Surah Al-Kauther - Divehi Translation by Office Of The President Of Maldives
إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ
Surah Al-Kauther, Verse 1
فَصَلِّ لِرَبِّكَ وَٱنۡحَرۡ
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ
Surah Al-Kauther, Verse 2
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ
ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ
Surah Al-Kauther, Verse 3