Surah Taha - Divehi Translation by Office Of The President Of Maldives
طه
ط هـ (މި އަކުރުތަކުގެ مراد ދެެނެވޮޑިގެންވަނީ اللَّه އެވެ)
Surah Taha, Verse 1
مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ
ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ
Surah Taha, Verse 2
إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ
(اللَّه އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ قرآن ބާވައެއް ނުލައްވަމެވެ)
Surah Taha, Verse 3
تَنزِيلٗا مِّمَّنۡ خَلَقَ ٱلۡأَرۡضَ وَٱلسَّمَٰوَٰتِ ٱلۡعُلَى
ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި ރަސްކަލާނގެ حضرة ން ބާވައިލެއްވި وحى އެކެވެ
Surah Taha, Verse 4
ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ
رحمن ވަންތަ ރަސްކަލާނގެ، عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ
Surah Taha, Verse 5
لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެއްޗާއި، އެދެމެދުގައިވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައިވާހާ ތަކެއްޗެއް، މިލްކުވެގެންވަނީ އެކަލާނގެއަށެވެ
Surah Taha, Verse 6
وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى
ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Taha, Verse 7
ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ
اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި اسم ފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ
Surah Taha, Verse 8
وَهَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ
موسى ގެފާނުގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
Surah Taha, Verse 9
إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى
އެކަލޭގެފާނަށް އަލިފާންގަނޑެއް ފެނިވަޑައިގެންނެވިހިނދެވެ. ފަހެ، އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާނގައި ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. (އަހުރެން މިދަނީ) އެތަނުން ތިޔަބައިމީހުންނަށް ހުޅުކޮޅެއް ގެނެސްދެވޭތޯއެވެ. ނުވަތަ އެ އަލިފާންގަނޑުގެ ކައިިރިން، އަހުރެންނަށް ކޮންމެވެސް މަގެއް ފެނޭތޯއެވެ
Surah Taha, Verse 10
فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ
ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ނިދާ އިއްވެވިއެވެ. އޭ موسى ގެފާނެވެ
Surah Taha, Verse 11
إِنِّيٓ أَنَا۠ رَبُّكَ فَٱخۡلَعۡ نَعۡلَيۡكَ إِنَّكَ بِٱلۡوَادِ ٱلۡمُقَدَّسِ طُوٗى
ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިޔަހުންނެވީ، طوى އޭ ކިއުނު مقدّس وادى ގައެވެ
Surah Taha, Verse 12
وَأَنَا ٱخۡتَرۡتُكَ فَٱسۡتَمِعۡ لِمَا يُوحَىٰٓ
އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ وحى އަށް ކަނުލައި އައްސަވާށެވެ
Surah Taha, Verse 13
إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ
Surah Taha, Verse 14
إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخۡفِيهَا لِتُجۡزَىٰ كُلُّ نَفۡسِۭ بِمَا تَسۡعَىٰ
ހަމަކަށަވަރުން، قيامة ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. ތިމަންރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ، ކޮންމެ نفس އަކަށްވެސް، އެ نفس އެއް ކުޅަ عمل ގެ ޖަޒާ ލިބުމަށްޓަކައެވެ
Surah Taha, Verse 15
فَلَا يَصُدَّنَّكَ عَنۡهَا مَن لَّا يُؤۡمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرۡدَىٰ
ފަހެ، އެދުވަހަށް إيمان ނުވެ، އޭނާގެ هوىنفس އަށް تبع ވެއްޖެމީހާ، ހަމަކަށަވަރުން، އެކަމުން (އެބަހީ: قيامة ދުވަސް ހަނދުމަކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ! އޭރުން ކަލޭގެފާނު ހަލާކުވެދާ ހުށްޓެވެ
Surah Taha, Verse 16
وَمَا تِلۡكَ بِيَمِينِكَ يَٰمُوسَىٰ
އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއްތޯއެވެ؟
Surah Taha, Verse 17
قَالَ هِيَ عَصَايَ أَتَوَكَّؤُاْ عَلَيۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَـَٔارِبُ أُخۡرَىٰ
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަޅުގެ އަސާއެވެ. އޭގެމައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ
Surah Taha, Verse 18
قَالَ أَلۡقِهَا يَٰمُوسَىٰ
އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! އެ އަސާ އެއްލަވާށެވެ
Surah Taha, Verse 19
فَأَلۡقَىٰهَا فَإِذَا هِيَ حَيَّةٞ تَسۡعَىٰ
ފަހެ، އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެއޮތް ހަރުފައަކަށް ވެއްޖެއެވެ
Surah Taha, Verse 20
قَالَ خُذۡهَا وَلَا تَخَفۡۖ سَنُعِيدُهَا سِيرَتَهَا ٱلۡأُولَىٰ
އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަންރަސްކަލާނގެ إعادة ކުރައްވާހުށީމެވެ
Surah Taha, Verse 21
وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ
އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅުދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްނެތި، ހުދުކޮށް (ވިދަވިދައި އޮންނަގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން معجزات އެއްގެ ގޮތުގައެވެ
Surah Taha, Verse 22
لِنُرِيَكَ مِنۡ ءَايَٰتِنَا ٱلۡكُبۡرَى
ތިމަންރަސްކަލާނގެ ބޮޑެތި معجزات ތަކުގެ ތެރެއިން ބައެއް، ކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ
Surah Taha, Verse 23
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ
Surah Taha, Verse 24
قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ
Surah Taha, Verse 25
وَيَسِّرۡ لِيٓ أَمۡرِي
އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ
Surah Taha, Verse 26
وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي
އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ)
Surah Taha, Verse 27
يَفۡقَهُواْ قَوۡلِي
އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ
Surah Taha, Verse 28
وَٱجۡعَل لِّي وَزِيرٗا مِّنۡ أَهۡلِي
އަދި ތިމަންކަލޭގެފާނުގެ أهل ވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ
Surah Taha, Verse 29
هَٰرُونَ أَخِي
(އެއީ) ތިމަންކަލޭގެފާނުގެ أخ هارون ގެފާނެވެ
Surah Taha, Verse 30
ٱشۡدُدۡ بِهِۦٓ أَزۡرِي
އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ
Surah Taha, Verse 31
وَأَشۡرِكۡهُ فِيٓ أَمۡرِي
އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: رسول ކަމާއި، އެކަން تبليغ ކުރެއްވުމުގެ مسـئولية ގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ
Surah Taha, Verse 32
كَيۡ نُسَبِّحَكَ كَثِيرٗا
އަޅަމެން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ދެންނެވުމަށްޓަކައެވެ
Surah Taha, Verse 33
وَنَذۡكُرَكَ كَثِيرًا
އަދި ގިނަގިނައިން އަޅަމެން އިބަރަސްކަލާނގެ ހަނދުމަކުޅައުމަށްޓަކައެވެ
Surah Taha, Verse 34
إِنَّكَ كُنتَ بِنَا بَصِيرٗا
ހަމަކަށަވަރުން، އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިބަރަސްކަލާނގެ ވޮޑިގެންވަމުއެވެ
Surah Taha, Verse 35
قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ
އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވައިފިއެވެ
Surah Taha, Verse 36
وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ
Surah Taha, Verse 37
إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ
إلهام ކުރައްވާ އެއްޗެއް ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މަންމާއަށް إلهام ކުރެއްވިހިނދެވެ
Surah Taha, Verse 38
أَنِ ٱقۡذِفِيهِ فِي ٱلتَّابُوتِ فَٱقۡذِفِيهِ فِي ٱلۡيَمِّ فَلۡيُلۡقِهِ ٱلۡيَمُّ بِٱلسَّاحِلِ يَأۡخُذۡهُ عَدُوّٞ لِّي وَعَدُوّٞ لَّهُۥۚ وَأَلۡقَيۡتُ عَلَيۡكَ مَحَبَّةٗ مِّنِّي وَلِتُصۡنَعَ عَلَىٰ عَيۡنِيٓ
ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (نيل) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެތެވެ. (އޭރުން) ތިމަންރަސްކަލާނގެ عدوّ، އަދި އެ ދަރިކަލުންގެވެސް عدوّ އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ حضرة ން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ
Surah Taha, Verse 39
إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّـٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ
ކަލޭގެފާނުގެ أخت ވަޑައިގެން ވިދާޅުވި ހިނދެވެ. (ކިރުފޮދު އަރުވައި) އެ ދަރިކަލުން ބެލެހެއްޓުމަށް حوال ވާނެ މީހަކު، ތިޔަބައިމީހުންނަށް ތިމަންދައްކަން ހެއްޔެވެ؟ ފަހެ، (މިގޮތުން) ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައިކަމަނާގެ އަރިހަށް ކަލޭގެފާނު އަނބުރާ ގެންދެވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަނުކުރެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނު މީހަކު قتل ކުރެއްވުމުން ލިބިވަޑައިގެންނެވި ހިތާމަފުޅުން ތިމަންރަސްކަލާނގެ ކަލޭގެފާނު މިންޖުކުރެއްވީމެވެ. އަދި ކަލޭގެފާނު ފުރިހަމަޔަށް امتحان ކުރެއްވީމެވެ. އޭ موسى ގެފާނެވެ! مدين ގެ أهل ވެރިންގެ ތެރޭގައި އަހަރުތަކެއް ވަންދެން ކަލޭގެފާނު ހުންނެވީމުއެވެ. ދެން މިންވަރު ކުރައްވާފައިވާ ގޮތުގެމަތިން (މިތަނަށް) ކަލޭގެފާނު ތިޔަވަޑައިގަތީއެވެ
Surah Taha, Verse 40
وَٱصۡطَنَعۡتُكَ لِنَفۡسِي
އަދި ތިމަންރަސްކަލާނގެއަށްޓަކައި (އެބަހީ: وحى އާއި رسالة تبليغ ކުރެއްވުމަށްޓަކައި) ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރެއްވީމެވެ
Surah Taha, Verse 41
ٱذۡهَبۡ أَنتَ وَأَخُوكَ بِـَٔايَٰتِي وَلَا تَنِيَا فِي ذِكۡرِي
ތިމަންރަސްކަލާނގެ آية ތަކާއިގެން ކަލޭގެފާނާއި، ކަލޭގެފާނުގެ أخ ވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމުގައި، ތިޔަ ދެބޭކަލުން ފަރުވާކުޑަ ނުކުރައްވާށެވެ
Surah Taha, Verse 42
ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ
Surah Taha, Verse 43
فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ
ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ
Surah Taha, Verse 44
قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفۡرُطَ عَلَيۡنَآ أَوۡ أَن يَطۡغَىٰ
އެ ދެބޭކަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އޭނާ އަޅަމެންގެ މައްޗަށް (عقوبات ދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެކަމަށް، ހަމަކަށަވަރުން، އަޅަމެން ބިރުގަނެތެވެ
Surah Taha, Verse 45
قَالَ لَا تَخَافَآۖ إِنَّنِي مَعَكُمَآ أَسۡمَعُ وَأَرَىٰ
އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ
Surah Taha, Verse 46
فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَـٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ
ފަހެ، ތިޔަ ދެބޭކަލުން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ކަލޭގެ ވެރިރަސްކަލާނގެ ފޮނުއްވި ދެ رسول ންނެވެ. ފަހެ، ތިމަންމެންނާ އެކުގައި إسـرآءيـل ގެދަރިން ފޮނުވާށެވެ! އަދި އެއުރެންނަށް ކަލޭ عذاب ނުދޭށެވެ! ހަމަކަށަވަރުން، ކަލޭގެގާތަށް ތިމަންމެން މިއައީ، ކަލޭގެ ވެރިރަސްކަލާނގެ حضرة ންވާ، معجزة އަކާއިގެންނެވެ. ތެދުމަގަށް تبع ވެއްޖެ މީހަކަށް ސަލާމަތްކަން ހުށްޓެވެ
Surah Taha, Verse 47
إِنَّا قَدۡ أُوحِيَ إِلَيۡنَآ أَنَّ ٱلۡعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ
ހަމަކަށަވަރުން (اللَّه ގެ رسالة) ދޮގުކޮށް، އެނބުރި ފުރަގަސްދިން މީހެއްގެ މައްޗަށް، ހަމަކަށަވަރުން، عذاب ހުރިކަމަށް ތިމަންމެންނަށް وحى ކުރައްވާފައިވެއެވެ
Surah Taha, Verse 48
قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ
އޭނާ ބުންޏެވެ. އޭ موسى ގެފާނެވެ! ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟
Surah Taha, Verse 49
قَالَ رَبُّنَا ٱلَّذِيٓ أَعۡطَىٰ كُلَّ شَيۡءٍ خَلۡقَهُۥ ثُمَّ هَدَىٰ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ
Surah Taha, Verse 50
قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ
އޭނާ ބުންޏެވެ. އިހުގެ جيل ތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟
Surah Taha, Verse 51
قَالَ عِلۡمُهَا عِندَ رَبِّي فِي كِتَٰبٖۖ لَّا يَضِلُّ رَبِّي وَلَا يَنسَى
އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމުގެ علم ވަނީ، ތިމަންގެ ވެރިރަސްކަލާނގެ حضرة ގައި ލިޔުއްވާފައެވެ. ތިމަންގެ ވެރިރަސްކަލާނގެއަށް އޮޅިވޮޑިއެއް ނުގަންނަވަތެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑިއެއްވެސް ނުގަންނަވަތެވެ
Surah Taha, Verse 52
ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ
އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި ރަސްކަލާނގެއެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ފެންވެއްސެވިއެވެ. ދެން އެ ފެނުގެ ސަބަބުން، ތިމަންރަސްކަލާނގެ ފަތްޕިލާވެލީގެ ތަފާތު ބާވަތްތައް ނެރުއްވީމެވެ
Surah Taha, Verse 53
كُلُواْ وَٱرۡعَوۡاْ أَنۡعَٰمَكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ
ތިޔަބައިމީހުން ކާށެވެ! އަދި ތިޔަބައިމީހުންގެ نعم ސޫފިތަކަށް ކާންދީ ހުއިހައްޕާށެވެ! ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهل ވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ
Surah Taha, Verse 54
۞مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ
ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ إعادة ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ
Surah Taha, Verse 55
وَلَقَدۡ أَرَيۡنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް ތިމަންރަސްކަލާނގެ ހުރިހާ آية ތަކެއް ދެއްކެވީމެވެ. ފަހެ، އޭނާ އެ آية ތައް ދޮގުކޮށް (إيمان ނުވެ) އެކަމުން މަނާވެގަތެވެ
Surah Taha, Verse 56
قَالَ أَجِئۡتَنَا لِتُخۡرِجَنَا مِنۡ أَرۡضِنَا بِسِحۡرِكَ يَٰمُوسَىٰ
އޭނާ ބުންޏެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު ތިމަންމެންގާތަށް ތިޔަވަޑައިގަތީ، ކަލޭގެފާނުގެ ޖާދޫގެ ބާރުން ތިމަންމެންގެ ބިމުން ތިމަންމެން ނެރުއްވުމަށްޓަކައިތޯއެވެ؟
Surah Taha, Verse 57
فَلَنَأۡتِيَنَّكَ بِسِحۡرٖ مِّثۡلِهِۦ فَٱجۡعَلۡ بَيۡنَنَا وَبَيۡنَكَ مَوۡعِدٗا لَّا نُخۡلِفُهُۥ نَحۡنُ وَلَآ أَنتَ مَكَانٗا سُوٗى
ފަހެ، ހަމަކަށަވަރުން، އެފަދަ ޖާދޫއެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ، ތިމަންމެންވެސް އަދި ކަލޭގެފާނުވެސް އެއްބަސްވެ ހަމަހަމަވެގެންވާ ތަނެއްގެގޮތުން އެ موعد އަކާ خلاف ނުވާނެ موعد އެއް ތިމަންމެންނާއި، ކަލޭގެފާނާ ދެމެދު ކަނޑައަޅުއްވާށެވެ
Surah Taha, Verse 58
قَالَ مَوۡعِدُكُمۡ يَوۡمُ ٱلزِّينَةِ وَأَن يُحۡشَرَ ٱلنَّاسُ ضُحٗى
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ موعد އަކީ ޒީނަތްތެރިކަމުގެ (عيد) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ
Surah Taha, Verse 59
فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ
ދެން فرعون އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ حيلة ތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ
Surah Taha, Verse 60
قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ
موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. اللَّه އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، اللَّه ގެ عذاب ގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (اللَّه އާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ
Surah Taha, Verse 61
فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ
ދެން އެއުރެންގެ ކަންތަކާމެދު (އެބަހީ: موسى ގެފާނާމެދު) އެއުރެންގެ މެދުގައި خلاف ވެ ދެކޮޅުވެރިވެއްޖައޫއެވެ. އަދި އެއުރެންކުޅަ ސައްލާތައް (މީސްތަކުންނަށް) އެއުރެން ސިއްރުކޮށްފޫއެވެ
Surah Taha, Verse 62
قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ
އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެމީހުން އެދެނީ، އެ ދެމީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު دين އާއި ގޮތް، ނެތިކޮށްލުމަށެވެ
Surah Taha, Verse 63
فَأَجۡمِعُواْ كَيۡدَكُمۡ ثُمَّ ٱئۡتُواْ صَفّٗاۚ وَقَدۡ أَفۡلَحَ ٱلۡيَوۡمَ مَنِ ٱسۡتَعۡلَىٰ
ފަހެ، ތިޔަބައިމީހުންގެ ރޭވުންތައް މޮޅަށް ރާވާށެވެ! ދެން ތިޔަބައިމީހުން (ޖާދޫގަރުންނާއި عام ންގެ މީހުން) ސަފަކަށްތިބެ އަންނާށެވެ! ހަަމަކަށަވަރުން، މިއަދު މޮޅުވެ، މަތިވެރިވި މީހަކަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ
Surah Taha, Verse 64
قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ
އެއުރެން ބުނެފޫއެވެ. އޭ موسى ގެފާނެވެ! އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟
Surah Taha, Verse 65
قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ
Surah Taha, Verse 66
فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ
ފަހެ، موسى ގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ
Surah Taha, Verse 67
قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ
ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ
Surah Taha, Verse 68
وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ
އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ
Surah Taha, Verse 69
فَأُلۡقِيَ ٱلسَّحَرَةُ سُجَّدٗا قَالُوٓاْ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ
ފަހެ، ޖާދޫގަރުން سجدة އަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. هارون ގެފާނާއި، موسى ގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ
Surah Taha, Verse 70
قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ فِي جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَيُّنَآ أَشَدُّ عَذَابٗا وَأَبۡقَىٰ
އޭނާ (އެބަހީ: فرعون) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: موسى ގެފާނަށް) ތިޔަބައިމީހުން إيمان ވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން صليب އަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު عذاب އެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ
Surah Taha, Verse 71
قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ
އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ
Surah Taha, Verse 72
إِنَّآ ءَامَنَّا بِرَبِّنَا لِيَغۡفِرَ لَنَا خَطَٰيَٰنَا وَمَآ أَكۡرَهۡتَنَا عَلَيۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَيۡرٞ وَأَبۡقَىٰٓ
ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް مجبور ކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (عفو ކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّه އީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Taha, Verse 73
إِنَّهُۥ مَن يَأۡتِ رَبَّهُۥ مُجۡرِمٗا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ
ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ حضرة އަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ
Surah Taha, Verse 74
وَمَن يَأۡتِهِۦ مُؤۡمِنٗا قَدۡ عَمِلَ ٱلصَّـٰلِحَٰتِ فَأُوْلَـٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلۡعُلَىٰ
އަދި ހަމަކަށަވަރުން، مؤمن އެއްގެ ގޮތުގައި، صالح عمل ތައްކޮށް، އެކަލާނގެ حضرة އަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (آخرة ގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ
Surah Taha, Verse 75
جَنَّـٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ
އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި عدن އޭ ކިއުނު ސުވަރުގެތަކެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) طاهر ވެގަތް މީހާގެ ޖަޒާއެވެ
Surah Taha, Verse 76
وَلَقَدۡ أَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِي فَٱضۡرِبۡ لَهُمۡ طَرِيقٗا فِي ٱلۡبَحۡرِ يَبَسٗا لَّا تَخَٰفُ دَرَكٗا وَلَا تَخۡشَىٰ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑުގައި ހިންގަވައި (مصر ގެ ބިމުން) ނުކުމެވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް ކަނޑުގައި ހިކިފައިވާ މަގެއް ހައްދަވާށެވެ! (فرعون ގެ لشكر) އަތުލައިގެންފާނެތީ، ބިރުފުޅުނުގެން ހުންނަވާ حال ގައެވެ. އަދި (ކަނޑުގައި غرق ވެދާނެތީވެސް) ބިރުފުޅުނުގެން ހުންނަވާ حال ގައެވެ
Surah Taha, Verse 77
فَأَتۡبَعَهُمۡ فِرۡعَوۡنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلۡيَمِّ مَا غَشِيَهُمۡ
ފަހެ، فرعون އޭނާގެ لشكر އާއިގެން އެއުރެންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ لشكر އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ
Surah Taha, Verse 78
وَأَضَلَّ فِرۡعَوۡنُ قَوۡمَهُۥ وَمَا هَدَىٰ
فرعون އޭނާގެ قوم ގެމީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެއުރެންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ
Surah Taha, Verse 79
يَٰبَنِيٓ إِسۡرَـٰٓءِيلَ قَدۡ أَنجَيۡنَٰكُم مِّنۡ عَدُوِّكُمۡ وَوَٰعَدۡنَٰكُمۡ جَانِبَ ٱلطُّورِ ٱلۡأَيۡمَنَ وَنَزَّلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰ
އޭ إسـرآءيـل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّ ންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: موسى ގެފާނަށް) طور ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) ميعاد އެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. (ނޯޓު: منّ އަކީ ބަޔެއް مفسّر ން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّر ން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوى އަކީ ބާވަތެއްގެ ދޫންޏެކެވެ)
Surah Taha, Verse 80
كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ
ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ
Surah Taha, Verse 81
وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ
توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްްކަލާނގެކަން ކަށަވަރެވެ
Surah Taha, Verse 82
۞وَمَآ أَعۡجَلَكَ عَن قَوۡمِكَ يَٰمُوسَىٰ
އޭ موسى ގެފާނެވެ! ކަލޭގެފާނުގެ قوم ގެމީހުންނަށްވުރެން އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟
Surah Taha, Verse 83
قَالَ هُمۡ أُوْلَآءِ عَلَىٰٓ أَثَرِي وَعَجِلۡتُ إِلَيۡكَ رَبِّ لِتَرۡضَىٰ
އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة އަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ
Surah Taha, Verse 84
قَالَ فَإِنَّا قَدۡ فَتَنَّا قَوۡمَكَ مِنۢ بَعۡدِكَ وَأَضَلَّهُمُ ٱلسَّامِرِيُّ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަހުގައި، ކަލޭގެފާނުގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި السّامرىّ (އޭ ކިއުނު މީހަކު) އެއުރެން މަގުފުރެއްދިއެވެ
Surah Taha, Verse 85
فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي
ފަހެ، موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ރަނގަޅު وعد އަކުން وعد އެއް ނުކުރައްވާހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ މައްޗަށް ޒަމާން ދިގުވެގެން ދިޔައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއެއް އައުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ އެހެނީ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކުރި وعد އާ خلاف ވެއްޖައީމުއެވެ
Surah Taha, Verse 86
قَالُواْ مَآ أَخۡلَفۡنَا مَوۡعِدَكَ بِمَلۡكِنَا وَلَٰكِنَّا حُمِّلۡنَآ أَوۡزَارٗا مِّن زِينَةِ ٱلۡقَوۡمِ فَقَذَفۡنَٰهَا فَكَذَٰلِكَ أَلۡقَى ٱلسَّامِرِيُّ
އެއުރެން ދެންނެވޫއެވެ. ތިމަންމެން އަމިއްލަ اختيار އަކުން ކަލޭގެފާނަށް ކުޅަ وعد އަކާ خلاف އެއް ނުވަމުއެވެ. އެހެެނެއްކަމަކު، قوم ގެމީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ، ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމައެފަދައިން السّامرىّ ވެސް އުކިއެވެ
Surah Taha, Verse 87
فَأَخۡرَجَ لَهُمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٞ فَقَالُواْ هَٰذَآ إِلَٰهُكُمۡ وَإِلَٰهُ مُوسَىٰ فَنَسِيَ
ފަހެ، އޭނާ އެއުރެންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުނޫއެވެ. މިއީ ތިޔަބައިމީހުންގެ إله އެވެ. އަދި موسى ގެފާނުގެވެސް إله އެވެ. (އެކަން އެންގެވުމަށް) موسى ގެފާނު ހަނދުމަފުޅު ނެތުނީއެވެ
Surah Taha, Verse 88
أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا
ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް، އަދި މަންފާއެއް ދިިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟
Surah Taha, Verse 89
وَلَقَدۡ قَالَ لَهُمۡ هَٰرُونُ مِن قَبۡلُ يَٰقَوۡمِ إِنَّمَا فُتِنتُم بِهِۦۖ وَإِنَّ رَبَّكُمُ ٱلرَّحۡمَٰنُ فَٱتَّبِعُونِي وَأَطِيعُوٓاْ أَمۡرِي
ހަމަކަށަވަރުން، މީގެކުރިން هارون ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން امتحان ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبع ވާށެވެ! އަދި ތިމަންކަލޭގެފާނުގެ أمر އަށް ކިޔަމަންވާށެވެ
Surah Taha, Verse 90
قَالُواْ لَن نَّبۡرَحَ عَلَيۡهِ عَٰكِفِينَ حَتَّىٰ يَرۡجِعَ إِلَيۡنَا مُوسَىٰ
އެއުރެން ދެންނެވޫއެވެ. موسى ގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ
Surah Taha, Verse 91
قَالَ يَٰهَٰرُونُ مَا مَنَعَكَ إِذۡ رَأَيۡتَهُمۡ ضَلُّوٓاْ
އެއުރެން ދެންނެވޫއެވެ. موسى ގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ
Surah Taha, Verse 92
أَلَّا تَتَّبِعَنِۖ أَفَعَصَيۡتَ أَمۡرِي
އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އޭ هارون ގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް تبع ވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ أمر އަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟
Surah Taha, Verse 93
قَالَ يَبۡنَؤُمَّ لَا تَأۡخُذۡ بِلِحۡيَتِي وَلَا بِرَأۡسِيٓۖ إِنِّي خَشِيتُ أَن تَقُولَ فَرَّقۡتَ بَيۡنَ بَنِيٓ إِسۡرَـٰٓءِيلَ وَلَمۡ تَرۡقُبۡ قَوۡلِي
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ! ހަމަކަށަވަރުން، إسـرآءيـل ގެދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު انتظار އެއް ނުކުރައްވަމުއެވެ
Surah Taha, Verse 94
قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ
އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އޭ سامرى އެވެ! ފަހެ، ކަލޭ އެގޮތަށް ކަންތައްކުރަންޖެހުނީ ކީއްވެގެންހެއްޔެވެ؟
Surah Taha, Verse 95
قَالَ بَصُرۡتُ بِمَا لَمۡ يَبۡصُرُواْ بِهِۦ فَقَبَضۡتُ قَبۡضَةٗ مِّنۡ أَثَرِ ٱلرَّسُولِ فَنَبَذۡتُهَا وَكَذَٰلِكَ سَوَّلَتۡ لِي نَفۡسِي
އެކަލޭގެ ދެންނެވިއެވެ. އެއުރެން ނުދެކޭ އެއްޗެއް ތިމަންނާ ދުށީމެވެ. ފަހެ، ފޮނުއްވާފައިވާ ملائكة އާގެ (އެބަހީ: جبريل ގެފާނުގެ އަސްކޮޅުގެ) ފިޔަވަޅު ޖެހުނުތަނުން ފަސްމުށެއް ނެގީމެވެ. އަދި އެ ފަސްމުށް (އެ ގެރީގެ މައްޗަށް) އެއްލީމެވެ. ތިމަންގެ نفس ތިމަންނައަށް ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ
Surah Taha, Verse 96
قَالَ فَٱذۡهَبۡ فَإِنَّ لَكَ فِي ٱلۡحَيَوٰةِ أَن تَقُولَ لَا مِسَاسَۖ وَإِنَّ لَكَ مَوۡعِدٗا لَّن تُخۡلَفَهُۥۖ وَٱنظُرۡ إِلَىٰٓ إِلَٰهِكَ ٱلَّذِي ظَلۡتَ عَلَيۡهِ عَاكِفٗاۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِي ٱلۡيَمِّ نَسۡفًا
އެކަލޭގެފާނު ވިދާޅުވިއެވެ! ފަހެ، ދާންއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، (ދުނިޔޭގެ) حياة ގައި ކަލެޔަށްއޮތީ (އެއްވެސް މީހެއްގައި) ބީހުމެއްނެތޭ ބުނުމެވެ. އަދި ހަމަކަށަވަރުން (آخرة ގައި) خلاف ނުވެވޭނެ موعد އެއް ކަލެޔަށް ވެއެވެ. އަދި ކަލޭ، އެއަށް އަޅުކަންކުރުންމަތީ ދެމިހުރި، ކަލޭގެ إله އަށް ބަލާށެވެ! ހަމަށަވަރުން، ތިމަންކަލޭގެފާނު އޭތި އަންދައިލައްވާހުށީމެވެ. އަދި ހަމަކަށަވަރުން، ކަނޑުތެރެޔަށް އޭގެ އަޅިތައް ބުރުއްސައިލައްވާހުށީމެވެ
Surah Taha, Verse 97
إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۚ وَسِعَ كُلَّ شَيۡءٍ عِلۡمٗا
ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله އަކީ اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެ علم ފުޅު ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ
Surah Taha, Verse 98
كَذَٰلِكَ نَقُصُّ عَلَيۡكَ مِنۡ أَنۢبَآءِ مَا قَدۡ سَبَقَۚ وَقَدۡ ءَاتَيۡنَٰكَ مِن لَّدُنَّا ذِكۡرٗا
އިސްވެދިޔަ أمّة ތަކުގެ خبر ތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް قرآن ދެއްވީމެވެ
Surah Taha, Verse 99
مَّنۡ أَعۡرَضَ عَنۡهُ فَإِنَّهُۥ يَحۡمِلُ يَوۡمَ ٱلۡقِيَٰمَةِ وِزۡرًا
އެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކު قيامة ދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުށްޓެވެ
Surah Taha, Verse 100
خَٰلِدِينَ فِيهِۖ وَسَآءَ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ حِمۡلٗا
އޭގެ عذاب ގައި އެއުރެން ދެމިތިބޭ حال ގައެވެ. އަދި قيامة ދުވަހުން އެއުރެން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ
Surah Taha, Verse 101
يَوۡمَ يُنفَخُ فِي ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٖ زُرۡقٗا
ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ حال، محشر އަށް ފޮނުއްވާހުށީމެވެ
Surah Taha, Verse 102
يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرٗا
އެއުރެންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެތެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ
Surah Taha, Verse 103
نَّحۡنُ أَعۡلَمُ بِمَا يَقُولُونَ إِذۡ يَقُولُ أَمۡثَلُهُمۡ طَرِيقَةً إِن لَّبِثۡتُمۡ إِلَّا يَوۡمٗا
އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އެއުރެންކުރެ އެންމެ ރަނގަޅުގޮތަށް ވިސްނިމީހާ ބުނިހިނދެވެ. ތިޔަބައިމީހުން އެންމެ ދުވަހަކު މެނުވީ ނުތިބެމުއެވެ
Surah Taha, Verse 104
وَيَسۡـَٔلُونَكَ عَنِ ٱلۡجِبَالِ فَقُلۡ يَنسِفُهَا رَبِّي نَسۡفٗا
އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ
Surah Taha, Verse 105
فَيَذَرُهَا قَاعٗا صَفۡصَفٗا
ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ
Surah Taha, Verse 106
لَّا تَرَىٰ فِيهَا عِوَجٗا وَلَآ أَمۡتٗا
އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ
Surah Taha, Verse 107
يَوۡمَئِذٖ يَتَّبِعُونَ ٱلدَّاعِيَ لَا عِوَجَ لَهُۥۖ وَخَشَعَتِ ٱلۡأَصۡوَاتُ لِلرَّحۡمَٰنِ فَلَا تَسۡمَعُ إِلَّا هَمۡسٗا
އެދުވަހުން ގޮވައިލާމީހާއަށް އެއުރެން تبع ވާނެތެވެ. އެކަމަށް އެއްވެސް ގުދުކަމެއްނެތެވެ. އަދި رحمن ވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ
Surah Taha, Verse 108
يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا
رحمن ވަންތަ ރަސްކަލާނގެ އެމީހަކަށް إذن ދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން شفاعة ތެރިވުމުގެ މަންފާއެއް ނުކުރާނެތެެވެ
Surah Taha, Verse 109
يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يُحِيطُونَ بِهِۦ عِلۡمٗا
އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއުރެންނަކަށް އެކަންތައްތަކެއް އެނގިގެނެއް ނުވެތެވެ
Surah Taha, Verse 110
۞وَعَنَتِ ٱلۡوُجُوهُ لِلۡحَيِّ ٱلۡقَيُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمٗا
ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެވޮޑިގެންވާ ރަސްކަލާނގެއަށްޓަކައި، މޫނުތައް ދެރަވެ ނިކަމެތިވެއްޖެއެވެ. އަދި (شرك ގެ) އަނިޔާވެރިކަން އުފުލައިގެން އަންނަމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ
Surah Taha, Verse 111
وَمَن يَعۡمَلۡ مِنَ ٱلصَّـٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا يَخَافُ ظُلۡمٗا وَلَا هَضۡمٗا
އަދި مؤمن އަކު ކަމުގައިވާ حال، صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حق އެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ
Surah Taha, Verse 112
وَكَذَٰلِكَ أَنزَلۡنَٰهُ قُرۡءَانًا عَرَبِيّٗا وَصَرَّفۡنَا فِيهِ مِنَ ٱلۡوَعِيدِ لَعَلَّهُمۡ يَتَّقُونَ أَوۡ يُحۡدِثُ لَهُمۡ ذِكۡرٗا
އަދި ހަމައެފަދައިން، عرب ބަހުންވާ قرآن އެއްކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. އަދި އެ ފޮތުގައި ތިމަންރަސްކަލާނގެ وعيد ތައް تفصيل ކޮށް بيان ކުރެއްވީމެވެ. (އެއީ) އެއުރެން ބިރުވެތިވެ، تقوى ވެރިވުމަށްޓަކައެވެ. ނުވަތަ އެއުރެންނަށް ހަނދާންކޮށްދީ، عبرة ލިބިދިނުމަށެވެ
Surah Taha, Verse 113
فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ وَلَا تَعۡجَلۡ بِٱلۡقُرۡءَانِ مِن قَبۡلِ أَن يُقۡضَىٰٓ إِلَيۡكَ وَحۡيُهُۥۖ وَقُل رَّبِّ زِدۡنِي عِلۡمٗا
ފަހެ، ރަސްވަންތަ، حق ވަންތަ اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް وحى ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ قرآن ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ
Surah Taha, Verse 114
وَلَقَدۡ عَهِدۡنَآ إِلَىٰٓ ءَادَمَ مِن قَبۡلُ فَنَسِيَ وَلَمۡ نَجِدۡ لَهُۥ عَزۡمٗا
ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ آدم ގެފާނަށް وصيّة ކުރައްވައި، عهد ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ عهد) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް عزم އަކާއި، ثابت ކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ
Surah Taha, Verse 115
وَإِذۡ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ
آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ
Surah Taha, Verse 116
فَقُلۡنَا يَـٰٓـَٔادَمُ إِنَّ هَٰذَا عَدُوّٞ لَّكَ وَلِزَوۡجِكَ فَلَا يُخۡرِجَنَّكُمَا مِنَ ٱلۡجَنَّةِ فَتَشۡقَىٰٓ
ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ
Surah Taha, Verse 117
إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعۡرَىٰ
ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ
Surah Taha, Verse 118
وَأَنَّكَ لَا تَظۡمَؤُاْ فِيهَا وَلَا تَضۡحَىٰ
އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ
Surah Taha, Verse 119
فَوَسۡوَسَ إِلَيۡهِ ٱلشَّيۡطَٰنُ قَالَ يَـٰٓـَٔادَمُ هَلۡ أَدُلُّكَ عَلَىٰ شَجَرَةِ ٱلۡخُلۡدِ وَمُلۡكٖ لَّا يَبۡلَىٰ
ފަހެ، شيطان އާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدم ގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟
Surah Taha, Verse 120
فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ
ފަހެ، އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ عورة، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން عورة ނިވާކުރައްވަން ފެއްޓެވިއެވެ. އަދި آدم ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ مقصد حاصل ނުވެ މަގުގެއްލުނެވެ
Surah Taha, Verse 121
ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ
ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ މައްޗަށް توبة ލައްވައި ތެދުމަގު ދެއްކެވިއެވެ
Surah Taha, Verse 122
قَالَ ٱهۡبِطَا مِنۡهَا جَمِيعَۢاۖ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ
އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑަައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިން ކަމުގައިވާ حال ގައެވެ. ފަހެ، ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް تبع ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ
Surah Taha, Verse 123
وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ
އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ
Surah Taha, Verse 124
قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا
އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشر އަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ
Surah Taha, Verse 125
قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ
އެކަލާނގެ وحى ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آية ތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّه ގެ رحمة ން محروم ކޮށްލެވޭނެތެވެ)
Surah Taha, Verse 126
وَكَذَٰلِكَ نَجۡزِي مَنۡ أَسۡرَفَ وَلَمۡ يُؤۡمِنۢ بِـَٔايَٰتِ رَبِّهِۦۚ وَلَعَذَابُ ٱلۡأٓخِرَةِ أَشَدُّ وَأَبۡقَىٰٓ
އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރިރަސްކަލާނގެ آية ތަކަށް إيمان ނުވިމީހާއަށް، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ
Surah Taha, Verse 127
أَفَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ
ފަހެ، އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيان ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި، އެއުރެން ހިނގައިއުޅޭ حال ގައެވެ. ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهل ވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ
Surah Taha, Verse 128
وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَكَانَ لِزَامٗا وَأَجَلٞ مُّسَمّٗى
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (އެއުރެންނަށް عذاب ލަސްކުރެއްވުމުގެ) كلمة ފުޅެއް އިސްވެގޮސްފައި ނުވާނަމަ، އަދި ކަނޑައެޅިގެންވާ މުއްދަތެއް ނުވާނަމަ (އެއުރެންނަށް ދުނިޔެމަތީގައި) عذاب ދެއްވުން لازم ވެއްޖައީހެވެ
Surah Taha, Verse 129
فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ
ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި آية ގައި فرض ފަސްނަމާދުގެ ވަގުތުތައް بيان ވެގެންވާ ކަމުގައި مفسّر ން ލިޔުއްވާފައިވެއެވެ)
Surah Taha, Verse 130
وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ
އަދި އެއުރެންގެ ތެރެއިން ބަޔަކަށް دنيوى حياة ގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން امتحان ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ
Surah Taha, Verse 131
وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ
އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ
Surah Taha, Verse 132
وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނު ތިމަންމެންނަށް معجزة އެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި بيان ވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟
Surah Taha, Verse 133
وَلَوۡ أَنَّآ أَهۡلَكۡنَٰهُم بِعَذَابٖ مِّن قَبۡلِهِۦ لَقَالُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ مِن قَبۡلِ أَن نَّذِلَّ وَنَخۡزَىٰ
އޭގެކުރިން (އެބަހީ: قرآن ބާވައިލެއްވުމުގެ، ނުވަތަ محمد ގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ން އެއުރެން ހަލާކުކުރެއްވިނަމަ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ ގާތަށް رسول އަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ، އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަރަސްކަލާނގެ آية ތަކަށް تبع ވީމުހެވެ
Surah Taha, Verse 134
قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ
ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظار ކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް انتظار ކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ أهل ވެރިންނަކީ އަދި هداية ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ
Surah Taha, Verse 135