Surah Al-Qaria - Divehi Translation by Office Of The President Of Maldives
ٱلۡقَارِعَةُ
ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ
Surah Al-Qaria, Verse 1
مَا ٱلۡقَارِعَةُ
ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
Surah Al-Qaria, Verse 2
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah Al-Qaria, Verse 3
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ
Surah Al-Qaria, Verse 4
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ
Surah Al-Qaria, Verse 5
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ
Surah Al-Qaria, Verse 6
فَهُوَ فِي عِيشَةٖ رَّاضِيَةٖ
ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ)
Surah Al-Qaria, Verse 7
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ
Surah Al-Qaria, Verse 8
فَأُمُّهُۥ هَاوِيَةٞ
ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ
Surah Al-Qaria, Verse 9
وَمَآ أَدۡرَىٰكَ مَا هِيَهۡ
އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah Al-Qaria, Verse 10
نَارٌ حَامِيَةُۢ
އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ
Surah Al-Qaria, Verse 11