Surah Aal-e-Imran Verse 49 - Divehi Translation by Office Of The President Of Maldives
Surah Aal-e-Imranوَرَسُولًا إِلَىٰ بَنِيٓ إِسۡرَـٰٓءِيلَ أَنِّي قَدۡ جِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ أَنِّيٓ أَخۡلُقُ لَكُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ
އަދި، (އެކަލޭގެފާނު ވާހުށީ) إسـرآءيـل ގެދަރިންގެ ގާތަށް ފޮނުއްވާ رسول އެއް ކަމުގައެވެ. (އެކަލޭގެފާނު އެމީހުންނަށް ވިދާޅުވާނެތެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިމަންކަލޭގެފާނީ رسول އަކު ކަމަށް ހެކިދޭ) ސާފު دليل އަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެޔަށް ފުމެލެއްވުމުން، اللَّه ގެ إذن ފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެތެވެ. އަދި، ތިމަންކަލޭގެފާނު، اللَّه ގެ إذن ފުޅާއެކު، ލޯކަނު މީހުންނާއި، برص ބަލިޖެހިފައިވާ މީހުން، ފަސޭހަކުރައްވައި، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި، ތިޔަބައިމީހުން ކައިއުޅޭ ތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، إيمان ވާބަޔަކުކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ رسول އެއްކަމަށް ހެކިދޭ) ސާފު دليل އެއް އެކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ