Surah Al-Mumtahana Verse 11 - Divehi Translation by Office Of The President Of Maldives
Surah Al-Mumtahanaوَإِن فَاتَكُمۡ شَيۡءٞ مِّنۡ أَزۡوَٰجِكُمۡ إِلَى ٱلۡكُفَّارِ فَعَاقَبۡتُمۡ فَـَٔاتُواْ ٱلَّذِينَ ذَهَبَتۡ أَزۡوَٰجُهُم مِّثۡلَ مَآ أَنفَقُواْۚ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ أَنتُم بِهِۦ مُؤۡمِنُونَ
އަދި ތިޔަބައިމީހުންގެ އަނބިންކުރެ މީހަކު، ތިޔަބައިމީހުން ދޫކޮށް كافر ންގެ ގާތަށް ހިނގައްޖެނަމަ، ދެން ތިޔަބައިމީހުން ހަނގުރާމަކޮށް (غنيمة ގެ މުދާ ލިބުމުން) ފަހެ، އެއުރެންގެ ކިބައިން، އެއުރެންގެ އަނބިން ގޮސްފައިވާ މީހުންނަށް، އެއުރެން ރަނުގެ ގޮތުގައި ހޭދަކުރިފަދަ އެއްޗެއް ތިޔަބައިމީހުން (އެ غنيمة އިން) ދޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް إيمان ވެގެންވާ (ކަލާނގެ ކަމުގައިވާ) اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ