Surah Al-Kafiroon - Divehi Translation by Office Of The President Of Maldives
قُلۡ يَـٰٓأَيُّهَا ٱلۡكَٰفِرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ
Surah Al-Kafiroon, Verse 1
لَآ أَعۡبُدُ مَا تَعۡبُدُونَ
ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ
Surah Al-Kafiroon, Verse 2
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ
Surah Al-Kafiroon, Verse 3
وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ
އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ
Surah Al-Kafiroon, Verse 4
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ
Surah Al-Kafiroon, Verse 5
لَكُمۡ دِينُكُمۡ وَلِيَ دِينِ
ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ
Surah Al-Kafiroon, Verse 6