Surah Al-Waqia Verse 61 - Divehi Translation by Office Of The President Of Maldives
Surah Al-Waqiaعَلَىٰٓ أَن نُّبَدِّلَ أَمۡثَٰلَكُمۡ وَنُنشِئَكُمۡ فِي مَا لَا تَعۡلَمُونَ
ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ