Surah Al-Baqara Verse 57 - Divehi Translation by Office Of The President Of Maldives
Surah Al-Baqaraوَظَلَّلۡنَا عَلَيۡكُمُ ٱلۡغَمَامَ وَأَنزَلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ. އެއުރެން އެ نعمة އަށް كافر ވެ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު، އެއުރެން އަނިޔާކުރާ ކަމުގައިވީ، ހަމައެކަނި އެއުރެންގެ އަމިއްލަ نفس ތަކަށެވެ. (ނޯޓު: منّ އަކީ ބައެއް مفسّر ން ވިދާޅުވާ ގޮތުގައި ފިނިފައިބާގޮތަށް ފައިބާ އެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّر ން ވިދާޅުވާ ގޮތުގައި، އެއީ ގަނޑުފެނާ އެއްފަދަ، މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوى އަކީ، ބާވަތެއްގެ ދޫންޏެކެވެ)