Surah Al-Maeda Verse 72 - Divehi Translation by Office Of The President Of Maldives
Surah Al-Maedaلَقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۖ وَقَالَ ٱلۡمَسِيحُ يَٰبَنِيٓ إِسۡرَـٰٓءِيلَ ٱعۡبُدُواْ ٱللَّهَ رَبِّي وَرَبَّكُمۡۖ إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِينَ مِنۡ أَنصَارٖ
ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އަދި المسيح ވިދާޅުވިއެވެ. އޭ إسـرآءيـل ގެދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ