Surah An-Naziat - Divehi Translation by Office Of The President Of Maldives
وَٱلنَّـٰزِعَٰتِ غَرۡقٗا
ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ
Surah An-Naziat, Verse 1
وَٱلنَّـٰشِطَٰتِ نَشۡطٗا
އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ
Surah An-Naziat, Verse 2
وَٱلسَّـٰبِحَٰتِ سَبۡحٗا
އަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ
Surah An-Naziat, Verse 3
فَٱلسَّـٰبِقَٰتِ سَبۡقٗا
އަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ
Surah An-Naziat, Verse 4
فَٱلۡمُدَبِّرَٰتِ أَمۡرٗا
އަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ
Surah An-Naziat, Verse 5
يَوۡمَ تَرۡجُفُ ٱلرَّاجِفَةُ
(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ
Surah An-Naziat, Verse 6
تَتۡبَعُهَا ٱلرَّادِفَةُ
އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ
Surah An-Naziat, Verse 7
قُلُوبٞ يَوۡمَئِذٖ وَاجِفَةٌ
އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ
Surah An-Naziat, Verse 8
أَبۡصَٰرُهَا خَٰشِعَةٞ
އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ
Surah An-Naziat, Verse 9
يَقُولُونَ أَءِنَّا لَمَرۡدُودُونَ فِي ٱلۡحَافِرَةِ
އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟
Surah An-Naziat, Verse 10
أَءِذَا كُنَّا عِظَٰمٗا نَّخِرَةٗ
ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟
Surah An-Naziat, Verse 11
قَالُواْ تِلۡكَ إِذٗا كَرَّةٌ خَاسِرَةٞ
އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ
Surah An-Naziat, Verse 12
فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ
ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ
Surah An-Naziat, Verse 13
فَإِذَا هُم بِٱلسَّاهِرَةِ
ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ
Surah An-Naziat, Verse 14
هَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ
موسى ގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
Surah An-Naziat, Verse 15
إِذۡ نَادَىٰهُ رَبُّهُۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى
طوى އޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ
Surah An-Naziat, Verse 16
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ
Surah An-Naziat, Verse 17
فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافر ކަމުން طاهر ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟
Surah An-Naziat, Verse 18
وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ
އަދި ކަލޭގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ
Surah An-Naziat, Verse 19
فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ
ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ
Surah An-Naziat, Verse 20
فَكَذَّبَ وَعَصَىٰ
ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ
Surah An-Naziat, Verse 21
ثُمَّ أَدۡبَرَ يَسۡعَىٰ
ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ
Surah An-Naziat, Verse 22
فَحَشَرَ فَنَادَىٰ
ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ
Surah An-Naziat, Verse 23
فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ
ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ
Surah An-Naziat, Verse 24
فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ
ދެން آخرة އާއި، ދުނިޔޭގެ عقوبات އެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ
Surah An-Naziat, Verse 25
إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ
ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرة އެއްވާކަން ކަށަވަރެވެ
Surah An-Naziat, Verse 26
ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا
ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ
Surah An-Naziat, Verse 27
رَفَعَ سَمۡكَهَا فَسَوَّىٰهَا
އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ
Surah An-Naziat, Verse 28
وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا
އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ
Surah An-Naziat, Verse 29
وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ
އެއަށްފަހު، ބިން ފެތުރުއްވިއެވެ
Surah An-Naziat, Verse 30
أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا
އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ
Surah An-Naziat, Verse 31
وَٱلۡجِبَالَ أَرۡسَىٰهَا
އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ
Surah An-Naziat, Verse 32
مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ
Surah An-Naziat, Verse 33
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ
ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامة ދުވަސް އަންނަހިނދެވެ)
Surah An-Naziat, Verse 34
يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ
އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ
Surah An-Naziat, Verse 35
وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ
އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ
Surah An-Naziat, Verse 36
فَأَمَّا مَن طَغَىٰ
އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ
Surah An-Naziat, Verse 37
وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا
ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ
Surah An-Naziat, Verse 38
فَإِنَّ ٱلۡجَحِيمَ هِيَ ٱلۡمَأۡوَىٰ
ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ
Surah An-Naziat, Verse 39
وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ
އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ
Surah An-Naziat, Verse 40
فَإِنَّ ٱلۡجَنَّةَ هِيَ ٱلۡمَأۡوَىٰ
ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ
Surah An-Naziat, Verse 41
يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَا
قيامة ގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ
Surah An-Naziat, Verse 42
فِيمَ أَنتَ مِن ذِكۡرَىٰهَآ
އެކަން بيان ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟
Surah An-Naziat, Verse 43
إِلَىٰ رَبِّكَ مُنتَهَىٰهَآ
އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ
Surah An-Naziat, Verse 44
إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا
ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ
Surah An-Naziat, Verse 45
كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا
އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ
Surah An-Naziat, Verse 46