Surah At-Takwir - Divehi Translation by Office Of The President Of Maldives
إِذَا ٱلشَّمۡسُ كُوِّرَتۡ
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ
Surah At-Takwir, Verse 1
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ
Surah At-Takwir, Verse 2
وَإِذَا ٱلۡجِبَالُ سُيِّرَتۡ
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ
Surah At-Takwir, Verse 3
وَإِذَا ٱلۡعِشَارُ عُطِّلَتۡ
އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ
Surah At-Takwir, Verse 4
وَإِذَا ٱلۡوُحُوشُ حُشِرَتۡ
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ
Surah At-Takwir, Verse 5
وَإِذَا ٱلۡبِحَارُ سُجِّرَتۡ
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ
Surah At-Takwir, Verse 6
وَإِذَا ٱلنُّفُوسُ زُوِّجَتۡ
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ
Surah At-Takwir, Verse 7
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ
Surah At-Takwir, Verse 8
بِأَيِّ ذَنۢبٖ قُتِلَتۡ
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
Surah At-Takwir, Verse 9
وَإِذَا ٱلصُّحُفُ نُشِرَتۡ
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ
Surah At-Takwir, Verse 10
وَإِذَا ٱلسَّمَآءُ كُشِطَتۡ
އަދި އުޑު ގެންދަވާ ހިނދެވެ
Surah At-Takwir, Verse 11
وَإِذَا ٱلۡجَحِيمُ سُعِّرَتۡ
އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ
Surah At-Takwir, Verse 12
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ
Surah At-Takwir, Verse 13
عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ
ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ
Surah At-Takwir, Verse 14
فَلَآ أُقۡسِمُ بِٱلۡخُنَّسِ
ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ
Surah At-Takwir, Verse 15
ٱلۡجَوَارِ ٱلۡكُنَّسِ
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ
Surah At-Takwir, Verse 16
وَٱلَّيۡلِ إِذَا عَسۡعَسَ
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
Surah At-Takwir, Verse 17
وَٱلصُّبۡحِ إِذَا تَنَفَّسَ
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ
Surah At-Takwir, Verse 18
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ
Surah At-Takwir, Verse 19
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ
عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ
Surah At-Takwir, Verse 20
مُّطَاعٖ ثَمَّ أَمِينٖ
އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ
Surah At-Takwir, Verse 21
وَمَا صَاحِبُكُم بِمَجۡنُونٖ
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ
Surah At-Takwir, Verse 22
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ
އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ
Surah At-Takwir, Verse 23
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ
އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ
Surah At-Takwir, Verse 24
وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ
އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ
Surah At-Takwir, Verse 25
فَأَيۡنَ تَذۡهَبُونَ
ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
Surah At-Takwir, Verse 26
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ
Surah At-Takwir, Verse 27
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ
Surah At-Takwir, Verse 28
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ
Surah At-Takwir, Verse 29