Surah An-Nasr - Divehi Translation by Office Of The President Of Maldives
إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ
اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ
Surah An-Nasr, Verse 1
وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا
އަދި اللَّه ގެ دين އަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ
Surah An-Nasr, Verse 2
فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ حضرة އަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން توبة قبول ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ
Surah An-Nasr, Verse 3