Surah Al-Ghashiya - Divehi Translation by Office Of The President Of Maldives
هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ
(ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟)
Surah Al-Ghashiya, Verse 1
وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ
އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ
Surah Al-Ghashiya, Verse 2
عَامِلَةٞ نَّاصِبَةٞ
މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ
Surah Al-Ghashiya, Verse 3
تَصۡلَىٰ نَارًا حَامِيَةٗ
ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ
Surah Al-Ghashiya, Verse 4
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ
ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ
Surah Al-Ghashiya, Verse 5
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ
ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ
Surah Al-Ghashiya, Verse 6
لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ
އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ)
Surah Al-Ghashiya, Verse 7
وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ
އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ
Surah Al-Ghashiya, Verse 8
لِّسَعۡيِهَا رَاضِيَةٞ
ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ
Surah Al-Ghashiya, Verse 9
فِي جَنَّةٍ عَالِيَةٖ
މަތިވެރިވެގެންވާ ސުވަރުގޭގައެވެ
Surah Al-Ghashiya, Verse 10
لَّا تَسۡمَعُ فِيهَا لَٰغِيَةٗ
ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ)
Surah Al-Ghashiya, Verse 11
فِيهَا عَيۡنٞ جَارِيَةٞ
ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ
Surah Al-Ghashiya, Verse 12
فِيهَا سُرُرٞ مَّرۡفُوعَةٞ
އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ
Surah Al-Ghashiya, Verse 13
وَأَكۡوَابٞ مَّوۡضُوعَةٞ
އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ
Surah Al-Ghashiya, Verse 14
وَنَمَارِقُ مَصۡفُوفَةٞ
އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ
Surah Al-Ghashiya, Verse 15
وَزَرَابِيُّ مَبۡثُوثَةٌ
އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ
Surah Al-Ghashiya, Verse 16
أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ
ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ
Surah Al-Ghashiya, Verse 17
وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ
އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟
Surah Al-Ghashiya, Verse 18
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ
އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެެވެ؟
Surah Al-Ghashiya, Verse 19
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ
އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟
Surah Al-Ghashiya, Verse 20
فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ
(ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ)
Surah Al-Ghashiya, Verse 21
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ
އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ
Surah Al-Ghashiya, Verse 22
إِلَّا مَن تَوَلَّىٰ وَكَفَرَ
ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ
Surah Al-Ghashiya, Verse 23
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ
ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ
Surah Al-Ghashiya, Verse 24
إِنَّ إِلَيۡنَآ إِيَابَهُمۡ
ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ
Surah Al-Ghashiya, Verse 25
ثُمَّ إِنَّ عَلَيۡنَا حِسَابَهُم
ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ
Surah Al-Ghashiya, Verse 26