Surah Al-Baqara Verse 284 - Divehi Translation by Office Of The President Of Maldives
Surah Al-Baqaraلِّلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَإِن تُبۡدُواْ مَا فِيٓ أَنفُسِكُمۡ أَوۡ تُخۡفُوهُ يُحَاسِبۡكُم بِهِ ٱللَّهُۖ فَيَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
އުޑުތަކުގައިވާހާ އެއްޗަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ތިޔަބައިމީހުންގެ نفس ތަކުގައިވާ އެއްޗެއް، ތިޔަބައިމީހުން ފާޅުކުޅަޔަސް، ނުވަތަ އެކަން ތިޔަބައިމީހުން ސިއްރު ކުޅަޔަސް އެކަމާމެދު، اللَّه، ތިޔަބައިމީހުންނާ (سؤال ކުރައްވައި) حساب ބައްލަވާނެއެވެ. ދެން، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވާނެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ