ جَمِيعٗاۖ وَعۡدَ ٱللَّهِ حَقًّاۚ إِنَّهُۥ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ بِٱلۡقِسۡطِۚ وَٱلَّذِينَ كَفَرُواْ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ
ތިޔަބައިމީހުން އެންމެން رجوع ވުން ވަނީ، އެކަލާނގެ حضرة އަށެވެ. (މިއީ) اللَّه ގެ حق وعد ފުޅެވެ. ހަމަކަށަވަރުން، ނެތުމުގެ ތެރެއިން خلق ތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ خلق ތަކުން إعادة ކުރައްވަނީ، އެކަލާނގެއެވެ. (އެއީ) إيمان ވެ صالح عمل ތައް ކުޅަމީހުންނަށް عدل ވެރި ގޮތުން ޖަޒާ ދެއްވުމަށްޓަކައެވެ. އަދި كافر ވި މީހުންނަށް އެއުރެން كافر ވެ އުޅުނުކަމުގެ ސަބަބުން، ކެކިކެކި ހުންނަ ހޫނުފެނުގެ ބުއިމަކާއި، ވޭންދެނިވި عذاب ހުށްޓެވެ
Surah Yunus, Verse 4
هُوَ ٱلَّذِي جَعَلَ ٱلشَّمۡسَ ضِيَآءٗ وَٱلۡقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلۡحَقِّۚ يُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ
އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منـزل ތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آية ތައް تفصيل ކޮށްދެއްވަތެވެ
Surah Yunus, Verse 5
إِنَّ فِي ٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَتَّقُونَ
ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި اللَّه ހެއްދެވި (އެންމެހައި) ތަކެތީގައި، تقوى ވެރިވާ ބަޔަކަށް دليل ތަކެއްވާކަން ކަށަވަރެވެ
Surah Yunus, Verse 6
إِنَّ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا وَرَضُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَٱطۡمَأَنُّواْ بِهَا وَٱلَّذِينَ هُمۡ عَنۡ ءَايَٰتِنَا غَٰفِلُونَ
ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި اللَّه ހެއްދެވި (އެންމެހައި) ތަކެތީގައި، تقوى ވެރިވާ ބަޔަކަށް دليل ތަކެއްވާކަން ކަށަވަރެވެ
Surah Yunus, Verse 7
أُوْلَـٰٓئِكَ مَأۡوَىٰهُمُ ٱلنَّارُ بِمَا كَانُواْ يَكۡسِبُونَ
ހަމަަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ آية ތަކާމެދު غافل ވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުންނެވެ
Surah Yunus, Verse 8
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ يَهۡدِيهِمۡ رَبُّهُم بِإِيمَٰنِهِمۡۖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ فِي جَنَّـٰتِ ٱلنَّعِيمِ
ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް، އެއުރެންގެ إيمان ކަމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދައްކަވާނެތެވެ. نعمة ގެ ސުވަރުގެތަކުގައި، އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ
Surah Yunus, Verse 9
دَعۡوَىٰهُمۡ فِيهَا سُبۡحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمۡ فِيهَا سَلَٰمٞۚ وَءَاخِرُ دَعۡوَىٰهُمۡ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
އެތާނގައި، އެއުރެންގެ دعاء އަކީ [سبحانك اللّهم] އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން تسبيح ދަންނަވަމެވެ. އަދި އެތާނގައި، އެއުރެންގެ تحيّة އަކީ، [سلام] އެވެ. އަދި އެއުރެންގެ دعاء ގެ ނިންމުމަކީ، [الحمد للَّه رب العالمين] އެވެ. حمد ހުރީ عالم ތަކުގެ ވެރި اللَّه އަށެވެ
Surah Yunus, Verse 10
۞وَلَوۡ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسۡتِعۡجَالَهُم بِٱلۡخَيۡرِ لَقُضِيَ إِلَيۡهِمۡ أَجَلُهُمۡۖ فَنَذَرُ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا فِي طُغۡيَٰنِهِمۡ يَعۡمَهُونَ
ހެޔޮކަމާއި، ثواب އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، اللَّه އެއުރެންނަށް ނުބަޔާއި، عقاب އަވަސްކޮށްދެއްވާނަމަ، އެއުރެންގެ أجل ޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (قيامة ދުވަހުން) ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ حال، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ
Surah Yunus, Verse 11
وَإِذَا مَسَّ ٱلۡإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوۡ قَاعِدًا أَوۡ قَآئِمٗا فَلَمَّا كَشَفۡنَا عَنۡهُ ضُرَّهُۥ مَرَّ كَأَن لَّمۡ يَدۡعُنَآ إِلَىٰ ضُرّٖ مَّسَّهُۥۚ كَذَٰلِكَ زُيِّنَ لِلۡمُسۡرِفِينَ مَا كَانُواْ يَعۡمَلُونَ
އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ
Surah Yunus, Verse 12
وَلَقَدۡ أَهۡلَكۡنَا ٱلۡقُرُونَ مِن قَبۡلِكُمۡ لَمَّا ظَلَمُواْ وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَمَا كَانُواْ لِيُؤۡمِنُواْۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުންގެ ގާތަށް معجزات ތަކާއިގެން رسول ން ވަޑައިގަތުމުން، އެއުރެން އަނިޔާވެރިވީހިނދު، އެ أمّة ތައް ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އެއުރެންނީ إيمان ވާނޭ ބަޔަކު ކަމުގައި ނުވެތެވެ. ކުށްވެރިވި މީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
Surah Yunus, Verse 13
ثُمَّ جَعَلۡنَٰكُمۡ خَلَـٰٓئِفَ فِي ٱلۡأَرۡضِ مِنۢ بَعۡدِهِمۡ لِنَنظُرَ كَيۡفَ تَعۡمَلُونَ
ދެން އެއުރެންގެ ފަހުން ބިމުގައި خليفة އިން ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ ތިޔަބައިމީހުން ކަންތައްކުރަނީ ކޮންފަދައަކުންތޯ ބެއްލެވުމަށްޓަކައެވެ
Surah Yunus, Verse 14
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَاتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا ٱئۡتِ بِقُرۡءَانٍ غَيۡرِ هَٰذَآ أَوۡ بَدِّلۡهُۚ قُلۡ مَا يَكُونُ لِيٓ أَنۡ أُبَدِّلَهُۥ مِن تِلۡقَآيِٕ نَفۡسِيٓۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۖ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން قرآن އެއް ގެނެސްދެއްވާށެވެ! ނުވަތަ އެ قرآن އަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށް މެނުވީ، ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ
Surah Yunus, Verse 15
قُل لَّوۡ شَآءَ ٱللَّهُ مَا تَلَوۡتُهُۥ عَلَيۡكُمۡ وَلَآ أَدۡرَىٰكُم بِهِۦۖ فَقَدۡ لَبِثۡتُ فِيكُمۡ عُمُرٗا مِّن قَبۡلِهِۦٓۚ أَفَلَا تَعۡقِلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެ آية ތައް ތިޔަބައިމީހުންނަށް ކިޔައެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެ آية ތަކެއް ނުވެސް އެންގެވީހެވެ. ފަހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރު ވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
Surah Yunus, Verse 16
فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡمُجۡرِمُونَ
اللَّه އާމެދު ހަދައިގެން ދޮގެއް ބުނިމީހަކަށްވުރެ، ނުވަތަ އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ކުށްކުރާ މީހުން ނުދިނޭނެތެވެ
Surah Yunus, Verse 17
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ
އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، اللَّه ގެ حضرة ގައި ތިމަންމެންނަށް شفاعة ތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް خبر ދެނީހެއްޔެވެ؟ އެއުރެން އެ شريك ކުރާ ތަކެތިން އެކަލާނގެ ހުސްطاهر ވެ މަތިވެރިވެވޮޑިގެންވެއެވެ
Surah Yunus, Verse 18
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ
އަދި މީސްތަކުން (އެންމެފުރަތަމަ) އެއް أمّة އެއްކަމުގައި މެނުވީ ނުވެއެވެ. ދެން (އެއަށްފަހު) އެއުރެން خلاف ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (ޖަޒާދެއްވުން قيامة ދުވަހަށް ފަސްކުރެއްވުމުގެ) ބަސްފުޅެއް އިސްވެފައި ނުވާނަމަ، އެކަންތަކާ ދޭތެރޭ އެއުރެން خلاف ވާ ކަންތަކާމެދު (ދުނިޔެމަތީގައި) އެއުރެންގެ މެދުގައި ނިޔާކުރެއްވީހެވެ
Surah Yunus, Verse 19
وَيَقُولُونَ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۖ فَقُلۡ إِنَّمَا ٱلۡغَيۡبُ لِلَّهِ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ
އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ! ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! غيب ތައް ދެނެވޮޑިގަތުންވާކަން ކަށަވަރީ، اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ
Surah Yunus, Verse 20
وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ
އަދި މީސްތަކުންނަށް ތަދުމަޑު حال އެއް ޖެހުމަށްފަހު، އެއުރެންނަށް ތިމަންރަސްކަލާނގެ رحمة ލައްވައި، ތިޔާގިކަމުގެ ރަހަ ދައްކަވާހިނދު، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކޮށް މަކަރު ހަދަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ މަކަރު ރައްދުކުރެއްވުމުގައި، اللَّه އަވަސްވެވޮޑިގަތުން ބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ملائكة ން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވަތެވެ
Surah Yunus, Verse 21
هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ
އެކަލާނގެއީ، އެއްގަމާއި، ކަނޑުގައި، ތިޔަބައިމީހުން ދަތުރުކުރާގޮތް ހިންމަވައިދެއްވާ ރަސްކަލާނގެއެވެ. ދެން ތިޔަަބައިމީހުން، ނަވަށް އަރައި ނަލަ ރޯޅިއަކާއެކު އެއުރެންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެއުރެން އުފާކޮށްކޮށް ތިއްބައި، އެ ނަވަށް ޖެހުނުގަދަ ކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެއުރެންނާ ދިމާޔަށް ރާޅުތައް އައިސް އެއުރެން ހަލާކުވެދާނެހެން ހީވީމާ، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ. މިކަމުން، އިބަރަސްކަލާނގެ އަޅަމެން ސަލާމަތްކުރައްވައިފިނަމަ، ހަމަކަށަވަރުން، شكر ކުރާ މީހުންގެ ތެރެއިން އަޅަމެން ވާހުށީމުއެވެ
Surah Yunus, Verse 22
فَلَمَّآ أَنجَىٰهُمۡ إِذَا هُمۡ يَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغۡيُكُمۡ عَلَىٰٓ أَنفُسِكُمۖ مَّتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ إِلَيۡنَا مَرۡجِعُكُمۡ فَنُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
ދެން އެކަލާނގެ އެއުރެން ސަލާމަތްކުރެއްވި ހިނދު، އެހާރުން، حق އަކާނުލައި، އެއުރެން ބިމުގައި فساد އުފައްދައި ދެކޮޅުވެރިވެތެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަންކަށަވަރީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން رجوع ވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ
Surah Yunus, Verse 23
إِنَّمَا مَثَلُ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ مِمَّا يَأۡكُلُ ٱلنَّاسُ وَٱلۡأَنۡعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلۡأَرۡضُ زُخۡرُفَهَا وَٱزَّيَّنَتۡ وَظَنَّ أَهۡلُهَآ أَنَّهُمۡ قَٰدِرُونَ عَلَيۡهَآ أَتَىٰهَآ أَمۡرُنَا لَيۡلًا أَوۡ نَهَارٗا فَجَعَلۡنَٰهَا حَصِيدٗا كَأَن لَّمۡ تَغۡنَ بِٱلۡأَمۡسِۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَتَفَكَّرُونَ
ދުނިޔޭގެ ދިރިއުޅުމުގެ مثال ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ مثال ކަމުގައެވެ. ފަހެ، އިންސާނުންނާއި، نعم ސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ أهل ވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ أمر ފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަނީ އެފަދައިންނެވެ
Surah Yunus, Verse 24
وَٱللَّهُ يَدۡعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
اللَّه ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގު ދައްކަވަތެވެ
Surah Yunus, Verse 25
۞لِّلَّذِينَ أَحۡسَنُواْ ٱلۡحُسۡنَىٰ وَزِيَادَةٞۖ وَلَا يَرۡهَقُ وُجُوهَهُمۡ قَتَرٞ وَلَا ذِلَّةٌۚ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ
ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ أهل ވެރިންނެވެ. އެެއުރެން އެތާނގައި ދެމިތިބޭ ހުށްޓެވެ
Surah Yunus, Verse 26
وَٱلَّذِينَ كَسَبُواْ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةِۭ بِمِثۡلِهَا وَتَرۡهَقُهُمۡ ذِلَّةٞۖ مَّا لَهُم مِّنَ ٱللَّهِ مِنۡ عَاصِمٖۖ كَأَنَّمَآ أُغۡشِيَتۡ وُجُوهُهُمۡ قِطَعٗا مِّنَ ٱلَّيۡلِ مُظۡلِمًاۚ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ
އަދި ނުބައި عمل ތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެއުރެންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. اللَّه ގެ عذاب ން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެއުރެންނަކަށް ނުވެއެވެ. އެއުރެންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ
Surah Yunus, Verse 27
وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُواْ مَكَانَكُمۡ أَنتُمۡ وَشُرَكَآؤُكُمۡۚ فَزَيَّلۡنَا بَيۡنَهُمۡۖ وَقَالَ شُرَكَآؤُهُم مَّا كُنتُمۡ إِيَّانَا تَعۡبُدُونَ
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން شريك ކުޅަ މީހުންނަށް، ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން شريك ކުޅަ ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ، އެއުރެންގެ މެދުގައިވާ ގުޅުންތައް ތިމަންރަސްކަލާނގެ ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެއުރެން شريك ކުޅަ ތަކެތި ބުނާނެތެވެ. ތިޔަބައިމީހުން އަޅުކަންކޮށް އުޅުނީ ތިމަންމެންނަކަށް ނޫނެވެ
Surah Yunus, Verse 28
فَكَفَىٰ بِٱللَّهِ شَهِيدَۢا بَيۡنَنَا وَبَيۡنَكُمۡ إِن كُنَّا عَنۡ عِبَادَتِكُمۡ لَغَٰفِلِينَ
ފަހެ، ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް اللَّه ފުދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުޅަ އަޅުކަމުން ތިމަންމެންވަނީ غافل ވެގެންނެވެ
Surah Yunus, Verse 29
هُنَالِكَ تَبۡلُواْ كُلُّ نَفۡسٖ مَّآ أَسۡلَفَتۡۚ وَرُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
އެތާނގައި ކޮންމެ نفس އަކަށްމެ، އެ نفس އެއް އިސްކުޅަ عمل އެއްގެގޮތް އެނގޭނެތެވެ. އަދި އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. އަދި އެއުރެން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައިދާނެތެވެ
Surah Yunus, Verse 30
قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން رزق ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން ملك ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް تدبير ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) اللَّه އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟
Surah Yunus, Verse 31
فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلۡحَقُّۖ فَمَاذَا بَعۡدَ ٱلۡحَقِّ إِلَّا ٱلضَّلَٰلُۖ فَأَنَّىٰ تُصۡرَفُونَ
ފަހެ، އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރި، حق ވަންތަ ރަސްކަލާނގެއެވެ. ފަހެ، حق ގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ: حق ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.) ފަހެ، ތިޔަބައިމީހުން (حق ގޮތް ފިޔަވައި) އެނބުރިދަނީ، ކޮންފަދައަކުން ހެއްޔެވެ؟
Surah Yunus, Verse 32
كَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓاْ أَنَّهُمۡ لَا يُؤۡمِنُونَ
فاسق ވި މީހުންގެ މައްޗަށް، އެއުރެން إيمان ނުވާނެކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު ހަމައެފަދައިންވަނީ حق ވެގެންނެވެ
Surah Yunus, Verse 33
قُلۡ هَلۡ مِن شُرَكَآئِكُم مَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۚ قُلِ ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۖ فَأَنَّىٰ تُؤۡفَكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން شريك ކުރާ ފަރާތްތަކުގެ ތެރޭގައި (ނެތުމުގެތެރެއިން) خلق ތަކުން އަލަށް އުފައްދައި، ދެން އަލުން އެ خلق ތަކުން إعادة ކުރާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ނެތުމުގެތެރެއިން) خلق ތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ خلق ތަކުން إعادة ކުރައްވަނީ اللَّه އެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
Surah Yunus, Verse 34
قُلۡ هَلۡ مِن شُرَكَآئِكُم مَّن يَهۡدِيٓ إِلَى ٱلۡحَقِّۚ قُلِ ٱللَّهُ يَهۡدِي لِلۡحَقِّۗ أَفَمَن يَهۡدِيٓ إِلَى ٱلۡحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّيٓ إِلَّآ أَن يُهۡدَىٰۖ فَمَا لَكُمۡ كَيۡفَ تَحۡكُمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން شريك ކުރާ ފަރާތްތަކުގެ ތެރޭގައި حق އަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! حق އަށް މަގުދައްކަވަނީ اللَّه އެވެ. ފަހެ، تبع ވުން حق ކަންބޮޑީ حق އަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
Surah Yunus, Verse 35
وَمَا يَتَّبِعُ أَكۡثَرُهُمۡ إِلَّا ظَنًّاۚ إِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَفۡعَلُونَ
އެއުރެންކުރެ ގިނަމީހުން ހީއަކާމެނުވީ تبع އެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Yunus, Verse 36
وَمَا كَانَ هَٰذَا ٱلۡقُرۡءَانُ أَن يُفۡتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ
اللَّه ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި قرآن ނުވެއެވެ. އެހެނެއްކަމަކު (އެ قرآن ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ حكم ތައް تفصيل ކޮށްދެއްވުމަށެވެ. އެ ފޮތާމެދު شك އެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ންނެވެ
Surah Yunus, Verse 37
أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِسُورَةٖ مِّثۡلِهِۦ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ
އަދި ކިއެއްތަ! (އެ قرآن (އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ)
Surah Yunus, Verse 38
بَلۡ كَذَّبُواْ بِمَا لَمۡ يُحِيطُواْ بِعِلۡمِهِۦ وَلَمَّا يَأۡتِهِمۡ تَأۡوِيلُهُۥۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّـٰلِمِينَ
އަދި ކިއެއްތަ! އެ قرآن ގައިވާ އެއްޗެއް އެއުރެންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެއުރެންނާ ހަމަޔަށް ނާންނަނީސް، އެއުރެން އެ قرآن ދޮގުކުރޫއެވެ. ހަމަ އެފަދައިން އެއުރެންގެ ކުރީގެ މީހުންވެސް (އެއުރެންގެ رسول ން) ދޮގުކުރޫއެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ
Surah Yunus, Verse 39
وَمِنۡهُم مَّن يُؤۡمِنُ بِهِۦ وَمِنۡهُم مَّن لَّا يُؤۡمِنُ بِهِۦۚ وَرَبُّكَ أَعۡلَمُ بِٱلۡمُفۡسِدِينَ
އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ވާ ބަޔަކުވެއެވެ. އަދި އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، فساد ކުރާމީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Yunus, Verse 40
وَإِن كَذَّبُوكَ فَقُل لِّي عَمَلِي وَلَكُمۡ عَمَلُكُمۡۖ أَنتُم بَرِيٓـُٔونَ مِمَّآ أَعۡمَلُ وَأَنَا۠ بَرِيٓءٞ مِّمَّا تَعۡمَلُونَ
އަދި އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނު ކުރެއްވި عمل އެކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކުޅަ عمل އެކެވެ. ތިމަންކަލޭގެފާނު ކުރައްވާ عمل ތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ
Surah Yunus, Verse 41
وَمِنۡهُم مَّن يَسۡتَمِعُونَ إِلَيۡكَۚ أَفَأَنتَ تُسۡمِعُ ٱلصُّمَّ وَلَوۡ كَانُواْ لَا يَعۡقِلُونَ
އަދި އެއުރެންގެ ތެރޭގައި، ކަލޭގެފާނަށް ކަނުލައިއަހާ މީހުންވެއެވެ. ފަހެ، ބީރުބަޔަކަށް، އެއުރެންނަށް ނުވިސްނޭކަމުގައިވިޔަސް، ކަލޭގެފާނު އިއްވަވަނީތޯއެވެ؟
Surah Yunus, Verse 42
وَمِنۡهُم مَّن يَنظُرُ إِلَيۡكَۚ أَفَأَنتَ تَهۡدِي ٱلۡعُمۡيَ وَلَوۡ كَانُواْ لَا يُبۡصِرُونَ
އަދި އެއުރެންގެ ތެރޭގައި ކަލޭގެފާނަށް ބަލާމީހުންވެއެވެ. ފަހެ، ކަނުބަޔަކަށް، އެއުރެންނަށް ނުފެންނަކަމުގައިވިޔަސް، ކަލޭގެފާނު މަގުދައްކަވަނީތޯއެވެ؟
Surah Yunus, Verse 43
إِنَّ ٱللَّهَ لَا يَظۡلِمُ ٱلنَّاسَ شَيۡـٔٗا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمۡ يَظۡلِمُونَ
ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ
Surah Yunus, Verse 44
وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهۡتَدِينَ
އެކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ދުވަހު، ދުވާލުން ساعة އެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭކަހަލައެވެ. އެއުރެންގެ މެދުގައި تعارف ވާނެތެވެ. اللَّه އާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
Surah Yunus, Verse 45
وَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا مَرۡجِعُهُمۡ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفۡعَلُونَ
އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެންގެ رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، اللَّه ހެކިވެވޮޑިގަންނަވާނެތެވެ
Surah Yunus, Verse 46
وَلِكُلِّ أُمَّةٖ رَّسُولٞۖ فَإِذَا جَآءَ رَسُولُهُمۡ قُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ
އަދި ކޮންމެ أمّة އަކަށްވެސް رسول އަކުވެއެވެ. ފަހެ، (قيامة ދުވަހުން) އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން، އެއުރެންގެ މެދުގައި عدل އަށް حكم ކުރައްވާނެތެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
Surah Yunus, Verse 47
وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
Surah Yunus, Verse 48
قُل لَّآ أَمۡلِكُ لِنَفۡسِي ضَرّٗا وَلَا نَفۡعًا إِلَّا مَا شَآءَ ٱللَّهُۗ لِكُلِّ أُمَّةٍ أَجَلٌۚ إِذَا جَآءَ أَجَلُهُمۡ فَلَا يَسۡتَـٔۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. اللَّه އިރާދަކުރެއްވިކަމެއް މެނުވީއެވެ. ކޮންމެ أمّة އަކަށްވެސް أجل އެއްވެއެވެ. އެއުރެންގެ أجل އަތުވެއްޖެނަމަ، އެންމެ ساعة އެއްގެ އިރުވެސް އެއުރެންނަކަށް ލަހެއްނުކުރައްވާނެތެވެ. އަދި އަވަހެއްވެސް ނުމެކުރައްވާނޭމެއެވެ
Surah Yunus, Verse 49
قُلۡ أَرَءَيۡتُمۡ إِنۡ أَتَىٰكُمۡ عَذَابُهُۥ بَيَٰتًا أَوۡ نَهَارٗا مَّاذَا يَسۡتَعۡجِلُ مِنۡهُ ٱلۡمُجۡرِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް އެކަލާނގެ عذاب، ރޭގަނޑު (ނިދާފައި ތިއްބައި) ނުވަތަ ދުވާލު (މަސައްކަތުގައި ތިއްބައި) އަޔަސް (ތިޔަބައިމީހުންނަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟) ކުށްވެރިން (ލަސްވެގެން) އަވަސްވުންއެދި އެއުޅެނީ އެ عذاب ގެ ތެރެއިން ކޮންކަމެއް ހެއްޔެވެ؟
Surah Yunus, Verse 50
أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓۚ ءَآلۡـَٰٔنَ وَقَدۡ كُنتُم بِهِۦ تَسۡتَعۡجِلُونَ
އެ عذاب އައިސްޖެހުނީމާ، ދެން ތިޔަބައިމީހުން އެކަލާނގެއަށް إيمان ވީހެއްޔެވެ؟ (އަދި އަންގަވާނެތެވެ. ތިޔަބައިމީހުން ތިޔަ إيمان ވަނީ) މިހާރު ހެއްޔެވެ؟ ތިޔަބައިމީހުން (ފުރައްސާރައިގެ ގޮތުން) އެ عذاب (ނައިސް ލަސްވެގެން) އަވަސްވުންއެދި އުޅުނީމުއެވެ
Surah Yunus, Verse 51
ثُمَّ قِيلَ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلۡخُلۡدِ هَلۡ تُجۡزَوۡنَ إِلَّا بِمَا كُنتُمۡ تَكۡسِبُونَ
ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟
Surah Yunus, Verse 52
۞وَيَسۡتَنۢبِـُٔونَكَ أَحَقٌّ هُوَۖ قُلۡ إِي وَرَبِّيٓ إِنَّهُۥ لَحَقّٞۖ وَمَآ أَنتُم بِمُعۡجِزِينَ
އެއީ، ހަމަ حق ތެދުތޯ خبر ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، އެއީ، ހަމަ حق ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ
Surah Yunus, Verse 53
وَلَوۡ أَنَّ لِكُلِّ نَفۡسٖ ظَلَمَتۡ مَا فِي ٱلۡأَرۡضِ لَٱفۡتَدَتۡ بِهِۦۗ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۖ وَقُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ
އަނިޔާވެރި ކޮންމެ نفس އަކަށް، ބިމުގައިވާހާ ތަކެތި ލިބުނުނަމަ، (عذاب ން މިންޖުވުމަށް) އެތަކެތިން فدية ދިނީހެވެ. އަދި އެއުރެން عذاب ދެކޭހިނދު، ހިތާމަވެރިކަން ހިތުތެރޭގައި إحساس ކުރާނެތެވެ. އަދި އެއުރެންގެ މެދުގައި عدل އަށް ނިޔާކުރައްވާ ހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ
Surah Yunus, Verse 54
أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ أَلَآ إِنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި ملك ވެގެންވަނީ اللَّه އަށެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
Surah Yunus, Verse 55
هُوَ يُحۡيِۦ وَيُمِيتُ وَإِلَيۡهِ تُرۡجَعُونَ
ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ހަމަ، އެކަލާނގެ حضرة އަށެވެ
Surah Yunus, Verse 56
يَـٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ
Surah Yunus, Verse 57
قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٞ مِّمَّا يَجۡمَعُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ
Surah Yunus, Verse 58
قُلۡ أَرَءَيۡتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزۡقٖ فَجَعَلۡتُم مِّنۡهُ حَرَامٗا وَحَلَٰلٗا قُلۡ ءَآللَّهُ أَذِنَ لَكُمۡۖ أَمۡ عَلَى ٱللَّهِ تَفۡتَرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް ބާވައިލެއްވި رزق އާމެދު، ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި حرام ތަކެއްޗަށް އަނެއްބައި ތަކެތި حلال ތަކެއްޗަށް ހެދީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް (އެކަމަށް) إذن ދެއްވީހެއްޔެވެ؟ އަދި ކިއެއްތަ! اللَّه އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގެއް ބުނަނީއެވެ
Surah Yunus, Verse 59
وَمَا ظَنُّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ يَوۡمَ ٱلۡقِيَٰمَةِۗ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ
اللَّه އާމެދު ހަދައިގެން ދޮގުބުނާ މީހުން، قيامة ދުވަހު، ހީކުރަނީ ކީކޭހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ
Surah Yunus, Verse 60
وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِۚ وَمَا يَعۡزُبُ عَن رَّبِّكَ مِن مِّثۡقَالِ ذَرَّةٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ وَلَآ أَصۡغَرَ مِن ذَٰلِكَ وَلَآ أَكۡبَرَ إِلَّا فِي كِتَٰبٖ مُّبِينٍ
ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު قرآن ން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ عمل އެއް ކުރިޔަސް، އެ عمل ގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއްނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިމެނުވީ ނުވެތެވެ
Surah Yunus, Verse 61
أَلَآ إِنَّ أَوۡلِيَآءَ ٱللَّهِ لَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
Surah Yunus, Verse 62
ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ
އެއުރެންނަކީ إيمان ވެ، تقوى ވެރިވެ އުޅުނު މީހުންނެވެ
Surah Yunus, Verse 63
لَهُمُ ٱلۡبُشۡرَىٰ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۚ لَا تَبۡدِيلَ لِكَلِمَٰتِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
ދުނިޔޭގެ حياة ގައްޔާއި، آخرة ގައި އެއުރެންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. اللَّه ގެ كلمة ފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ
Surah Yunus, Verse 64
وَلَا يَحۡزُنكَ قَوۡلُهُمۡۘ إِنَّ ٱلۡعِزَّةَ لِلَّهِ جَمِيعًاۚ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ عزّة އެއް ملك ވެގެންވަނީ اللَّه އަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Yunus, Verse 65
أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކުގައިވާހާ ބަޔަކާއި، ބިމުގައިވާހާ ބަޔެއް ملك ވެގެންވަނީ، اللَّه އަށެވެ. اللَّه ނޫންފަރާތަކަށް، އަޅުކަންކުރާ މީހުން (حقيقة ގައި) شريك ންނަކާ تبع އެއް ނުވެތެވެ. އެއުރެން އެ تبع ވަނީ، ހީއަކަށް ކަމުގައިނޫނީ ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ އެއުރެން ނުވެތެވެ
Surah Yunus, Verse 66
هُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ
އެކަލާނގެއީ، ތިޔަބައިމީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަންތައްތަކުގައި، އަޑުއަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
Surah Yunus, Verse 67
قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ هُوَ ٱلۡغَنِيُّۖ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ إِنۡ عِندَكُم مِّن سُلۡطَٰنِۭ بِهَٰذَآۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ
اللَّه ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކުގައިވާހާ ތަކެއްޗާއި ބިމުގައިވާހާ ތަކެތި ملك ވެގެންވަނީ އެކަލާނގެއަށެވެ. ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް دليل އެއް ނެތެވެ. ތިޔަބައިމީހުންނަށް، އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
Surah Yunus, Verse 68
قُلۡ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، اللَّه އާމެދު ހަދައިގެން ދޮގުބުނާ މީހުން ނުދިނޭނެތެވެ
Surah Yunus, Verse 69
مَتَٰعٞ فِي ٱلدُّنۡيَا ثُمَّ إِلَيۡنَا مَرۡجِعُهُمۡ ثُمَّ نُذِيقُهُمُ ٱلۡعَذَابَ ٱلشَّدِيدَ بِمَا كَانُواْ يَكۡفُرُونَ
ދުނިޔޭގައި (ލިބޭ) ވަގުތީ އުފަލެކެވެ. ދެން އެއުރެން رجوع ވުން ވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން كافر ވެ އުޅުނުކަމުގެ ސަބަބުން، ގަދަފަދަވެގެންވާ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދައްކަވާހުށީމެވެ
Surah Yunus, Verse 70
۞وَٱتۡلُ عَلَيۡهِمۡ نَبَأَ نُوحٍ إِذۡ قَالَ لِقَوۡمِهِۦ يَٰقَوۡمِ إِن كَانَ كَبُرَ عَلَيۡكُم مَّقَامِي وَتَذۡكِيرِي بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلۡتُ فَأَجۡمِعُوٓاْ أَمۡرَكُمۡ وَشُرَكَآءَكُمۡ ثُمَّ لَا يَكُنۡ أَمۡرُكُمۡ عَلَيۡكُمۡ غُمَّةٗ ثُمَّ ٱقۡضُوٓاْ إِلَيَّ وَلَا تُنظِرُونِ
نوح ގެފާނުގެ ވާހަކަ އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވި ހިނދުގައެވެ. އޭ ތިމަންކަލޭގެފާނުގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، اللَّه ގެ آية ތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ، ތިމަންކަލޭގެފާނު، اللَّه އަށް وكيل ކުރައްވައިފީމެވެ. ދެން ތިޔަބައިމީހުންގެ ބައިވެރިންނާއެކު، ތިޔަބައިމީހުންގެ ކަންތަކާމެދު އެއްބަސްވާށެވެ! ދެން ތިޔަބައިމީހުންގެ ކަންތައް (ނިންމިގޮތް) ތިޔަބައިމީހުންނަށް އޮޅޭގޮތެއްގައި، ވަންހަނާވެފައި އޮވެގެނެއް ނުވާނެއެވެ. ދެން ތިޔަބައިމީހުން ނިންމިގޮތް، ތިމަންކަލޭގެފާނުގެ މައްޗަށް ހިންގާށެވެ! އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް مهلة ނުދޭށެވެ
Surah Yunus, Verse 71
فَإِن تَوَلَّيۡتُمۡ فَمَا سَأَلۡتُكُم مِّنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ
ފަހެ، ތިޔަބައިމީހުން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުންގެ ކިބަޔަކުން އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، اللَّه ގެ حضرة ގައި މެނުވީ ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ
Surah Yunus, Verse 72
فَكَذَّبُوهُ فَنَجَّيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ وَجَعَلۡنَٰهُمۡ خَلَـٰٓئِفَ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިމީހުން غرق ކުރެއްވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
Surah Yunus, Verse 73
ثُمَّ بَعَثۡنَا مِنۢ بَعۡدِهِۦ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ بِهِۦ مِن قَبۡلُۚ كَذَٰلِكَ نَطۡبَعُ عَلَىٰ قُلُوبِ ٱلۡمُعۡتَدِينَ
ދެން އެކަލޭގެފާނަށް ފަހުގައި ތިމަންރަސްކަލާނގެ رسول ންތަކެއް އެބޭކަލުންގެ قوم ގެމީހުންގެ ގާތަށް ފޮނުއްވީމެވެ. ފަހެ، بيان ވެގެންވާ ހެކިތައް އެއުރެންނަށް އެބޭކަލުން ގެނެސްދެއްވޫއެވެ. (ނަމަވެސް) ކުރިން އެއުރެން ދޮގުކުރި ކަންތަކަށް إيمان ވާ ބަޔަކު ކަމުގައި އެއުރެން ނުވިއެވެ. ހަމައެފަދައިން ދެކޮޅުވެރިވެ ހައްދުފަހަނަޅައިދާ މީހުންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ ސިއްކަގައްސަވާހުށީމެވެ
Surah Yunus, Verse 74
ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ بِـَٔايَٰتِنَا فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ
ދެން އެބޭކަލުންނަށް ފަހުގައި، فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ آية ތަކާއިގެން موسى ގެފާނާއި، هارون ގެފާނު ފޮނުއްވީމެވެ. ދެން އެއުރެން كبر ވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެއުރެންވިއެވެ
Surah Yunus, Verse 75
فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُوٓاْ إِنَّ هَٰذَا لَسِحۡرٞ مُّبِينٞ
ފަހެ، ތިމަންރަސްކަލާނގެ حضرة ން އެއުރެންގެ ގާތަށް حق އައުުމުން، އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ބަޔާންވެގެންވާ ޖާދޫއެއްކަން ކަށަވަރެވެ
Surah Yunus, Verse 76
قَالَ مُوسَىٰٓ أَتَقُولُونَ لِلۡحَقِّ لَمَّا جَآءَكُمۡۖ أَسِحۡرٌ هَٰذَا وَلَا يُفۡلِحُ ٱلسَّـٰحِرُونَ
موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގާތަށް حق އައިހިނދު، އެ حق އަށް މިއީ ޖާދޫއެއްހޭ ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ އަދި ޖާދޫހަދާ މީހުން ނުދިނޭހުށްޓެވެ
Surah Yunus, Verse 77
قَالُوٓاْ أَجِئۡتَنَا لِتَلۡفِتَنَا عَمَّا وَجَدۡنَا عَلَيۡهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلۡكِبۡرِيَآءُ فِي ٱلۡأَرۡضِ وَمَا نَحۡنُ لَكُمَا بِمُؤۡمِنِينَ
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ ކާބަފައިން އުޅޭތީ ތިމަންމެންނަށް ފެނުނުގޮތުން ތިމަންމެން އެއްކިބާކުރައްވައި ތިޔަ ދެބޭކަލުންނަށް ބިމުގައި ވެރިކަން ހޯއްދެވުމަށްތޯއެވެ؟ ތިޔަ ދެބޭކަލުންނަށް إيمان ވާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ
Surah Yunus, Verse 78
وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ
فرعون ބުންޏެވެ. މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ތިމަންގެ ގާތަށް ގެނެސްދޭށެވެ
Surah Yunus, Verse 79
فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ
ފަހެ، އެ ޖާދޫގަރުން އައިހިނދު އެއުރެންނަށް موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ
Surah Yunus, Verse 80
فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ
ފަހެ، އެއުރެން (އެތަކެތި) އުކިހިނދު، موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން، اللَّه، އެ ޖާދޫ باطل ކުރައްވާނެތެވެ. ހަމަކަށަވަރުން، فساد ކުރާ މީހުންގެ عمل، اللَّه إصلاح އެއް ނުކުރައްވާހުށްޓެވެ
Surah Yunus, Verse 81
وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ
އަދި ކުށްވެރިން ނުރުހުނަސް، اللَّه އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި ފާޅުކުރައްވާނެތެވެ
Surah Yunus, Verse 82
فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٞ مِّن قَوۡمِهِۦ عَلَىٰ خَوۡفٖ مِّن فِرۡعَوۡنَ وَمَلَإِيْهِمۡ أَن يَفۡتِنَهُمۡۚ وَإِنَّ فِرۡعَوۡنَ لَعَالٖ فِي ٱلۡأَرۡضِ وَإِنَّهُۥ لَمِنَ ٱلۡمُسۡرِفِينَ
ފަހެ، موسى ގެފާނަށް އެކަލޭގެފާނުގެ قوم ގެ ބައެއް ދަރިކޮޅު މެނުވީ إيمان އެއް ނުވެތެވެ. (އެއީ) فرعون އާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، دين ން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ
Surah Yunus, Verse 83
وَقَالَ مُوسَىٰ يَٰقَوۡمِ إِن كُنتُمۡ ءَامَنتُم بِٱللَّهِ فَعَلَيۡهِ تَوَكَّلُوٓاْ إِن كُنتُم مُّسۡلِمِينَ
އަދި موسى ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ތިޔަބައިމީހުން اللَّه އަށް إيمان ވެގެންވާނަމަ، ފަހެ، އެކަލާނގެއަށް وكيل ކުރާށެވެ! ތިޔަބައިމީހުންނީ مسلم ން ކަމުގައި ވާނަމައެވެ
Surah Yunus, Verse 84
فَقَالُواْ عَلَى ٱللَّهِ تَوَكَّلۡنَا رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلۡقَوۡمِ ٱلظَّـٰلِمِينَ
ފަހެ، އެއުރެން ދެންނެވޫއެވެ. اللَّه އަށް އަޅަމެން وكيل ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ
Surah Yunus, Verse 85
وَنَجِّنَا بِرَحۡمَتِكَ مِنَ ٱلۡقَوۡمِ ٱلۡكَٰفِرِينَ
އަދި كافر ވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ رحمة ފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ
Surah Yunus, Verse 86
وَأَوۡحَيۡنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوۡمِكُمَا بِمِصۡرَ بُيُوتٗا وَٱجۡعَلُواْ بُيُوتَكُمۡ قِبۡلَةٗ وَأَقِيمُواْ ٱلصَّلَوٰةَۗ وَبَشِّرِ ٱلۡمُؤۡمِنِينَ
ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ أخ (هارون ގެފާނު) އަށް وحى ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ قوم ގެމީހުންނަށް مصر ގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، قبلة އަށް ބަހައްޓައި، ނަމާދު قائم ކުރާށެވެ! އަދި ކަލޭގެފާނު مؤمن ތަކުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر ދެއްވާށެވެ
Surah Yunus, Verse 87
وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيۡتَ فِرۡعَوۡنَ وَمَلَأَهُۥ زِينَةٗ وَأَمۡوَٰلٗا فِي ٱلۡحَيَوٰةِ ٱلدُّنۡيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَۖ رَبَّنَا ٱطۡمِسۡ عَلَىٰٓ أَمۡوَٰلِهِمۡ وَٱشۡدُدۡ عَلَىٰ قُلُوبِهِمۡ فَلَا يُؤۡمِنُواْ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ
موسى ގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ فرعون އަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ފެނިއްޖައުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ
Surah Yunus, Verse 88
قَالَ قَدۡ أُجِيبَت دَّعۡوَتُكُمَا فَٱسۡتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعۡلَمُونَ
އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ دعاء އިޖާބަކުރައްވައިފީމެވެ. ފަހެ، ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން تبع ވެވަޑައި ނުގަންނަވާހުށިކަމެވެ
Surah Yunus, Verse 89
۞وَجَٰوَزۡنَا بِبَنِيٓ إِسۡرَـٰٓءِيلَ ٱلۡبَحۡرَ فَأَتۡبَعَهُمۡ فِرۡعَوۡنُ وَجُنُودُهُۥ بَغۡيٗا وَعَدۡوًاۖ حَتَّىٰٓ إِذَآ أَدۡرَكَهُ ٱلۡغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِيٓ ءَامَنَتۡ بِهِۦ بَنُوٓاْ إِسۡرَـٰٓءِيلَ وَأَنَا۠ مِنَ ٱلۡمُسۡلِمِينَ
ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسـرآءيـل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ
Surah Yunus, Verse 90
ءَآلۡـَٰٔنَ وَقَدۡ عَصَيۡتَ قَبۡلُ وَكُنتَ مِنَ ٱلۡمُفۡسِدِينَ
(އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ
Surah Yunus, Verse 91
فَٱلۡيَوۡمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنۡ خَلۡفَكَ ءَايَةٗۚ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ عَنۡ ءَايَٰتِنَا لَغَٰفِلُونَ
ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، عبرة އެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ آية ތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ހެކިތަކާމެދު) غافل ވެގެންކަން ކަށަވަރެވެ
Surah Yunus, Verse 92
وَلَقَدۡ بَوَّأۡنَا بَنِيٓ إِسۡرَـٰٓءِيلَ مُبَوَّأَ صِدۡقٖ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخۡتَلَفُواْ حَتَّىٰ جَآءَهُمُ ٱلۡعِلۡمُۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
ހަމަކަށަވަރުން، إسـرآءيـل ގެދަރިންނަށް ރަނގަޅު މޮޅު منـزل އެއް (އެބަހީ: مصر އާއި شام) ތިމަންރަސްކަލާނގެ ދެއްކެވީމެވެ. އަދި ރަނގަޅު ތަކެތިން، ތިމަންރަސްކަލާނގެ އެއުރެންނަށް رزق ދެއްވީމެވެ. ދެން އެއުރެންނާ ހަމަޔަށް علم އަތުވެއްޖެއުމަށް ދާނދެން، އެއުރެން خلاف އެއް ނުވެތެވެ. ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުން އެއުރެންގެ މެދުގައި ނިޔާކުރައްވާނެތެވެ
Surah Yunus, Verse 93
فَإِن كُنتَ فِي شَكّٖ مِّمَّآ أَنزَلۡنَآ إِلَيۡكَ فَسۡـَٔلِ ٱلَّذِينَ يَقۡرَءُونَ ٱلۡكِتَٰبَ مِن قَبۡلِكَۚ لَقَدۡ جَآءَكَ ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ
ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު، ކަލޭގެފާނު شك އެއްގައިވާނަމަ، ކަލޭގެފާނުގެ ކުރިން ފޮތްކިޔައިއުޅުނު މީހުންނާ سؤال ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް حق ތެދު އަތުވެއްޖެއެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައި ނުގަންނަވާ ހުށިކަމެވެ
Surah Yunus, Verse 94
وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلۡخَٰسِرِينَ
އަދި اللَّه ގެ آية ތައް ދޮގުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާހުށިކަމެވެ! ފަހެ، އޭރުން ކަލޭގެފާނު ވާހުށީ، ގެއްލި ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ
Surah Yunus, Verse 95
إِنَّ ٱلَّذِينَ حَقَّتۡ عَلَيۡهِمۡ كَلِمَتُ رَبِّكَ لَا يُؤۡمِنُونَ
އަދި اللَّه ގެ آية ތައް ދޮގުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާހުށިކަމެވެ! ފަހެ، އޭރުން ކަލޭގެފާނު ވާހުށީ، ގެއްލި ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ
Surah Yunus, Verse 96
وَلَوۡ جَآءَتۡهُمۡ كُلُّ ءَايَةٍ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ
ހަމަކަށަވަރުން، އެއުރެންގެ މައްޗަށް (عذاب ހުރިކަމަށް) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު حق ވެގެންވާ މީހުން، އެއުރެންގެ ގާތަށް ކޮންމެ آية އެއް އަޔަސް، އެއުރެންނަށް ވޭންދެނިވި عذاب ފެނިއްޖައުމަށް ދާނދެން، إيمان އެއް ނުވާނެތެވެ
Surah Yunus, Verse 97
فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ
ފަހެ، ރަށެއްގެ މީހުން، އެއުރެންގެ إيمان ކަމުން މަންފާކުރާނޭ ގޮތުގައި، إيمان ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ
Surah Yunus, Verse 98
وَلَوۡ شَآءَ رَبُّكَ لَأٓمَنَ مَن فِي ٱلۡأَرۡضِ كُلُّهُمۡ جَمِيعًاۚ أَفَأَنتَ تُكۡرِهُ ٱلنَّاسَ حَتَّىٰ يَكُونُواْ مُؤۡمِنِينَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން إيمان ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން مؤمن ން ކަމުގައިވުމަށް مجبور ކުރައްވަނީތޯއެވެ؟
Surah Yunus, Verse 99
وَمَا كَانَ لِنَفۡسٍ أَن تُؤۡمِنَ إِلَّا بِإِذۡنِ ٱللَّهِۚ وَيَجۡعَلُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يَعۡقِلُونَ
އަދި اللَّه ގެ إذن ފުޅަށް މެނުވީ، إيمان ވުމެއް އެއްވެސް نفس އަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެކަލާނގެ عذاب ދެއްވާހުށްޓެވެ
Surah Yunus, Verse 100
قُلِ ٱنظُرُواْ مَاذَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَا تُغۡنِي ٱلۡأٓيَٰتُ وَٱلنُّذُرُ عَن قَوۡمٖ لَّا يُؤۡمِنُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ
Surah Yunus, Verse 101
فَهَلۡ يَنتَظِرُونَ إِلَّا مِثۡلَ أَيَّامِ ٱلَّذِينَ خَلَوۡاْ مِن قَبۡلِهِمۡۚ قُلۡ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ
ފަހެ، އެއުރެންގެ ކުރިން އިސްވެދިޔަ أمّة ތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިންވަމެވެ
Surah Yunus, Verse 102
ثُمَّ نُنَجِّي رُسُلَنَا وَٱلَّذِينَ ءَامَنُواْۚ كَذَٰلِكَ حَقًّا عَلَيۡنَا نُنجِ ٱلۡمُؤۡمِنِينَ
ދެން ތިމަންރަސްކަލާނގެ رسول ންނާއި، إيمان ވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، مؤمن ން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حق އެކެވެ
Surah Yunus, Verse 103
قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي شَكّٖ مِّن دِينِي فَلَآ أَعۡبُدُ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ وَلَٰكِنۡ أَعۡبُدُ ٱللَّهَ ٱلَّذِي يَتَوَفَّىٰكُمۡۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُؤۡمِنِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ دين އާމެދު شك އެއްގައި ވާނަމަވެސް، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާހުށީ، اللَّه އަށެވެ. އެކަލާނގެއީ، ތިޔަބައިމީހުން މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، مؤمن ންގެ ތެރެއިން ވުމަށެވެ
Surah Yunus, Verse 104
وَأَنۡ أَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗا وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ
އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دين އާ ކުރިމަތިކުރައްވާށެވެ! އަދި ކަލޭގެފާނު مشرك ންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ
Surah Yunus, Verse 105
وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَۖ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّـٰلِمِينَ
އަދި اللَّه ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ
Surah Yunus, Verse 106
وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدۡكَ بِخَيۡرٖ فَلَا رَآدَّ لِفَضۡلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ
އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
Surah Yunus, Verse 107
قُلۡ يَـٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُمُ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنَا۠ عَلَيۡكُم بِوَكِيلٖ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންގެ ގާތަށް حق އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ
Surah Yunus, Verse 108
وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ وَٱصۡبِرۡ حَتَّىٰ يَحۡكُمَ ٱللَّهُۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ
އަދި ކަލޭގެފާނަށް وحى ކުރައްވާ އެއްޗަކަށް، ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! އަދި (އެއުރެންނާމެދު) اللَّه حكم ކުރައްވައިފުމަށް ދާނދެން (دين އަށް ގޮވައިލެއްވުމުގައި) ކެތްކުރައްވައިގެން ހުންނަވާށެވެ! އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ
Surah Yunus, Verse 109