Surah Al-Adiyat - Divehi Translation by Office Of The President Of Maldives
وَٱلۡعَٰدِيَٰتِ ضَبۡحٗا
ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ
Surah Al-Adiyat, Verse 1
فَٱلۡمُورِيَٰتِ قَدۡحٗا
އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ
Surah Al-Adiyat, Verse 2
فَٱلۡمُغِيرَٰتِ صُبۡحٗا
އަދި ފަތިހުގެ ވަގުތުގައި، حملة ދޭ އަސްތައް ގަންދެއްވަމެވެ
Surah Al-Adiyat, Verse 3
فَأَثَرۡنَ بِهِۦ نَقۡعٗا
ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ
Surah Al-Adiyat, Verse 4
فَوَسَطۡنَ بِهِۦ جَمۡعًا
(ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި) دشمن ންގެ (ބައިގަނޑުގެ މެދަށް ވަދެގަނެތެވެ)
Surah Al-Adiyat, Verse 5
إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ
ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ
Surah Al-Adiyat, Verse 6
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ
އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ
Surah Al-Adiyat, Verse 7
وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ
އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ
Surah Al-Adiyat, Verse 8
۞أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ
އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ
Surah Al-Adiyat, Verse 9
وَحُصِّلَ مَا فِي ٱلصُّدُورِ
(ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ) އެކަންތައް (ނުދަންނަނީ ހެއްޔެވެ؟)
Surah Al-Adiyat, Verse 10
إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ
ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
Surah Al-Adiyat, Verse 11