Surah Al-Haaqqa - Divehi Translation by Office Of The President Of Maldives
ٱلۡحَآقَّةُ
ކަށަވަރުވެގެންވާ قيامة ދުވަހެވެ
Surah Al-Haaqqa, Verse 1
مَا ٱلۡحَآقَّةُ
ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
Surah Al-Haaqqa, Verse 2
وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ
ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah Al-Haaqqa, Verse 3
كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ
ثمود ބާގައިމީހުންނާއި، عاد ބާގައިމީހުން قيامة ދުވަސް ދޮގުކުރޫއެވެ
Surah Al-Haaqqa, Verse 4
فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ
ފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ
Surah Al-Haaqqa, Verse 5
وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ
އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ
Surah Al-Haaqqa, Verse 6
سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ
އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ
Surah Al-Haaqqa, Verse 7
فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ
ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެެވެ؟
Surah Al-Haaqqa, Verse 8
وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ
އަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ
Surah Al-Haaqqa, Verse 9
فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً
ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ
Surah Al-Haaqqa, Verse 10
إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ
ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ
Surah Al-Haaqqa, Verse 11
لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ
އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ
Surah Al-Haaqqa, Verse 12
فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ
ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ
Surah Al-Haaqqa, Verse 13
وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ
އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ
Surah Al-Haaqqa, Verse 14
فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ
ފަހެ، އެދުވަހުން قيامة ވާ ހުށްޓެވެ
Surah Al-Haaqqa, Verse 15
وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ
އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ
Surah Al-Haaqqa, Verse 16
وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ
އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ
Surah Al-Haaqqa, Verse 17
يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ
އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ
Surah Al-Haaqqa, Verse 18
فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ
Surah Al-Haaqqa, Verse 19
إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ
ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ
Surah Al-Haaqqa, Verse 20
فَهُوَ فِي عِيشَةٖ رَّاضِيَةٖ
ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ
Surah Al-Haaqqa, Verse 21
فِي جَنَّةٍ عَالِيَةٖ
މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ
Surah Al-Haaqqa, Verse 22
قُطُوفُهَا دَانِيَةٞ
އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ
Surah Al-Haaqqa, Verse 23
كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ
(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ
Surah Al-Haaqqa, Verse 24
وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟
Surah Al-Haaqqa, Verse 25
وَلَمۡ أَدۡرِ مَا حِسَابِيَهۡ
އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ
Surah Al-Haaqqa, Verse 26
يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ
އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ
Surah Al-Haaqqa, Verse 27
مَآ أَغۡنَىٰ عَنِّي مَالِيَهۡۜ
ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ
Surah Al-Haaqqa, Verse 28
هَلَكَ عَنِّي سُلۡطَٰنِيَهۡ
ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ
Surah Al-Haaqqa, Verse 29
خُذُوهُ فَغُلُّوهُ
(زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ
Surah Al-Haaqqa, Verse 30
ثُمَّ ٱلۡجَحِيمَ صَلُّوهُ
ދެން އޭނާ ނަރަކަޔަށް ވައްދާށެވެ
Surah Al-Haaqqa, Verse 31
ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ
ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ
Surah Al-Haaqqa, Verse 32
إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ
ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ
Surah Al-Haaqqa, Verse 33
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ
އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ
Surah Al-Haaqqa, Verse 34
فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ
ފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ
Surah Al-Haaqqa, Verse 35
وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ
އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ
Surah Al-Haaqqa, Verse 36
لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ
ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ
Surah Al-Haaqqa, Verse 37
فَلَآ أُقۡسِمُ بِمَا تُبۡصِرُونَ
ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ
Surah Al-Haaqqa, Verse 38
وَمَا لَا تُبۡصِرُونَ
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ
Surah Al-Haaqqa, Verse 39
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު اللَّه ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ
Surah Al-Haaqqa, Verse 40
وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ
އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ
Surah Al-Haaqqa, Verse 41
وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ
އަދި އެއީ كاهن އެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ
Surah Al-Haaqqa, Verse 42
تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ
(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ
Surah Al-Haaqqa, Verse 43
وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ
(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ
Surah Al-Haaqqa, Verse 44
لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ
Surah Al-Haaqqa, Verse 45
ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ
ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ
Surah Al-Haaqqa, Verse 46
فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ
ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذاب ން ދުރެއްނުކުރެވޭނެތެވެ
Surah Al-Haaqqa, Verse 47
وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ
ހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ
Surah Al-Haaqqa, Verse 48
وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ
Surah Al-Haaqqa, Verse 49
وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ
އަދި ހަމަކަށަވަރުން، އެ قرآن އަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ
Surah Al-Haaqqa, Verse 50
وَإِنَّهُۥ لَحَقُّ ٱلۡيَقِينِ
އަދި ހަމަކަށަވަރުން، އެ قرآن އަކީ، يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ
Surah Al-Haaqqa, Verse 51
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ
ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ
Surah Al-Haaqqa, Verse 52