UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Al-Araf - Divehi Translation by Office Of The President Of Maldives


الٓمٓصٓ

ا ل م ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ)
Surah Al-Araf, Verse 1


كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ

(މި قرآن އަކީ) ކަލޭގެފާނަށް ބާވައިލެއްވި ފޮތެކެވެ. ފަހެ، އެ ފޮތުން إنذار ކުރެއްވުމަށް، ކަލޭގެފާނުގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް އޮތަނުދެއްވާށެވެ! އަދި އެއީ، مؤمن ންނަށް ހުރި ހަނދާންކޮށްދިނުމެކެވެ
Surah Al-Araf, Verse 2


ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް تبع ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ
Surah Al-Araf, Verse 3


وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ

ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذاب އައެވެ
Surah Al-Araf, Verse 4


فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ

ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންގެ ގާތަށް އައިހިނދު، ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައި ވެއްޖައީމުއޭ ބުނުން ނޫން އެހެން ބުނުމެއް، އެއުރެންގެ ނެތެވެ
Surah Al-Araf, Verse 5


فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ

ހަމަށަވަރުން، އެއުރެންގެ ގާތަށް رسول ން ފޮނުއްވި މީހުންނާ ތިމަންރަސްކަލާނގެ سؤال ކުރައްވާ ހުށީމެވެ. އަދި رسول ންނާވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سؤال ކުރައްވާ ހުށީމެވެ
Surah Al-Araf, Verse 6


فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ

އަދި (އެއުރެންކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ حال ގައި، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (މި ކަމުގައި) ތިމަންރަސްކަލާނގެ ދުރުވެވޮޑިގެނެއް ނުވަމެވެ
Surah Al-Araf, Verse 7


وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

އެދުވަހުން (މީސްތަކުންގެ عمل ތައް) ކިރައި ވަޒަން ކުރައްވާހުށީ حق ގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ عمل ތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ
Surah Al-Araf, Verse 8


وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ

އަދި އެމީހެއްގެ ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަކީ، ތިމަންރަސްކަލާނގެ آية ތަކަށް إنكار ކޮށް އުޅުމުގެ ސަބަބުން އެއުރެންގެ އަމިއްލަ نفس ތަކަށް ގެއްލުންދިން މީހުންނެވެ
Surah Al-Araf, Verse 9


وَلَقَدۡ مَكَّنَّـٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. (އެހެނެއްކަމަކު) ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ
Surah Al-Araf, Verse 10


وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّـٰجِدِينَ

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ أصل ކަމުގައިވާ آدم ގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: آدم ގެފާނު) صورة ކުރެއްވީމެވެ. ދެން ملائكة ންނަށް وحى ކުރެއްވީމެވެ. آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށެވެ! ދެން إبليس ފިޔަވައި، އެއުރެން سجدة ކުރިއެވެ. سجدة ކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ
Surah Al-Araf, Verse 11


قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ

އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمر ކުރެއްވިހިނދު سجدة ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ
Surah Al-Araf, Verse 12


قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّـٰغِرِينَ

އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ
Surah Al-Araf, Verse 13


قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ

އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ
Surah Al-Araf, Verse 14


قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ

އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ
Surah Al-Araf, Verse 15


قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ

އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ
Surah Al-Araf, Verse 16


ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ

ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ
Surah Al-Araf, Verse 17


قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ

އެކަލާނގެ وحى ކުރެއްވިއެވެ. މަލާމާތް ލިބި، رحمة ން ދުރުކުރައްވާފައިވާ حال، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް تبع ވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ
Surah Al-Araf, Verse 18


وَيَـٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ

އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ
Surah Al-Araf, Verse 19


فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ

ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ
Surah Al-Araf, Verse 20


وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّـٰصِحِينَ

އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ
Surah Al-Araf, Verse 21


فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ

މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟
Surah Al-Araf, Verse 22


قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ
Surah Al-Araf, Verse 23


قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ

އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ
Surah Al-Araf, Verse 24


قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ

އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ، އެތާނގައެވެ. އަދި މަރުވާހުށީވެސް އެތާނގައެވެ. އަދި (قيامة ދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ
Surah Al-Araf, Verse 25


يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ

އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ
Surah Al-Araf, Verse 26


يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ

އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدم ގެފާނާއި حوّاء ގެފާނާއި) ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ شيطان ން ނުފެންނަހިނދުގައި، އެ شيطان އާއާއި، އޭނާގެ لشكر އަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، إيمان ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ شيطان ން ލެއްވީމެވެ
Surah Al-Araf, Verse 27


وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

އެއުރެން فاحش ކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمر ކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
Surah Al-Araf, Verse 28


قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ކުރެއްވީ عدل ވެރިވުމަށެވެ. އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (قبلة އަށް) ސީދާ ކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކޮށް دعاء ކުރާށެވެ! އެކަލާނގެ ތިޔަބައިމީހުން ފުރަތަމަ އުފެއްދެވި ފަދައިން، ތިޔަބައިމީހުން އަލުން އެނބުރި އަންނަހުށްޓެވެ
Surah Al-Araf, Verse 29


فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ

އެއްބަޔަކަށް، އެކަލާނގެ ތެދުމަގު ދެއްކެވިއެވެ. އަދި އަނެއް ބަޔެއްގެ މައްޗަށް ވަނީ މަގުފުރެދުން حق ވެފައެވެ. ހަމަކަށަވަރުން، އެއުރެން اللَّه ފިޔަވައި شيطان ންނަކީ، އެހީތެރިން ކަމުގައި ބެލިއެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެއުރެން ހީކުރެތެވެ
Surah Al-Araf, Verse 30


۞يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ

އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ
Surah Al-Araf, Verse 31


قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّه ގެ ޒީނަތާއި، رزق ގެ ތެރެއިން ރަނގަޅު ތަކެތި حرام ކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތި ވަނީ إيمان ވީ، މީހުންނަށް ދުންޔަވީ حياة ގައި ދެއްވާފައެވެ. قيامة ދުވަހުން އެތަކެތި (مؤمن ންނަށް) خالص ވެގެންވާ حال ގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ
Surah Al-Araf, Verse 32


قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرام ކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حق އަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް شريك ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ
Surah Al-Araf, Verse 33


وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ

ކޮންމެ أمّة އަކަށްމެ أجل އެއް ވެއެވެ. ފަހެ، އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ
Surah Al-Araf, Verse 34


يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

އޭ آدم ގެދަރިންނޭވެ! ތިމަންރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާ رسول ންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، تقوى ވެރިވެ، އަދި (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
Surah Al-Araf, Verse 35


وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ
Surah Al-Araf, Verse 36


فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَـٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ

اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ كافر ން ކަމުގައި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ
Surah Al-Araf, Verse 37


قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ

އެކަލާނގެ وحى ކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ! އޭގެތެރެއިން ބަޔަކު (ނަރަކަޔަށް) ވަންނަ ކޮންމެފަހަރަކު، އެބަޔަކު އެފަދަ އަނެއްބަޔަކަށް لعنة ދެއެވެ. އެ އެންމެން ނަރަކައަށް جمع ވެ ނިމުމުން އެއުރެންކުރެ ފަހުގެ މީހުން ކުރީގެ މީހުންނާމެދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން މަގުފުރެއްދީ މިތިބަ މީހުންނެވެ. ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ދެގުނައަށް ދެއްވާނދޭވެ! އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔައިން ކޮންމެ ބަޔަކަށްވެސް ދެގުނަޔަށް (عذاب) ހުށްޓެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނޭނގެއެވެ
Surah Al-Araf, Verse 38


وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ

އަދި އެއުރެންކުރެ ކުރީގެ މީހުން ފަހުގެ މީހުންނަށް ބުނާނެތެވެ. ފަހެ، ތިމަންމެންގެ މައްޗަށް ތިޔަބައިމީހުންނަކަށް އިތުރު ކަމެއް ނެތެވެ. ފަހެ، ތިޔަބައިމީހުން ހޯދައި އުޅުނު (ނުބައި) عمل ތަކުގެ ސަބަބުން ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ
Surah Al-Araf, Verse 39


إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
Surah Al-Araf, Verse 40


لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ

އެއުރެންނަށް ނަރަކައިގެ ދާނެއްވެއެވެ. އަދި އެއުރެންގެ ގައިމަތީ (އަލިފާނުގެ) ސާލުތަކެއްވެއެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
Surah Al-Araf, Verse 41


وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ

އަދި إيمان ވެ، صالح عمل ކުޅަމީހުން (ދަންނާށެވެ!) ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް މެނުވީ تكليف އެއް ނުޖައްސަވަމެވެ. އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބެނިވި ބަޔެކެވެ
Surah Al-Araf, Verse 42


وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ

އަދި އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. حمد ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި اللَّه އަށެވެ. އަދި اللَّه، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ން، حق دين އާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބަައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ
Surah Al-Araf, Verse 43


وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ

ސުވަރުގޭގެ أهل ވެރިން، ނަރަކައިގެ أهل ވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް وعد ކުރެއްވި ކަންތައް، حق ގޮތުގައި ހަމަކަށަވަރުންވެސް ތިމަންމެންނަށް ފެނިއްޖެއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وعد ކުރެއްވި ކަންތައް، حق ގޮތުގައި ތިޔަބައިމީހުންނަށް ފެނިއްޖެހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އާނއެކެވެ! ފަހެ، (އެހިނދު) ގޮވައިލައްވާ ބޭކަލަކު އެއުރެންގެ މެދުގައި ގޮވައިލައްވާނެތެވެ. އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ
Surah Al-Araf, Verse 44


ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ

އެއުރެންނީ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދު މަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ، آخرة ދުވަހަށް كافر ވެގެންވާ މީހުންނެވެ
Surah Al-Araf, Verse 45


وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ

އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ. أعراف މަތީގައި (އެބަހީ: ސުވަރުގޭގެ ފާރުމަތީގައި) މީހުންތަކެއް ވެއެވެ. އެއުރެންނަށް އެ ދެބައިމީހުންގެ علامة ތަކުން، އެ ދެބައިމީހުން އެނގެއެވެ. އަދި އެއުރެން ސުވަރުގޭގެ أهل ވެރިންނަށް ގޮވައިލާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. އެއުރެން ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެކަމުގެ ދަހިވެތިކަމުގައެވެ
Surah Al-Araf, Verse 46


۞وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

އަދި އެއުރެންގެ ލޯތައް ނަރަކައިގެ أهل ވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ
Surah Al-Araf, Verse 47


وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ

އަދި أعراف ގެ أهل ވެރިން، އެބަޔެއްގެ علامات ން އެއުރެން ދަންނަ މީހުންތަކަކަށް ގޮވައި ބުނާނެތެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން كبر ވެރިވެ އުޅުނުކަން (ނަރަކައިގެ عذاب ން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ
Surah Al-Araf, Verse 48


أَهَـٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ

އެއުރެންނަށް اللَّه رحمة އެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކުޅަ މީހުންނަކީ މިތިބީހެއްޔެވެ؟ (އެއުރެންނަށް އަންގަވާނެތެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ
Surah Al-Araf, Verse 49


وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ

ނަރަކައިގެ أهل ވެރިން، ސުވަރުގޭގެ أهل ވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ اللَّه، ތިޔަބައިމީހުންނަށް رزق ކުރެއްވި އެއްޗަކުން އެހީވާށެވެ! އެއުރެން ބުނާނެތެވެ. އެތަކެތި ވަނީ، كافر ވި މީހުންނަށް اللًَّه، حرام ކުރައްވާފައެވެ
Surah Al-Araf, Verse 50


ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

އެއުރެންނީ، އެއުރެންގެ دين، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައި، ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުންނެވެ. ފަހެ، އެއުރެން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅު ހަދައި އުޅުނުކަމަށްޓަކައި އަދު ތިމަންރަސްކަލާނގެ އެއުރެންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ
Surah Al-Araf, Verse 51


وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ދެނެވޮޑިގަތުމާއެކު، ތިމަންރަސްކަލާނގެ އެ ފޮތް تفصيل ކޮށް ބަޔާންކޮށްދެއްވީމެވެ. އެއީ إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ
Surah Al-Araf, Verse 52


هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

އެންމެފަހުގެ ނަތީޖާއަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ އެންމެފަހުގެ ނަތީޖާ (ފެނިގެން) އަންނަ ދުވަހު (އެބަހީ: قيامة ދުވަހު) ކުރިން އެކަންތައް ހަނދާން ނައްތާލި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ން، حق دين އާއިގެން ވަޑައިގަތެވެ. ފަހެ، ތިމަންމެންނަށް شفاعة ތެރިންތަކެއް ވޭބާވައެވެ؟ ނުވަތަ (ދުނިޔޭގައި) ތިމަންމެން عمل ކޮށް އުޅުނުގޮތް ނޫންގޮތަކަށް عمل ކުރުމަށްޓަކައި، ތިމަންމެން އެނބުރި (ދުނިޔެއަށް) ފޮނުއްވާނެ ބާވައެވެ؟ ހަމަކަށަވަރުން، އެއުރެން، އެއުރެންގެ نفس ތައް ނަގާލައިފިއެވެ. އަދި އެއުރެން ދޮގުން އުފައްދައި އުޅުނު إله ންތައް، އެއުރެންނަށް ގެއްލިހިނގައްޖެއެވެ
Surah Al-Araf, Verse 53


إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمر ފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ
Surah Al-Araf, Verse 54


ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ

މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ
Surah Al-Araf, Verse 55


وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ

ބިން إصلاح ކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިވެ، އެދުންވެ ތިބޭ حال، އެކަލާނގެއަށް ތިޔަބައިމީހުން دعاء ކުރާށެވެ! ހަމަކަށަވަރުން، اللَّه ގެ رحمة ފުޅުވަނީ، إحسان ތެރިންނާ ގާތުގައެވެ
Surah Al-Araf, Verse 56


وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ

އަދި އެކަލާނގެ رحمة ގެ ކުރިޔަށް، (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبر އެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެކަލާނގެއެވެ. އަދި އެ ރޯޅިތައް، ފެނުން ބަރުވެފައިވާ ވިލާގަނޑެއް އުފުލައިގަތުމުން، މަރުވެފައިވާ ރަށަކަށް ތިމަންރަސްކަލާނގެ އެ ވިލާގަނޑު ފޮނުއްވަމެވެ. ދެން އެއިން ފެންވެއްސަވައި، ހުރިހާ ބާވަތެއްގެ މޭވާއިން ގަސް ފަޅުއްވަމެވެ. މަރުވެފައިވާ މީހުން (އަލުން ދިރުއްވައި) ނެރުއްވާހުށީ، ހަމައެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ
Surah Al-Araf, Verse 57


وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ

(ބިމާއި ފެން) ރަނގަޅު ރަށްރަށުން، އެރަށްތަކުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އެރަށުގެ ގަސްގަހާގެހި ފަޅައެވެ. (ބިން) ނުބައި ރަށްރަށުން ފައިދާއެއްނެތް މަދު ގަސްކޮޅެއް މެނުވީ ނުފަޅައެވެ. شكر ކުރާ ބަޔަކަށް ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ
Surah Al-Araf, Verse 58


لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ
Surah Al-Araf, Verse 59


قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ

އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ
Surah Al-Araf, Verse 60


قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ
Surah Al-Araf, Verse 61


أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ

އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ
Surah Al-Araf, Verse 62


أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ

ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށާއި، ތިޔަބައިމީހުން تقوى ވެރިވުމަށާއި، ތިޔަބައިމީހުންނަށް رحمة ލައްވާތޯ، ތިޔަބައިމީހުންގެ ތެެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟
Surah Al-Araf, Verse 63


فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ

ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްްކަލާނގެ آية ތައް ދޮގުކުރި މީހުން غرق ކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (حق ގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ
Surah Al-Araf, Verse 64


۞وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ

އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟
Surah Al-Araf, Verse 65


قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ

އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ
Surah Al-Araf, Verse 66


قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ
Surah Al-Araf, Verse 67


أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ

އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانة ތެރި نصيحة ތެރިޔަކީމެވެ
Surah Al-Araf, Verse 68


أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ

ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟ އަދި نوح ގެފާނުގެ قوم އަށްފަހުގައި، خليفة އިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ
Surah Al-Araf, Verse 69


قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّه އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ
Surah Al-Araf, Verse 70


قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން عذاب އަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟ އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއް ނުލައްވަތެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ
Surah Al-Araf, Verse 71


فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ

ދެން (ތިމަންރަސްކަލާނގެ ކޯފާއާއި، عذاب އައިހިނދު) ތިމަންރަސްކަލާނގެ رحمة ފުޅުން، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ ބަޔަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންގެ އެންމެފަހު މީހާއަށް ދާނދެން، ހަލާކު ކުރައްވައި، ނެތިކުރެއްވީމެވެ. އަދި އެއުރެން إيمان ވި ބަޔަކު ކަމުގައި ނުވެތެވެ
Surah Al-Araf, Verse 72


وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ

އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ
Surah Al-Araf, Verse 73


وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ

އަދި عاد ބާގައިމީހުންގެ ފަހުން، خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ
Surah Al-Araf, Verse 74


قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ

އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން، އޭގެތެރެއިން إيمان ވެ، ނިކަމެތިކޮށްހިތުނު މީހުންނަށް ބުނޫއެވެ. صالح ގެފާނަކީ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسول އަކުކަން ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް، ތިމަންމެން މިތިބީ إيمان ވެގެންނެވެ
Surah Al-Araf, Verse 75


قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ

كبر ވެރިވިމީހުން ބުނޫއެވެ. ތިޔަބައިމީހުން، إيمان ވި ކަންތަކަށް ހަމަކަށަވަރުން، އަހުރެމެން މިތިބީ كافر ވެގެންނެވެ
Surah Al-Araf, Verse 76


فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ

ފަހެ، އެއުރެން އެ ޖަމަލު މަރައިލޫއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވޫއެވެ. އަދި އެއުރެން ބުނޫއެވެ. އޭ صالح ގެފާނެވެ! ކަލޭގެފާނުވަނީ، رسول ންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް (އެބަހީ: عذاب) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ
Surah Al-Araf, Verse 77


فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ
Surah Al-Araf, Verse 78


فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ

ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެވަޑައިގަތެެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން نصيحة ތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ
Surah Al-Araf, Verse 79


وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ

އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟
Surah Al-Araf, Verse 80


إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ

ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ
Surah Al-Araf, Verse 81


وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ

އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوط ގެފާނާއި، އެކަލޭގެފާނަށް إيمان ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهر ވެގަންނަ ބަޔެކެވެ
Surah Al-Araf, Verse 82


فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ

ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ
Surah Al-Araf, Verse 83


وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ

އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
Surah Al-Araf, Verse 84


وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ

އަދި مدين ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
Surah Al-Araf, Verse 85


وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ

އަދި ބިރުދައްކައި، ފޭރުމަށާއި، اللَّه އަށް إيمان ވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فساد ކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ
Surah Al-Araf, Verse 86


وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ

އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު، ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވިކަމަކަށް إيمان ވެފައި، އަނެއްބަޔަކު إيمان ނުވިނަމަ، ތިމަންމެންގެ މެދުގައި اللَّه حكم ކުރައްވައިފުމަށް ދާނދެން، ތިޔަބައިމީހުން ކެތްކުރާށެވެ! އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ
Surah Al-Araf, Verse 87


۞قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ

އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން ބުނޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ دين އަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ حال ގައި ވީނަމަވެސް ހެއްޔެވެ؟
Surah Al-Araf, Verse 88


قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ

ތިޔަބައިމީހުންގެ دين އަށް، ތިމަންމެން އެނބުރި ހިނގައްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، اللَّه، ތިމަންމެން އެ دين ން މިންޖުކުރެއްވުމަށް ފަހުގައި، اللَّه އާމެދު، ދޮގެއްހެދި ބަޔަކު ކަމުގައެވެ. އަދި ތިމަންމެންގެ ވެރި اللَّه އިރާދަކުރައްވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް އެ دين އަށް އެނބުރިއެއް ނުދެވޭނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން، ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ތިމަންމެން ވަކީލުކުރަނީ، اللَّه އަށެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނާއި، އަޅަމެންގެ قوم ގެމީހުންނާ ދެމެދު، حق ގޮތުގައި حكم ކުރައްވާނދޭވެ! އިބަރަސްކަލާނގެއީ، حكم ކުރައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ
Surah Al-Araf, Verse 89


وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ

އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން، كافر ވެގަތް ބޮޑުން ބުނޫއެވެ. شعيب ގެފާނަށް ތިޔަބައިމީހުން تبع ވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ
Surah Al-Araf, Verse 90


فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

ދެންފަހެ، ބިރުވެރި ބިންހެލުމެއް، އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ
Surah Al-Araf, Verse 91


ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ

شعيب ގެފާނު ދޮގުކުޅަ މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. شعيب ގެފާނު ދޮގުކުޅަ މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ
Surah Al-Araf, Verse 92


فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ

ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. ފަހެ، كافر ވި ބަޔަކުގެ މައްޗަށް އަހުރެން ހިތާމަކުރާނީ ކޮންފަދައަކުން ހެއްޔެވެ؟
Surah Al-Araf, Verse 93


وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ

އެރަށެއްގެ أهل ވެރިންނަށް ދަތިކަމާއި، ބަލިމަޑުކަން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެމީހުން މަޑުމޮޅިވުމަށެވެ
Surah Al-Araf, Verse 94


ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ

ދެން، ނުބައި حالة، ރަނގަޅު حالة އަށް ތިމަންރަސްކަލާނގެ ބަދަލުކުރެއްވީމެވެ. (އެއީ) އެއުރެން ގިނަވެ، ތަނަވަސްވެއްޖައުމަށް ދާނދެނެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިންނަށް ތަދުމަޑުކަމާއި، ތިޔާގިކަން ލިބުނެވެ. ދެން، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިއަކަށް، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ
Surah Al-Araf, Verse 95


وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ

ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ
Surah Al-Araf, Verse 96


أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ

ފަހެ، ރަށްތަކުގެ أهل ވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެކަމާމެދު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟
Surah Al-Araf, Verse 97


أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ

ނުވަތަ ރަށްތަކުގެ أهل ވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ضحى ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟
Surah Al-Araf, Verse 98


أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ

ފަހެ، اللَّه ގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟ ފަހެ، ގެއްލެނިވެގެންވާ މީހުން މެނުވީ، اللَّه ގެ ރޭއްވެވުމާމެދު (ބިރެއްނެތި) أمان ވެގެންނެއް ނުތިބޭނެތެވެ
Surah Al-Araf, Verse 99


أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ

ބިމުގެ أهل ވެރިންނަށްފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައިފާނެކަމާއި، އެއުރެންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައިފާނޭކަން ނޭނގެނީހެއްޔެވެ؟
Surah Al-Araf, Verse 100


تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ

އެއީ ރަށްތަކެވެ. އެ ރަށްތަކުގެ خبر ތައް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް، ބަޔާންވެގެންވާ ހެކިތަކާއިގެން އެއުރެންގެ رسول ން ވަޑައިގަތެވެ. ފަހެ، އެއުރެން ކުރިން ދޮގުކުޅަ އެއްޗަކަށް إيمان ވާކަށް އެއުރެންނެތެވެ. كافر ންގެ ހިތްތަކުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ
Surah Al-Araf, Verse 101


وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ

އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް عهد އެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، فاسق ން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ
Surah Al-Araf, Verse 102


ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ

ދެން އެބޭކަލުންނަށްފަހުގައި فرعون އާއި އޭނާގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسى ގެފާނު ފޮނުއްވީމެވެ. ދެން އެއުރެން އެ ހެކިތަކާ ދެކޮޅުހެދޫއެވެ. ފަހެ، ފަސާދަކުރާ މީހުންގެ ނިމުންހުރީ، ކިހިނަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
Surah Al-Araf, Verse 103


وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

موسى ގެފާނު ވިދާޅުވިއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسول އަކީމެވެ
Surah Al-Araf, Verse 104


حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَـٰٓءِيلَ

ތިމަންކަލޭގެފާނަށް حق ވެގެންވަނީ، حق ތެދުފިޔަވައި (އެހެން އެއްވެސް އެއްޗެއް) اللَّه އާމެދު ތިމަންކަލޭގެފާނު ވިދާޅުނުވުމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކަކާއިގެންނެވެ. ފަހެ، إسـرآءيـل ގެދަރިން ތިމަންކަލޭގެފާނާ އެކުގައި ފޮނުވާށެވެ
Surah Al-Araf, Verse 105


قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ހެތްކަކާއިގެން ކަމުގައިވާނަމަ (އަދި) ތެދުވެރިންގެ ތެރެއިން ކަލޭގެފާނު ވާނަމަ، ފަހެ، އެ ހެތްކެއް ނިކަން ގެންނަވައި ބައްލަވާށެވެ
Surah Al-Araf, Verse 106


فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ

ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު، އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ
Surah Al-Araf, Verse 107


وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّـٰظِرِينَ

އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ
Surah Al-Araf, Verse 108


قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ

فرعون ގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، މިއީ މޮޅަށްދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ
Surah Al-Araf, Verse 109


يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ

އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލެއްވުމަށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާ ގޮތަކީ ކޮބައިހެއްޔެވެ؟
Surah Al-Araf, Verse 110


قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ

އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު، ރަށުތެރެއަށް ފޮނުވާށެވެ
Surah Al-Araf, Verse 111


يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ

އޭރުން، އެއުރެން (ގޮސް) މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ކަލޭގެގާތަށް ގެނެސް ދޭނެއެވެ
Surah Al-Araf, Verse 112


وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ

فرعون ގެ ގާތަށް ޖާދޫގަރުން އަތުވެއްޖެއެވެ. އެއުރެން ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ
Surah Al-Araf, Verse 113


قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ

އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ
Surah Al-Araf, Verse 114


قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ

އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު (ކުރިން) އެއްލަވާނީއެވެ. ނޫންނަމަ (ކުރިން) އެއްލާ މީހުންކަމުގައި ތިމަންމެން ވެދާނޫއެވެ
Surah Al-Araf, Verse 115


قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެއްލާށެވެ! ދެންފަހެ، އެއުރެން އެއްލިހިނދު، މީސްތަކުންގެ ލޯތަކަށް ޖާދޫދައްކައި، އެއުރެން ބިރުގެންނެވޫއެވެ. އަދި ބޮޑުވެގެންވާ ޖާދޫއެއް އެމީހުން ގެނައޫއެވެ
Surah Al-Araf, Verse 116


۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ

ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ
Surah Al-Araf, Verse 117


فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ

ފަހެ، حق ތެދު ފާޅުވެއްޖެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެން ހިނގައްޖެއެވެ
Surah Al-Araf, Verse 118


فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ

ފަހެ، އެތާނގައި އެއުރެން ދެރަވެ ބަލިވެއްޖައޫއެވެ. އަދި އެއުރެން ނިކަމެތީންކަމުގައި ވެގެން ހިނގައްޖައޫއެވެ
Surah Al-Araf, Verse 119


وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ

އަދި އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ
Surah Al-Araf, Verse 120


قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ

އެއުރެން ބުނެފޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ
Surah Al-Araf, Verse 121


رَبِّ مُوسَىٰ وَهَٰرُونَ

(އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ
Surah Al-Araf, Verse 122


قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ

فرعون ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ރަށުގެ أهل ވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ
Surah Al-Araf, Verse 123


لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ

ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. ދެން ހަމަކަށަވަރުން، ތިޔަހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ
Surah Al-Araf, Verse 124


قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރިދާހުށީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ
Surah Al-Araf, Verse 125


وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ

ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمان ވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ
Surah Al-Araf, Verse 126


وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ

فرعون ގެ قوم ގެބޮޑުން ބުނޫއެވެ. موسى ގެފާނާއި، އެކަލޭގެފާނުގެ قوم ގެމީހުން، ކަލެޔާއި ކަލޭގެ إله ންތައް ދޫކޮށް، ބިމުގައި فساد އުފެއްދުމަށް ތިޔަ ދޫކޮށްލަނީހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަންމެން އެއުރެންގެ ފިރިހެންދަރިން މަރާހުށީމެވެ. އަދި އެއުރެންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބާނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ އެއުރެންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ
Surah Al-Araf, Verse 127


قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ

موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން، اللَّه ގެ حضرة ން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން ملك ވެގެންވަނީ اللَّه އަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، تقوى ވެރިންނަށެވެ
Surah Al-Araf, Verse 128


قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ

އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ عداوة ތެރިޔާ ހަލާކު ކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން عمل ކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެންވާނެތެވެ
Surah Al-Araf, Verse 129


وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ

ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ فرعون ގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ
Surah Al-Araf, Verse 130


فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَـٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

ފަހެ، އެއުރެންނާ ހަމަޔަށް ހެޔޮގޮތް އަތުވެއްޖެނަމަ، މިއީ ތިމަންމެންނަށް އޮތްކަމެކޭ އެއުރެން ބުނެތެވެ. އަދި އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ، موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަމުން ޖެހުނުކަމެއްކަމުގައި އެއުރެން ހަދަތެވެ. ދަންނާށެވެ! އެއުރެންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّه ގެެެ حضرة ގައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ
Surah Al-Araf, Verse 131


وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ

އެއުރެން ދެންނެވޫއެވެ. ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށްޓަކައި آية ތަކުގެ ތެރެއިން ކޮންމެފަދަ آية އެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ
Surah Al-Araf, Verse 132


فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ

ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ
Surah Al-Araf, Verse 133


وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَـٰٓءِيلَ

އެއުރެންގެ މައްޗަށް މި عذاب އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ތިމަންމެންނަށްޓަކައި، دعاء ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ عهد ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި عذاب ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން إيمان ވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި إسـرآءيـل ގެދަރިން ފޮނުވާހުށީމެވެ
Surah Al-Araf, Verse 134


فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ

ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ عذاب ފިއްލެވިހިނދު، އެހާރުން عهد އުވާލާ ބަޔަކު ކަމުގައި އެއުރެން ވޫއެވެ
Surah Al-Araf, Verse 135


فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ

ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެޔަށް އެއުރެން غرق ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކޮށް، އެ آية ތަކާމެދު غافل ވީ ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ
Surah Al-Araf, Verse 136


وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ

ނިކަމެތިކޮށް ހިތެމުންދިޔަ قوم ގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި بركات ލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ إسـرآءيـل ގެދަރިންނަށް ދެއްވާފައިވާ (وعد ގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، فرعون އާއި، އޭނާގެ قوم ގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ عمارات ތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ
Surah Al-Araf, Verse 137


وَجَٰوَزۡنَا بِبَنِيٓ إِسۡرَـٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ

އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ދެން އެއުރެން قوم އެއްގެ މީހުންނާހަމަޔަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން (އެބަހީ: إسـرآءيـل ގެދަރިން) ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެންނަށް إله ންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إله އެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حق ގޮތް) ނޭނގޭ ބަޔެކެވެ
Surah Al-Araf, Verse 138


إِنَّ هَـٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ

ހަމަކަށަވަރުން، އެގޮތެއްގެ މަތީގައި އެއުރެންތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެއުރެން ކޮށްއުޅުނު عمل ތައް، باطل ވެގެންވެއެވެ
Surah Al-Araf, Verse 139


قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال، ތިޔަބައިމީހުންނަށް إله އަކު ކަމުގައި اللَّه ނޫން އެހެންފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟
Surah Al-Araf, Verse 140


وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ

فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން މިންޖުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެތެވެ. އެއުރެން ތިޔަބައިމީހުންގެ ތެރެއިން ފިރިހެންދަރިން قتل ކޮށް، އަދި ތިޔަބައިމީހުންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއްވެއެވެ
Surah Al-Araf, Verse 141


۞وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ

(ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ
Surah Al-Araf, Verse 142


وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ

ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ
Surah Al-Araf, Verse 143


قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّـٰكِرِينَ

އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ތިމަންރަސްކަލާނގެ رسول ކަމާއި، އަދި ބަސް وحى ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ
Surah Al-Araf, Verse 144


وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ

(دين އާބެހޭ) ކޮންމެކަމެއް (توراة ގެ) ފިލާތަކުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލިޔެދެއްވީމެވެ. وعظ އެއްގެ ގޮތުގައެވެ. އަދި އެންމެހާ ކަންތައް ބަޔާންކޮށްދެއްވުމެއްގެ ގޮތުގައި މެއެވެ. ފަހެ، ބާރާއެކު ކަލޭގެފާނު އޭގައި ހިއްޕަވާށެވެ! އަދި އޭގައިވާ އެންމެ މޮޅުގޮތުގައި ހިފުމަށް، ކަލޭގެފާނުގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ވިމީހުންގެ ގޯތިގެދޮރު (عبرة އެއްގެ ގޮތުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ
Surah Al-Araf, Verse 145


سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ

حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ
Surah Al-Araf, Verse 146


وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ

އަދި ތިމަންރަސްކަލާނގެ آية ތަކާއި، އަދި آخرة އާ ބައްދަލުވާނެކަން ދޮގުކުޅަ މީހުންގެ عمل ތައް، باطل ވެގެން ހިނގައްޖެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
Surah Al-Araf, Verse 147


وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ

موسى ގެފާނުގެ قوم ގެމީހުން، އެކަލޭގެފާނު ވަކިވެވަޑައިގަތުމަށްފަހު، ޅަގެރިޔެއްގެ ސިފާގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް އެއުރެންގެ ގަހަނާތަކުން ހެދޫއެވެ. އެ ގެރި، އެއުރެންނާ ވާހަކަނުދައްކާކަމާއި، އަދި އެއްވެސް މަގަކަށް އެއުރެންނަށް މަގުނުދައްކާކަން އެއުރެން ނުދެކެނީހެއްޔެވެ؟ އެއުރެން އެގެރި (إله އެއްކަމުގައި) ހިފައިފޫއެވެ. އަދި އަނިޔާވެރިންކަމުގައި އެއުރެންވޫއެވެ
Surah Al-Araf, Verse 148


وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

އެއުރެން (އެކުޅަ ކަންތަކާމެދު) ދެރަވެ، ހިތާމަލިބި، އަދި އެއުރެންނަށް މަގު އޮޅިއްޖެކަމަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ތިމަންމެންނަށް رحمة ނުލެއްވިނަމަ، އަދި ތިމަންމެންނަށް ފާފަފުއްސަވައި ނުދެއްވިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ
Surah Al-Araf, Verse 149


وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

އަދި موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (توراة ގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފޫއެވެ. ފަހެ، ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ
Surah Al-Araf, Verse 150


قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ

އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ އާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ
Surah Al-Araf, Verse 151


إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ

ހަމަކަށަވަރުން، ގެރިޔަކީ، إله އެއްކަމުގައި ހަދައިގެން އުޅުނުމީހުންނަށް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
Surah Al-Araf, Verse 152


وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ

އަދި ނުބައިކަންތައްކޮށް ދެން އެއަށްފަހު، توبة ވެ، إيمان ވި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އޭގެފަހުންވެސް ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ
Surah Al-Araf, Verse 153


وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ

موسى ގެފާނުގެ ކިބައިން ކޯފާމަޑުވިހިނދު (توراة ގެ) ފިލާތައް ނެންގެވިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންނަށްޓަކައި ހުރި ތެދުމަގާއި، رحمة، އެ ފިލާތަކުގެ ލިޔުމުގައި ވެއެވެ
Surah Al-Araf, Verse 154


وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّـٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ

އަދި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތަށްޓަކައި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން ހަތްދިހަ ފިރިހެނުން ހޮއްވެވިއެވެ. ފަހެ، ގަދަފަދަވެގެންވާ ބިންހެލުން އެއުރެންނަށް ޖެހުނުހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީގެކުރިންވެސް އެއުރެންނާއި ތިމަންއަޅާ ހަލާކުކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިން ހަމަބުއްދި ނުވާމީހުން ކުޅަކަންތަކުގެ ސަބަބުން، އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އިބަރަސްކަލާނގެ ފޮނުއްވި امتحان އެއްކަމުގައިނޫނީ އެކަންތައް ނުވެތެވެ. އެކަމުގެ ސަބަބުން، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ފުރައްދަވަމުއެވެ. އަދި އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ
Surah Al-Araf, Verse 155


۞وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ

އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرة ގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب އެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ عذاب ކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، تقوى ވެރިވެ، زكاة ދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނަށް ތިމަންރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ
Surah Al-Araf, Verse 156


ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَـٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި (رسول އާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް إيمان ވެ، އެކަލޭގެފާނަށް ވާގިވެރިވެ، نصر ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި نور އަށް تبع ވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ
Surah Al-Araf, Verse 157


قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި أمّى ނަބިއްޔާ ކަމުގައިވާ އެކަލާނގެ رسول އާއަށް ތިޔަބައިމީހުން إيمان ވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް إيمان ވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް تبع ވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ
Surah Al-Araf, Verse 158


وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ

حق ގޮތުގައި ތެދުމަގު ދައްކައި، އަދި حق ގޮތުގައި إنصاف ކޮށްއުޅޭ ބަޔަކު، موسى ގެފާނުގެ قوم ގެމީހުންގެ ތެރެއިންވެއެވެ
Surah Al-Araf, Verse 159


وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ

އަދި ބާރަ قبيلة އަށް، جماعة ތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ބައިކުރެއްވީމެވެ. އަދި موسى ގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ منّ އާއި سلوى ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިއެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ
Surah Al-Araf, Verse 160


وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ

އެއުރެންނަށް އެންގެވިހިނދު ހަނދުމަކުރާށެވެ! ތިޔަބައިމީހުން، މިރަށުގައި ވަޒަންވެރިވެ ތިބޭށެވެ! އަދި އެރަށުން ތިޔަބައިމީހުން އެދޭފަދަޔަކުން ކައިއުޅޭށެވެ! އަދި އަޅަމެންގެ އެދުމަކީ، ކުށްފާފަތައް ފުއްސަވައި، عفو ކުރެއްވުމޭ ދަންނަވާށެވެ! އަދި سجدة ކުރާ حال، ތިޔަބައިމީހުން (އެރަށުގެ) ދޮރޯށިން ވަންނާށެވެ! އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. إحسان ތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރުކުރައްވާ ހުށީމެވެ
Surah Al-Araf, Verse 161


فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ

ދެން އޭގެތެރެއިން އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް، އެނޫންބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެއުރެން އަނިޔާވެރިވެ އުޅުނުކަމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް އުޑުން عذاب އެއް ފޮނުއްވީމެވެ
Surah Al-Araf, Verse 162


وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ

އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوة ތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެ މަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން امتحان ކުރައްވަމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ
Surah Al-Araf, Verse 163


وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ

އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ
Surah Al-Araf, Verse 164


فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ

ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ
Surah Al-Araf, Verse 165


فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ

ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ
Surah Al-Araf, Verse 166


وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذاب ގެ ރަހަ ދައްކާނޭ ބަޔަކު قيامة ދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
Surah Al-Araf, Verse 167


وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّـٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ

އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެން أمّة ތަކަކަށް ބައިބައިކުރެއްވީމެވެ. އެއުރެންގެ ތެރެއިން ހެޔޮލަފާ މީހުންވެއެވެ. އަދި އެނޫންމީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތްތަކާއި، ނުބައިގޮތްތައް މެދުވެރިކުރެއްވުމުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. (އެއީ) އެއުރެން (ހެޔޮމަގަށް) އެނބުރި އައުމަށްޓަކައެވެ
Surah Al-Araf, Verse 168


فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ

ފަހެ، ފޮތް ވާރުތަވީ ބަޔަކު އެއުރެންގެ ފަހުން އައޫއެވެ. އެއުރެން މިދުނިޔޭގެ މުދަލުގައި ހިފަތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް ފާފަފުއްސަވާނެތެވެ. އަދި ހަމައެފަދަ މުދަލެއް، އެއުރެންނާ ހަމަޔަށް އަޔަސް އޭގައި އެއުރެން ހިފަތެވެ. اللَّه އާމެދު حق ބަސްމެނުވީ އެއުރެން ނުބުނުމަށް، ފޮތުގެ ކަށަވަރުވެގެންވާ عهد އެއުރެންގެ މައްޗަށް ނުހިއްޕަވާ ހެއްޔެވެ؟ އަދި އެފޮތުގައިވާގޮތް އެއުރެން އުނގެނި ދަސްކުރޫއެވެ. އަދި تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި މާހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
Surah Al-Araf, Verse 169


وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ

ފޮތުގައި ހިފަހައްޓައި، ނަމާދު قائم ކޮށް އުޅުނު މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، إصلاح ކުރާމީހުންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ
Surah Al-Araf, Verse 170


۞وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ

އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފަރުބަދަ އުފުއްލެވިހިނދު، ހަނދުމަކުރާށެވެ! އެ ފަރުބަދަ އެއުރެންގެ މައްޗަށް އޮތް ހިޔާވައްސެއް ކަހަލައެވެ. އެ ފަރުބަދަ އެއުރެންގެ މައްޗަށް ވެއްޓިދާނެކަމަށް އެއުރެން ހީކުޅައޫއެވެ. (ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) ތިމަންރަސްކަލާގެ ތިޔަބައިމީހުންނަށް ދެއްވި ފޮތުގައި، ބާރާއެކު ތިޔަބައިމީހުން ހިފަހައްޓާށެވެ! އަދި އެ ފޮތުގައިވާ ކަންތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ
Surah Al-Araf, Verse 171


وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحى ކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު غافل ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، قيامة ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ
Surah Al-Araf, Verse 172


أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ

ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. شريك ކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، باطل ގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟
Surah Al-Araf, Verse 173


وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ

ތިމަންރަސްކަލާނގެ آية ތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެއުރެން (حق ގެ މަގަށް) އެނބުރި އައުމަށްޓަކައެވެ
Surah Al-Araf, Verse 174


وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ

ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ
Surah Al-Araf, Verse 175


وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّـٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ

ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ
Surah Al-Araf, Verse 176


سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ

ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި ހަމަ އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވެ އުޅުނުމީހުން، މިސާލެއްގެ ގޮތުން ނުބައިކަމާއެވެ
Surah Al-Araf, Verse 177


مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

اللَّه ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިގެންވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ގެއްލެނިވެގެންވާ މީހުންނެވެ
Surah Al-Araf, Verse 178


وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَـٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَـٰٓئِكَ هُمُ ٱلۡغَٰفِلُونَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ
Surah Al-Araf, Verse 179


وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَـٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ

އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حق މަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ
Surah Al-Araf, Verse 180


وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ

حق ގޮތުގެމަތިން މަގުދައްކައި، އަދި އެގޮތުގެމަތީން عدل ވެރިވެއުޅޭ ބަޔަކު، ތިމަންރަސްކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވެއެވެ
Surah Al-Araf, Verse 181


وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ

ތިމަންރަސްލާނގެ آية ތައް ދޮގުކުޅަމީހުން، އެއުރެންނަށް ނޭނގޭނޭގޮތުން (عذاب ގެ ތެރެއަށް) ތިމަންރަސްކަލާނގެ އެއުރެން ގެންދަވާހުށީމެވެ
Surah Al-Araf, Verse 182


وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ

އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ
Surah Al-Araf, Verse 183


أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ

އަދި އެއުރެން ފިކުރުވެސް ނުކުރަނީހެއްޔެވެ؟ އެއުރެންގެ އެކުވެރިޔާގެ ކިބައިގައި (އެބަހީ: محمد ގެފާނުގެ ކިބައިގައި) އެއްވެސް މޮޔަކަމެއްނެތެވެ. ބަޔާންވެގެން ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެތެވެ
Surah Al-Araf, Verse 184


أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ

އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، اللَّه ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށްފަހު، އެއުރެން إيمان ވަނީ ފަހެ، ކޮންވާހަކައަކަށް ހެއްޔެވެ؟
Surah Al-Araf, Verse 185


مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ

اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ. އަދި ދެވޭ ނުދެވޭ ތަނެއްނޭނގި ތިބޭ حال ގައި، ފުރެދުމުގެ ތެރެޔަށް އެކަލާނގެ އެއުރެން ދޫކުރައްވަތެވެ
Surah Al-Araf, Verse 186


يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

قيامة ގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤال ކުރާއިރު، އެކަމުގެ ހުރިހާ خبر އެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
Surah Al-Araf, Verse 187


قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملك ވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށް އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ
Surah Al-Araf, Verse 188


۞هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ

އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفس ން، އެ نفس ގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން دعاء ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكر ކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ
Surah Al-Araf, Verse 189


فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ

ފަހެ، އެ ދެމީހުންނަށް صالح ދަރިއަކު ދެއްވިހިނދު، އެކަލާނގެ އެ ދެމީހުންނަށް ދެއްވި ދެއްވުމާމެދު، އެ ދެމީހުން (އެބަހީ: آدم ގެފާނުގެ ދަރިކޮޅުގެ މީހުންކުރެ كافر ވިމީހުން) އެކަލާނގެއަށް شريك ންތަކެއް ލައިފިއެވެ. ފަހެ، އެއުރެން شريك ކުރާ ތަކެތި ފިޔަވައި، اللَّه މަތިވެރިވެ ވޮޑިގެންވެއެވެ
Surah Al-Araf, Verse 190


أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ

އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ތަކެތި، އެއުރެން (އެކަލާނގެއަށް) شريك ކުރަނީހެއްޔެވެ؟ خود އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ
Surah Al-Araf, Verse 191


وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ

އަދި އެއުރެންނަށް އެއްވެސް نصر އެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصر އެއް ނުދެވޭނޭމެއެވެ
Surah Al-Araf, Verse 192


وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ

ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެތަކެއްޗެއް ތިޔަބައިމީހުންނަކަށް تبع އެއް ނުވާނެތެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެތެވެ
Surah Al-Araf, Verse 193


إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ

ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށް އަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ، ތިޔަބައިމީހުންނީ ތެދުބުނާ މީހުން ކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބަދޭތޯ ނިކަން ތިޔަބައިމީހުން އެފަރާތްތަކަށް ގޮވައިބަލާށެވެ
Surah Al-Araf, Verse 194


أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ

އެއިން ހިނގާނޭ ފައިތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށްޓަކައި ލަސްނުކުރާށެވެ
Surah Al-Araf, Verse 195


إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ

ހަމަކަށަވަރުން، ތިމަންގެ އެހީތެރި ފަރާތަކީ، اللَّه އެވެ. އެކަލާނގެއީ، ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، صالح ންނަށް އެހީތެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ
Surah Al-Araf, Verse 196


وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ

އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް، ތިޔަބައިމީހުންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެފަރާތްތަކުގެ އަމިއްލަ نفس ތަކަށްވެސް نصر އެއް ނުދެވޭނެތެވެ
Surah Al-Araf, Verse 197


وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ

ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެފަރާތްތަކަކަށް ނީވެތެވެ. އަދި އެފަރާތްތައް ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެތެވެ. ނަމަވެސް (حقيقة ގައި) އެފަރާތްތަކަކަށް (ކަލޭގެފާނެއް) ނުފެނެތެވެ
Surah Al-Araf, Verse 198


خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ

ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ
Surah Al-Araf, Verse 199


وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ

އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ
Surah Al-Araf, Verse 200


إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَـٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ

ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللََّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ
Surah Al-Araf, Verse 201


وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ

އަދި އެ شيطان ންގެ أخ ން، އެއުރެން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެކަންތަކުގައި އެއުރެން ދުލެއް ނުކުރެތެވެ
Surah Al-Araf, Verse 202


وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ

އަދި ކަލޭގެފާނު އެއުރެންނާ ހަމައަށް آية އެއް ނުގެންނަވައިފިނަމަ، އެއުރެން ދަންނަވާނެތެވެ. ކަލޭގެފާނު (އަމިއްލަފުޅަށް) އެކަން اختيار ނުކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު تبع ވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށެވެ. މިއީ (އެބަހީ: މި قرآن އަކީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައި ހެކިތަކެކެވެ. އަދި إيمان ވާ ބަޔަކަށް ތެދުމަގެކެވެ. އަދި رحمة އެއްމެއެވެ
Surah Al-Araf, Verse 203


وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ

އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ
Surah Al-Araf, Verse 204


وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ

އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ! މަޑުމޮޅިވެ، ބިރުވެތިވާ حال ގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ. އަދި غافل ވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ
Surah Al-Araf, Verse 205


إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩

ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ބޮޑާވެއެއް ނުގަނެތެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ދަންނަވަތެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ އެކަލާނގެއަށެވެ
Surah Al-Araf, Verse 206


Author: Office Of The President Of Maldives


<< Surah 6
>> Surah 8

Divehi Translations by other Authors


Divehi Translation By Office Of The President Of Maldives
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai