Surah Al-Anaam Verse 91 - Divehi Translation by Office Of The President Of Maldives
Surah Al-Anaamوَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٖ مِّن شَيۡءٖۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِي جَآءَ بِهِۦ مُوسَىٰ نُورٗا وَهُدٗى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرٗاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِي خَوۡضِهِمۡ يَلۡعَبُونَ
اللّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި އެއުރެން (އެބަހީ: يهودى ން) އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އެހެނީ، އެއުރެންބުނީ، آدم ގެދަރިޔަކަށް اللَّه އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، هداية އެއް ކަމުގައި، موسى ގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށްވެސް އެނގިފައިނުވާ ތަކެތި (قرآن ން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (އެތަކެތި ބާވައިލެއްވީ) اللّه އެވެ. ދެން އެއުރެންގެ باطل ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެއުރެން ދޫކޮށްލައްވާށެވެ