Surah Fatir - Divehi Translation by Office Of The President Of Maldives
ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَـٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ يَزِيدُ فِي ٱلۡخَلۡقِ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
Surah Fatir, Verse 1
مَّا يَفۡتَحِ ٱللَّهُ لِلنَّاسِ مِن رَّحۡمَةٖ فَلَا مُمۡسِكَ لَهَاۖ وَمَا يُمۡسِكۡ فَلَا مُرۡسِلَ لَهُۥ مِنۢ بَعۡدِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
މީސްތަކުންނަށްޓަކައި اللَّه އެއްވެސް رحمة އެއް ހުޅުއްވަވާނަމަ، ފަހެ، އެ رحمة ހިފަހައްޓާނެ މީހަކު ނުވެތެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެތެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
Surah Fatir, Verse 2
يَـٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ
އޭ މީސްތަކުންނޭވެ! اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ހަނދުމަކުރާށެވެ! اللَّه މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
Surah Fatir, Verse 3
وَإِن يُكَذِّبُوكَ فَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ
އަދި އެއުރެން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسول ން ދޮގުކުރެވުނެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ اللَّه ގެ حضرة އަށެވެ
Surah Fatir, Verse 4
يَـٰٓأَيُّهَا ٱلنَّاسُ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ
Surah Fatir, Verse 5
إِنَّ ٱلشَّيۡطَٰنَ لَكُمۡ عَدُوّٞ فَٱتَّخِذُوهُ عَدُوًّاۚ إِنَّمَا يَدۡعُواْ حِزۡبَهُۥ لِيَكُونُواْ مِنۡ أَصۡحَٰبِ ٱلسَّعِيرِ
ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ
Surah Fatir, Verse 6
ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ
كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. އަދި إيمان ވެ صالح عمل ކުޅަ މީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ
Surah Fatir, Verse 7
أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنٗاۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَيۡهِمۡ حَسَرَٰتٍۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَصۡنَعُونَ
ފަހެ، އެމީހެއްގެ ނުބައި عمل، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު عمل ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ نفس ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Fatir, Verse 8
وَٱللَّهُ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَسُقۡنَٰهُ إِلَىٰ بَلَدٖ مَّيِّتٖ فَأَحۡيَيۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَٰلِكَ ٱلنُّشُورُ
އަދި اللَّه އީ، ވައިރޯޅި ފޮނުއްވި ރަސްކަލާނގެއެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަންރަސްކަލާނގެ އެ ވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަންރަސްކަލާނގެ އެ ބިން ދިރުއްވީމެވެ. (قيامة ދުވަހުން) އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ
Surah Fatir, Verse 9
مَن كَانَ يُرِيدُ ٱلۡعِزَّةَ فَلِلَّهِ ٱلۡعِزَّةُ جَمِيعًاۚ إِلَيۡهِ يَصۡعَدُ ٱلۡكَلِمُ ٱلطَّيِّبُ وَٱلۡعَمَلُ ٱلصَّـٰلِحُ يَرۡفَعُهُۥۚ وَٱلَّذِينَ يَمۡكُرُونَ ٱلسَّيِّـَٔاتِ لَهُمۡ عَذَابٞ شَدِيدٞۖ وَمَكۡرُ أُوْلَـٰٓئِكَ هُوَ يَبُورُ
عزّة ތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ عزّة، މިލްކުވެގެންވަނީ اللَّه އަށެވެ. ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ حضرة އަށެވެ. އަދި صالح عمل އެކަލާނގެ حضرة އަށް އުފުލައްވަތެވެ. އަދި ނުބައި ކަންތައް ރާވައިހަދާ މީހުންނަށް، ގަދަވެގެންވާ عذاب ހުށްޓެވެ. އަދި، ގެއްލި ހަލާކުވެދާނީ ހަމައެއުރެންގެ ރޭވުންތަކެވެ
Surah Fatir, Verse 10
وَٱللَّهُ خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ جَعَلَكُمۡ أَزۡوَٰجٗاۚ وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَمَا يُعَمَّرُ مِن مُّعَمَّرٖ وَلَا يُنقَصُ مِنۡ عُمُرِهِۦٓ إِلَّا فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
ވެލިން، ދެން މަނިތިއްކަކުން، ތިޔަބައިމީހުން ހެއްދެވީ اللَّه އެވެ. ދެން ދެ ޖިންސުގެ މީހުން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމާއެކުގައި މެނުވީ، އަންހެނަކު މާބަނޑެއް ނުވެތެވެ. އަދި ނުވެސް ވިހާމެއެވެ. އަދި ފޮތެއްގައި ކަނޑައަޅުއްވާފައިވާ ގޮތުން މެނުވީ، عمر ދިގު މީހެއްގެ عمر ދިގުވެގެން ނުދެތެވެ. އަދި އޭނާގެ عمر ކުރުވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ
Surah Fatir, Verse 11
وَمَا يَسۡتَوِي ٱلۡبَحۡرَانِ هَٰذَا عَذۡبٞ فُرَاتٞ سَآئِغٞ شَرَابُهُۥ وَهَٰذَا مِلۡحٌ أُجَاجٞۖ وَمِن كُلّٖ تَأۡكُلُونَ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُونَ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ فِيهِ مَوَاخِرَ لِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
ދެކަނޑު ހަމަހަމަވެގެން ނުވެތެވެ. (އެބަހީ: ކަނޑުގެ ލޮނުގަނޑާއި ކޯރުގެ މީރު ފެން، ހަމަހަމަވެގެނެއް ނުވެތެވެ.) މިއީ މީރުކަން ބޮޑު، ބުއިމަށް ފަސޭހަ މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ހިތި ފެނެވެ. އަދި އެއިން ކޮންމެ ތަނަކުން ތިޔަބައިމީހުން ތާޒާ މަސްކަމުއެވެ. އަދި ތިޔަބައިމީހުން އަޅައި އުޅޭ ގަހަނާ އެ ކަނޑުން ނެރެމުއެވެ. އަދި އެ ކަނޑުގައި ގޮސްއައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. (އެއީ) ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ
Surah Fatir, Verse 12
يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ
އެކަލާނގެ ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު خدمة ތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ اللَّه އެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ
Surah Fatir, Verse 13
إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٖ
ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަކަމާމެދު قيامة ދުވަހުން އެފަރާތްތައް إنكار ކުރާނެތެވެ. خبر ތައް މޮޅަށް ދެނެވޮޑިގެންވާކަލާނގެ ފަދައިން ކަލޭގެފާނަށް خبر ދޭނެ ހަމަ އެކަކުވެސް ނެތެވެ
Surah Fatir, Verse 14
۞يَـٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَآءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ
އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Fatir, Verse 15
إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ
އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ مخلوق ންތަކެއް ގެންނަވައިފާހުށްޓެވެ
Surah Fatir, Verse 16
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ
އަދި އެކަންތައް اللَّه އަށް އުނދަގޫ ކަމަކަށް ނުވެތެވެ
Surah Fatir, Verse 17
وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ
އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ފާފައިން ބަރުވެފައިވާ نفس އެއް، އެ އުފުލުމަށް (އެހެން ފަރާތަކަށް) ގޮވިޔަސް، އެއީ ގާތްތިމާގެކަމުގެ أهل ވެރިޔެއް ކަމުގައިވިޔަސް، އެއިން ހަމަ އެކައްޗެއްވެސް ނުއުފުލޭނެތެވެ. ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވެ، ނަމާދު قائم ކޮށްއުޅޭ މީހުންނަށެވެ. އަދި (كافر ކަމުން) طاهر ވެގަންނަމީހާ، ފަހެ، އެމީހާ طاهر ވެގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ
Surah Fatir, Verse 18
وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ
އަދި ކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވެގެން ނުވެތެވެ
Surah Fatir, Verse 19
وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ
އަދި އަނދިރިކަމާއި، އަލިކަމާވެސް ހަމަހަމަވެގެން ނުވެތެވެ
Surah Fatir, Verse 20
وَلَا ٱلظِّلُّ وَلَا ٱلۡحَرُورُ
އަދި ހިޔަލާއި، ގަދަ އަތްވާވެސް ހަމަހަމަވެގެން ނުވެތެވެ
Surah Fatir, Verse 21
وَمَا يَسۡتَوِي ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٖ مَّن فِي ٱلۡقُبُورِ
އަދި ދިރިތިބި ތަކެއްޗާއި، މަރުވެފައިވާ ތަކެއްޗާ ހަމަހަމަވެގެން ނުވެތެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިއްވަވައިދެއްވަތެވެ. އަދި ކަށްވަޅުތަކުގައިވާ މީހުންނަށް އިއްވަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެތެވެ
Surah Fatir, Verse 22
إِنۡ أَنتَ إِلَّا نَذِيرٌ
إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ
Surah Fatir, Verse 23
إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۚ وَإِن مِّنۡ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٞ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި އެ أمّة އަކަށް إنذار ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّة އެއް ނުވެތެވެ
Surah Fatir, Verse 24
وَإِن يُكَذِّبُوكَ فَقَدۡ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَبِٱلزُّبُرِ وَبِٱلۡكِتَٰبِ ٱلۡمُنِيرِ
އަދި އެއުރެން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ، އެއުރެންގެ ކުރީގެ މީހުންވެސް ހަމަކަށަވަރުން (رسول ން) ދޮގުކުޅައޫއެވެ. އެއުރެންގެ ގާތަށް އެއުރެންގެ رسول ން ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއި، ލިޔުއްވާފައިވާ ފޮތްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ
Surah Fatir, Verse 25
ثُمَّ أَخَذۡتُ ٱلَّذِينَ كَفَرُواْۖ فَكَيۡفَ كَانَ نَكِيرِ
ދެން ތިމަންރަސްކަލާނގެ، كافر ވިމީހުން ހިއްޕަވައި ގެންދެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
Surah Fatir, Verse 26
أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ ثَمَرَٰتٖ مُّخۡتَلِفًا أَلۡوَٰنُهَاۚ وَمِنَ ٱلۡجِبَالِ جُدَدُۢ بِيضٞ وَحُمۡرٞ مُّخۡتَلِفٌ أَلۡوَٰنُهَا وَغَرَابِيبُ سُودٞ
ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ
Surah Fatir, Verse 27
وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلۡأَنۡعَٰمِ مُخۡتَلِفٌ أَلۡوَٰنُهُۥ كَذَٰلِكَۗ إِنَّمَا يَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰٓؤُاْۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ
އަދި މީސްތަކުންގެ ތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، نعم ސޫފީގެ ތެރެއިންވެސް ހަމައެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތިވެއެވެ. اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ
Surah Fatir, Verse 28
إِنَّ ٱلَّذِينَ يَتۡلُونَ كِتَٰبَ ٱللَّهِ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ يَرۡجُونَ تِجَٰرَةٗ لَّن تَبُورَ
ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ
Surah Fatir, Verse 29
لِيُوَفِّيَهُمۡ أُجُورَهُمۡ وَيَزِيدَهُم مِّن فَضۡلِهِۦٓۚ إِنَّهُۥ غَفُورٞ شَكُورٞ
(އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ
Surah Fatir, Verse 30
وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ مِنَ ٱلۡكِتَٰبِ هُوَ ٱلۡحَقُّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٞ
ފޮތުގެ ތެރެއިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރެއްވި ތަކެއްޗަކީ، އޭގެކުރީގައިވާ ފޮތްތައް ތެދުކުރާ حق ތެދުބަސްފުޅެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
Surah Fatir, Verse 31
ثُمَّ أَوۡرَثۡنَا ٱلۡكِتَٰبَ ٱلَّذِينَ ٱصۡطَفَيۡنَا مِنۡ عِبَادِنَاۖ فَمِنۡهُمۡ ظَالِمٞ لِّنَفۡسِهِۦ وَمِنۡهُم مُّقۡتَصِدٞ وَمِنۡهُمۡ سَابِقُۢ بِٱلۡخَيۡرَٰتِ بِإِذۡنِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ
ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި اللَّه ގެ إذن ފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ
Surah Fatir, Verse 32
جَنَّـٰتُ عَدۡنٖ يَدۡخُلُونَهَا يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ
(އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި އެތާނގައި އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ
Surah Fatir, Verse 33
وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَذۡهَبَ عَنَّا ٱلۡحَزَنَۖ إِنَّ رَبَّنَا لَغَفُورٞ شَكُورٌ
އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ
Surah Fatir, Verse 34
ٱلَّذِيٓ أَحَلَّنَا دَارَ ٱلۡمُقَامَةِ مِن فَضۡلِهِۦ لَا يَمَسُّنَا فِيهَا نَصَبٞ وَلَا يَمَسُّنَا فِيهَا لُغُوبٞ
އެކަލާނގެއީ، އެކަލާނގެ فضل ވަންތަކަމުން، ތިމަންމެން قائم ވެ ތިބުމުގެ ގޮވަތީގައި (އެބަހީ: ސުވަރުގޭގައި) ވަޒަންވެރިކުރެއްވި ރަސްކަލާނގެއެވެ. އެތާނގައި ވަރުބަލިވުމެއް ތިމަންމެންނަކަށް ނުލިބޭނެތެވެ. އަދި އެތާނގައި ފޫހިކަމެއްވެސް ތިމަންމެންނަކަށް ނުމެލިބޭނޭމެއެވެ
Surah Fatir, Verse 35
وَٱلَّذِينَ كَفَرُواْ لَهُمۡ نَارُ جَهَنَّمَ لَا يُقۡضَىٰ عَلَيۡهِمۡ فَيَمُوتُواْ وَلَا يُخَفَّفُ عَنۡهُم مِّنۡ عَذَابِهَاۚ كَذَٰلِكَ نَجۡزِي كُلَّ كَفُورٖ
އަދި كافر ވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ
Surah Fatir, Verse 36
وَهُمۡ يَصۡطَرِخُونَ فِيهَا رَبَّنَآ أَخۡرِجۡنَا نَعۡمَلۡ صَٰلِحًا غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُۖ فَذُوقُواْ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ
އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު ނުވެތެވެ
Surah Fatir, Verse 37
إِنَّ ٱللَّهَ عَٰلِمُ غَيۡبِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
ހަމަކަށަވަރުން، اللَّه އީ، އުޑުތަކާއި، ބިމުގެ غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Fatir, Verse 38
هُوَ ٱلَّذِي جَعَلَكُمۡ خَلَـٰٓئِفَ فِي ٱلۡأَرۡضِۚ فَمَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ عِندَ رَبِّهِمۡ إِلَّا مَقۡتٗاۖ وَلَا يَزِيدُ ٱلۡكَٰفِرِينَ كُفۡرُهُمۡ إِلَّا خَسَارٗا
ބިމުގައި خليفة އިންތަކެއް ކަމުގައި ތިޔަބައިމީހުން ލެއްވީ އެކަލާނގެއެވެ. ފަހެ، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ كافر ކަން އޮތީ ހަމަ އެމީހާގެ މައްޗަށެވެ. އަދި كافر ންނަށް އެއުރެން كافر ވުމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ކޯފާމެނުވީ އިތުރެއް ނުވާނެތެވެ. އަދި كافر ވި މީހުންނަށް އެއުރެންގެ كافر ކަމުގެ ސަބަބުން ގެއްލުމެއް މެނުވީ އިތުރެއް ނުވާނެތެވެ
Surah Fatir, Verse 39
قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّـٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ شريك ންނާމެދު ނިކަން خبر ދީ ބަލާށެވެ! އެތަކެތި ބިމުން ހެދީ ކޮންތަނެއްކަން ތިމަން ކަލޭގެފާނަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެއްދެވުމުގައި ބައިވެރިވުމެއް އެތަކެއްޗަށް ވަނީ ހެއްޔެވެ؟ ނުވަތަ އެއިން ކަމެއްގެ މައްޗަށް ހެތްކެއްގެ މަތީގައި އެއުރެން ވުމަށް ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވާފައިވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އަނިޔާވެރިން އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރިކަމަކަށް މެނުވީ وعد އެއް ނުކުރެތެވެ
Surah Fatir, Verse 40
۞إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا
ހަމަކަށަވަރުން، اللَّه، އުޑުތަކާއި ބިން އެހުރިގޮތުން ނެއްޓިދިޔަ ނުދެއްވައި ހިފަހައްޓަވަތެވެ. އަދި ހަމަކަށަވަރުން، އެހުރިގޮތުން އެ ދެތަން ނެއްޓިއްޖެނަމަ، އެކަލާނގެ ފިޔަވައި އެތަންތަން ހިފަހައްޓާނެ އެއްވެސް މީހަކު ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ
Surah Fatir, Verse 41
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا
އެއުރެންގެ އެންމެގަދަ ހުވައިން اللَّه ގަންދީ އެއުރެން ހުވާކޮށް ބުނޫއެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ވަޑައިގެންފިނަމަ، އެހެން ކޮންމެ أمّة އަކަށްވުރެން ތެދުމަގު ލިބުން ބޮޑު ބަޔަކު ކަމުގައި އެއުރެން ވާނެކަން ކަށަވަރެވެ. ފަހެ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު އެއުރެންގެ ގާތަށް ވަޑައިގެންނެވިހިނދު، އެއިން ނަފުރަތުވެ، ދުރުހެލިވުން މެނުވީ، އެއުރެންނަކަށް އިތުރެއް ނުވިއެވެ
Surah Fatir, Verse 42
ٱسۡتِكۡبَارٗا فِي ٱلۡأَرۡضِ وَمَكۡرَ ٱلسَّيِّيِٕۚ وَلَا يَحِيقُ ٱلۡمَكۡرُ ٱلسَّيِّئُ إِلَّا بِأَهۡلِهِۦۚ فَهَلۡ يَنظُرُونَ إِلَّا سُنَّتَ ٱلۡأَوَّلِينَۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبۡدِيلٗاۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحۡوِيلًا
(އެއީ) ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ، އިސްވެދިޔަ މީހުންނާމެދު، اللَّه ކަންހިންގެވިގޮތަށް މެނުވީ އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، اللَّه، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި اللَّه، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
Surah Fatir, Verse 43
أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡ وَكَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗۚ وَمَا كَانَ ٱللَّهُ لِيُعۡجِزَهُۥ مِن شَيۡءٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ إِنَّهُۥ كَانَ عَلِيمٗا قَدِيرٗا
އެއުރެން ބިމުގައި ދަތުރު ފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެއުރެންނަށްވުރެ (އެބަހީ: مكة ގެ أهل ވެރިންނަށްވުރެން) ބާރުގަދަ ބަޔަކު ކަމުގައި އެއުރެންވޫއެވެ. އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް، اللَّه ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެ ކަމުގައިވެއެވެ
Surah Fatir, Verse 44
وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهۡرِهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرَۢا
މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، اللَّه، އެއުރެންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަތެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، (އެއުރެންނަށް ޖަޒާ ދެއްވާނެތެވެ.) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ
Surah Fatir, Verse 45