Surah At-Tariq - Divehi Translation by Office Of The President Of Maldives
وَٱلسَّمَآءِ وَٱلطَّارِقِ
އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ
Surah At-Tariq, Verse 1
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah At-Tariq, Verse 2
ٱلنَّجۡمُ ٱلثَّاقِبُ
އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެެވެ
Surah At-Tariq, Verse 3
إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ
އެއްވެސް نفس އެއް، އެ نفس އެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكة އަކު ނެތިއެއް ނުވެއެވެ
Surah At-Tariq, Verse 4
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ
Surah At-Tariq, Verse 5
خُلِقَ مِن مَّآءٖ دَافِقٖ
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ
Surah At-Tariq, Verse 6
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ
Surah At-Tariq, Verse 7
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ
ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ
Surah At-Tariq, Verse 8
يَوۡمَ تُبۡلَى ٱلسَّرَآئِرُ
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ
Surah At-Tariq, Verse 9
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ
ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ
Surah At-Tariq, Verse 10
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
ވާރޭވެއްސާ އުޑު ގަންދެއްވަމެވެ
Surah At-Tariq, Verse 11
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ
Surah At-Tariq, Verse 12
إِنَّهُۥ لَقَوۡلٞ فَصۡلٞ
ހަމަކަށަވަރުން، އެ قرآن އަކީ، حق އާއި، باطل ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ
Surah At-Tariq, Verse 13
وَمَا هُوَ بِٱلۡهَزۡلِ
އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ
Surah At-Tariq, Verse 14
إِنَّهُمۡ يَكِيدُونَ كَيۡدٗا
ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ
Surah At-Tariq, Verse 15
وَأَكِيدُ كَيۡدٗا
އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ
Surah At-Tariq, Verse 16
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا
ފަހެ، كافر ންނަށް ކަލޭގެފާނު مهلة އެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ
Surah At-Tariq, Verse 17