Surah As-Saff Verse 14 - Divehi Translation by Office Of The President Of Maldives
Surah As-Saffيَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ فَـَٔامَنَت طَّآئِفَةٞ مِّنۢ بَنِيٓ إِسۡرَـٰٓءِيلَ وَكَفَرَت طَّآئِفَةٞۖ فَأَيَّدۡنَا ٱلَّذِينَ ءَامَنُواْ عَلَىٰ عَدُوِّهِمۡ فَأَصۡبَحُواْ ظَٰهِرِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް نصر ދޭ ބަޔަކު ކަމުގައިވާށެވެ! مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު، حوارى ންނަށް ވިދާޅުވި ފަދައިންނެވެ. اللَّه އަށްޓަކައި ތިމަންކަލޭގެފާނަށް نصر ދޭނީ ކޮންބަޔެއްހެއްޔެވެ؟ حوارى ން ދެންނެވޫއެވެ. ތިމަންމެންނީ، اللَّه އަށް نصر ދޭ މީހުންނެވެ. ދެން إسـرآءيـل ގެދަރިންކުރެ جماعة އެއް إيمان ވޫއެވެ. އަދި އަނެއް جماعة އެއް كافر ވޫއެވެ. ފަހެ، إيمان ވި މީހުންނަށް އެއުރެންގެ عدوّ ންގެ މައްޗަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވީމެވެ. ފަހެ، އެއުރެންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ