Surah Al-Baqara Verse 90 - Divehi Translation by Office Of The President Of Maldives
Surah Al-Baqaraبِئۡسَمَا ٱشۡتَرَوۡاْ بِهِۦٓ أَنفُسَهُمۡ أَن يَكۡفُرُواْ بِمَآ أَنزَلَ ٱللَّهُ بَغۡيًا أَن يُنَزِّلَ ٱللَّهُ مِن فَضۡلِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ
އެއުރެންގެ نفس ތައް އެކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއީ، اللَّه ބާވައިލެއްވި ތަކެއްޗަށް (އެބަހީ: قرآن އަށް) އެއުރެން كافر ވުމެވެ. (އެއުރެން އެ كافر ވީ) اللَّه ގެ فضل ވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް حسد ވެރިވުމުގެ ގޮތުންނެވެ. ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެއުރެން އެނބުރި އަތުވެއްޖައޫއެވެ. އަދި كافر ންނަށް ހުރީ އިހާނަތްތެރިކަން ދެނިވި عذاب އެވެ