UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Az-Zumar - Divehi Translation by Office Of The President Of Maldives


تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ
Surah Az-Zumar, Verse 1


إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، اللَّه އަށް دين خالص ކުރާ حال، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ
Surah Az-Zumar, Verse 2


أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. اللَّه ގެ حضرة އަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلاف ވެގެންއުޅޭ ކަންތަކާދޭތެރޭގައި اللَّه، އެއުރެންގެ މެދުގައި حكم ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافر އަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
Surah Az-Zumar, Verse 3


لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ

اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް خيار ކުރައްވައިފީހެެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، اللَّه އެވެ
Surah Az-Zumar, Verse 4


خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّـٰرُ

އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيز ވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ
Surah Az-Zumar, Verse 5


خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ

އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفس އަކުންނެވެ. (އެއީ آدم ގެފާނެވެ.) ދެން އެ نفس ން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاء ގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، نعم ސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި إله އަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައިި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟
Surah Az-Zumar, Verse 6


إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

ތިޔަބައިމީހުން كافر ވާނަމަ، ފަހެ اللَّه އީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން كافر ވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން شكر ކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން رجوع ވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Az-Zumar, Verse 7


۞وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ

އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާން ނައްތައިލައެވެ. އަދި اللَّه އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ
Surah Az-Zumar, Verse 8


أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ

ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) سجدة ގައްޔާއި، قيام ގައި މަޑުމޮޅިވެ، آخرة ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ رحمة އަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ
Surah Az-Zumar, Verse 9


قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ
Surah Az-Zumar, Verse 10


قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އަހުރެންނަށް أمر ކުރައްވާފައިވަނީ، اللَّه އަށް دين خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކުރުމަށެވެ
Surah Az-Zumar, Verse 11


وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ

އަދި އަހުރެންނަށް أمر ކުރައްވާފައިވަނީ (މި أمّة ގެ) مسلم ންގެ ތެރެއިން އެންމެފުރަތަމަ މީހާކަމުގައި އަހުރެން ވުމަށެވެ
Surah Az-Zumar, Verse 12


قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ

ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ވެރިރަސްކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ
Surah Az-Zumar, Verse 13


قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي

ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއަށް އަހުރެންގެ دين خالص ކުރާ حال، އަހުރެން އަޅުކަންކުރަނީ، ހަމައެކަނި اللَّه އަށެވެ
Surah Az-Zumar, Verse 14


فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ

ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ
Surah Az-Zumar, Verse 15


لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ

(ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ
Surah Az-Zumar, Verse 16


وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّـٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ

شيطان އާއަށް އަޅުކަންކުރުމުން ދުރުވެގަނެ، اللَّه ގެ حضرة އަށް رجوع ވާމީހުންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. ފަހެ، ކަލޭގެފާނު، ތިމަންރަސްކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ
Surah Az-Zumar, Verse 17


ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَـٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ

އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެރަނގަޅު ތަކެއްޗަށް تبع ވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهل ވެރިންނީވެސް، ހަމައެއުރެންނެވެ
Surah Az-Zumar, Verse 18


أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ

ފަހެ، عذاب ގެ كلمة ފުޅު حق ވެއްޖެމީހަކު (އެ عذاب ން ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟) ފަހެ، ނަރަކައިގައިވާ މީހަކު ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟
Surah Az-Zumar, Verse 19


لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ

އެހެނެއްކަމަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުންނަށް (ސުވަރުގޭގައި) ކޮޓަރިތަކެއްވެއެވެ. އޭގެމަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައްވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. އެކަމަށް اللَّه ވަނީ وعد ކުރައްވައިފައެވެ. اللَّه وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ
Surah Az-Zumar, Verse 20


أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ

ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ أهل ވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ
Surah Az-Zumar, Verse 21


أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ

ފަހެ، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرة ން نور އެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ
Surah Az-Zumar, Verse 22


ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ

اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ
Surah Az-Zumar, Verse 23


أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّـٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ

ފަހެ، قيامة ދުވަހުން، ގަދަފަދަ عذاب އަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެދުވަހުން އަނިޔާވެރިންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ
Surah Az-Zumar, Verse 24


كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ

އެއުރެންގެ ކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، އެއުރެން ހީވެސްނުކުރާ ދިމާޔަކުން، އެއުރެންނަށް عذاب އައެވެ
Surah Az-Zumar, Verse 25


فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ

ފަހެ، اللَّه އެއުރެންނަށް ދުނިޔޭގެ حياة ގައި ދެރަކަމާއި، ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާބޮޑެވެ. އެއުރެންނަށް އެކަން އެނގޭނޭނަމައެވެ
Surah Az-Zumar, Verse 26


وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި މީސްތަކުންނަށް، ހުރިހާ ބާވަތަކުން مثال ޖެއްސެވީމެވެ. (އެއީ) އެއުރެން ހަނދުމަކުޅައުމަށްޓަކައެވެ
Surah Az-Zumar, Verse 27


قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ

އެއްވެސް ގުދުކަމެއްނުވާ، عرب ބަހުން އޮތް قرآن އެއްގެގޮތުގައެވެ. (އެއީ) އެއުރެން تقوى ވެރިވުމަށްޓަކައެވެ
Surah Az-Zumar, Verse 28


ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

އެއުރެންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ، އެތައްބަޔަކު ބައިވެރިވާ (އަޅު) ފިރިހެނަކާއި ހަމަ އެންމެމީހަކަށް خاص ވެގެންވާ (އަޅު) ފިރިހެނެއްގެ مثال اللَّه ޖެއްސެވިއެވެ. مثال ގެގޮތުން އެ ދެމީހުން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެތެވެ
Surah Az-Zumar, Verse 29


إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ

ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ
Surah Az-Zumar, Verse 30


ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ

ދެން ހަމަކަށަވަރުން قيامة ދުވަހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނޫއެވެ
Surah Az-Zumar, Verse 31


۞فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

ފަހެ، اللَّه އާމެދު ދޮގުހަދައި، އަދި ތެދު އެމީހެއްގެގާތަށް އައިހިނދު، އެދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ كافر ން ތިބޭނޭތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
Surah Az-Zumar, Verse 32


وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ

ތެދާއިގެން އަންނަމީހާއާއި އަދި އެތެދު قبول ކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوى ވެރިންނެވެ
Surah Az-Zumar, Verse 33


لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ

އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން އެދޭހާކަމެއް އެއުރެންނަށް ހުށްޓެވެ. އެއީ إحسان ތެރިންނަށްހުރި ޖަޒާއެވެ
Surah Az-Zumar, Verse 34


لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ

އެއުރެންކޮށްފައިވާ ނުބައި عمل ތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި އެއުރެން عمل ކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާދެއްވުމަށްޓަކައެވެ
Surah Az-Zumar, Verse 35


أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ

اللَّه، އެކަލާނގެ އަޅާއަށް ފުދޭކަމުގައި ނުވޭހެއްޔެވެ؟ އަދި އެއުރެން އުޅެނީ އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެތެވެ
Surah Az-Zumar, Verse 36


وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ

އަދި އެމީހަކަށް اللَّه ތެދުމަގު ދައްކަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެތެވެ. اللَّه އީ عزيز ވަންތަ، ބަދަލުހިއްޕެވުމުގެ ވެރިރަސްކަލާނގެކަމުގައި ނުވޭހެއްޔެވެ؟
Surah Az-Zumar, Verse 37


وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ

އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) خبر ދީބަލާށެވެ! اللَّه، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް رحمة އަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ رحمة (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. وكيل ކުރާމީހުން وكيل ކުރާހުށީ އެކަލާނގެއަށެވެ
Surah Az-Zumar, Verse 38


قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ

އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) خبر ދީބަލާށެވެ! اللَّه، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް رحمة އަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ رحمة (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. وكيل ކުރާމީހުން وكيل ކުރާހުށީ އެކަލާނގެއަށެވެ
Surah Az-Zumar, Verse 39


مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ތިބިގޮތުގައި ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް (ތިމަންކަލޭގެފާނުގެ ގޮތުގައި) عمل ކުރައްވާހުށީމެވެ. ނިކަމެތިކޮށްލަނިވި عذاب އަންނަހުށީ ކާކަށްކަމާއި، ދެމިހުންނަނިވި عذاب ލިބޭހުށީ ކާކަށްކަންފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ
Surah Az-Zumar, Verse 40


إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حق ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވެއެވެ
Surah Az-Zumar, Verse 41


ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
Surah Az-Zumar, Verse 42


أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ

ނުވަތަ އެއުރެން، اللَّه ފިޔަވައި އެހެން شفاعة ތެރިންތަކެއް ހޯދީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ شفاعة ތެރިންނަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވާ، އަދި ބުއްދިއެއް ނުވާނަމަވެސް ހެއްޔެވެ؟
Surah Az-Zumar, Verse 43


قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ

ކަލޭގެފާނު ވިދާޅުވާށެވެ! شفاعة ތެރިކަންވަނީ، މުޅިންވެސް اللَّه އަށެވެ. އުޑުތަކާއި ބިމުގެވެރިކަން ވަނީވެސް އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
Surah Az-Zumar, Verse 44


وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

ހަމައެކަނި اللَّه ގެ اسم ފުޅު ނަންގަނެވޭހިނދު، آخرة އަށް إيمان ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، نفرت ކަން ލިބިގެންދެތެވެ. އަދި އެކަލާނގެ ފިޔަވައި އެހެންތަކެތީގެ ނަން (އެބަހީ: ބުދުތަކުގެނަން) ގަނެވިއްޖެނަމަ، އެހާރުން އެއުރެން އުފާވެގެންދެތެވެ
Surah Az-Zumar, Verse 45


قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި، ބިންތައް ހެއްދެވި ރަސްކަލާކޮ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި، އެއުރެން خلاف ވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަރަސްކަލާނގެއެވެ
Surah Az-Zumar, Verse 46


وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ

އަނިޔާވެރިވި މީހުންނަށް، ބިމުގައިވާހާ ތަކެއްޗާއި، އެޔާއެކު އެޔާއެއްފަދަ ތަކެތި ލިބުނުކަމުގައިވީނަމަ، قيامة ދުވަހުގެ ގަދަފަދަ عذاب ން މުއްތިވުމަށްޓަކައި، އެއިން فدية ދިނީހެވެ. އަދި އެއުރެން ހީވެސްނުކުރާ ކަންތައް އެދުވަހުން اللَّه ގެ حضرة ން އެއުރެންނަށް ފާޅުވާނެތެވެ
Surah Az-Zumar, Verse 47


وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ އެއުރެންނަށް ފާޅުވާހުށްޓެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އެއުރެން ވަށައިލާހުށްޓެވެ
Surah Az-Zumar, Verse 48


فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

ފަހެ، އިންސާނާއަށް އުނދަގުލެއް ޖެހޭހިނދު، ތިމަންރަސްކަލާނގެއަށް އޭނާ دعاء ކުރެތެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އޭނާޔަށް نعمة އެއް ދެއްވައިފިނަމަ، އޭނާ ބުނެތެވެ. ތިމަންނައަށް އެ نعمة ލިބިފައިވާކަން ކަށަވަރީ، ތިމަންގެ علم ވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއްތަ! އެއީ امتحان އެކެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
Surah Az-Zumar, Verse 49


قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ

އެއުރެންގެކުރިން އުޅުނުމީހުންވެސް، ހަމައެފަދައިން ބުނެފައިވެއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު މަންފާތައް، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ
Surah Az-Zumar, Verse 50


فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَـٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ

ފަހެ، އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ، އެއުރެންގެ މައްޗަށް އައިސްޖެހުނެވެ. އަދި މިބައިމީހުންކުރެ (އެބަހީ: مكة ގެ مشرك ންކުރެ) އަނިޔާވެރިވިމީހުންހޯދި ނުބައި عمل ތަކުގެ ޖަޒާ ނިކަންހުރެ، އެއުރެންގެ މައްޗަށް އައިސްޖެހޭނެއެވެ. އަދި (اللَّه) ނުކުޅައްދައި ރެކިގެން ދެވޭނޭބަޔަކު ކަމުގައި އެއުރެން ނުވެތެވެ
Surah Az-Zumar, Verse 51


أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

އަދި ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ
Surah Az-Zumar, Verse 52


۞قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ

ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ
Surah Az-Zumar, Verse 53


وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް توبة ވެ، އެކަލާނގެއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއް ނުލިބޭނެތެވެ
Surah Az-Zumar, Verse 54


وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ބާވައިލެއްވި އެންމެމޮޅު وحى އަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން تبع ވާށެވެ! ތިޔަބައިމީހުންނަށް ނުވެސްއެނގި ތިއްބައި، ކުއްލިޔަކަށް ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ
Surah Az-Zumar, Verse 55


أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ

اللَّه ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (دين އަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ
Surah Az-Zumar, Verse 56


أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ

ނުވަތަ اللَّه މިއަޅާޔަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، تقوى ވެރިންގެ ތެރެއިންކަން ކަށަވަރޭ އެމީހަކު ބުނަންޖެހިދާނެތީއެވެ
Surah Az-Zumar, Verse 57


أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ

ނުވަތަ އެމީހަކަށް عذاب ފެނިގެން އަންނަހިނދު، މިއަޅާޔަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوع ވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ، އޭރުން ތިމަންއަޅާ ވާހުށީ، إحسان ތެރިންގެ ތެރެއިންނެވެ
Surah Az-Zumar, Verse 58


بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ

އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ކަލޭގެ ގާތަށްއައެވެ. ފަހެ، ކަލޭ އެ آية ތައް ދޮގުކުރީމުއެވެ. އަދި ބޮޑާވެގަތީމުއެވެ. އަދި ކަލޭވީ، كافر ންގެ ތެރެއިންނެވެ
Surah Az-Zumar, Verse 59


وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ

اللَّه އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، قيامة ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
Surah Az-Zumar, Verse 60


وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ

އަދި اللَّه، تقوى ވެރިވިމީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުށްޓެވެ. އެއުރެންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުވެއެވެ
Surah Az-Zumar, Verse 61


ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ

اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ
Surah Az-Zumar, Verse 62


لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި اللَّه ގެ آية ތަކަށް كافر ވިމީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނީ، ހަމައެއުރެންނެވެ
Surah Az-Zumar, Verse 63


قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ جاهل ތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔައަމުރުކުރަނީ، اللَّه ނޫންފަރާތަކަށް އަޅުކަންކުރުމަށް ހެއްޔެވެ؟
Surah Az-Zumar, Verse 64


وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ

ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسول ންނަށް وحى ކުރައްވާފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ
Surah Az-Zumar, Verse 65


بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِينَ

އަދި ކިއެއްތަ! ހަމައެކަނި اللَّه އަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ
Surah Az-Zumar, Verse 66


وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّـٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

اللَّه އަށް قدر ކުރުން حق ވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އަދި قيامة ދުވަހުން، މުޅިބިންވާހުށީ، އެކަލާނގެ قدرة ތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ قدرة ތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން شريك ކުރާ ތަކެތިން، އެކަލާނގެ ހުސްطاهر ވެ، މަތިވެރިވެވޮޑިގެންވެއެވެ
Surah Az-Zumar, Verse 67


وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ

ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ
Surah Az-Zumar, Verse 68


وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ

އަދި ބިން، އެ ބިމުގެ ވެރިރަސްކަލާނގެ نور ފުޅުން އަލިވެގެންދާނެތެވެ. އަދި عمل ތަކުގެ ފަތް (ހުޅުވާލައްވާފައި) ބާއްވަވާނެތެވެ. އަދި ނަބިއްޔުންނާއި، ހެކިވެރިން حاضر ކުރައްވާނެތެވެ. އަދި އެއުރެންގެ މެދުގައި حق އަށް ނިޔާކުރައްވާނެތެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
Surah Az-Zumar, Verse 69


وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ

އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކޮށްފައިވާ عمل އެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭނެތެވެ. އެކަލާނގެއީ، އެއުރެން ކުރާކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Surah Az-Zumar, Verse 70


وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ

އަދި كافر ވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذار ކުރައްވާނޭ رسول ން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذاب ގެ ބަސްފުޅު كافر ންގެ މައްޗަށް حق ވެއްޖެއެވެ
Surah Az-Zumar, Verse 71


قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ

އަންގަވާހުށްޓެވެ. އެތާނގައި ދެމިތިބެނިވިގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كِبر ވެރިވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ
Surah Az-Zumar, Verse 72


وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ

އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ
Surah Az-Zumar, Verse 73


وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ

އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عمل ކުރާމީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ
Surah Az-Zumar, Verse 74


وَتَرَى ٱلۡمَلَـٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

އަދި ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ދަންނަވާ حال، عرش ގެ ވަށައިގެން ތިއްބަވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއުރެންގެ މެދުގައި (އެބަހީ: އެންމެހާ އަޅުތަކުންގެ މެދުގައި) حق އަށް ނިޔާކުރައްވާނެތެވެ. އަދި އަންގަވާނެތެވެ. حمد ހުރީ عالم ތަކުގެވެރި اللَّه އަށެވެ
Surah Az-Zumar, Verse 75


Author: Office Of The President Of Maldives


<< Surah 38
>> Surah 40

Divehi Translations by other Authors


Divehi Translation By Office Of The President Of Maldives
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai