Surah Al-Masadd - Divehi Translation by Office Of The President Of Maldives
تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ
أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ
Surah Al-Masadd, Verse 1
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ
އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ
Surah Al-Masadd, Verse 2
سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ
ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ
Surah Al-Masadd, Verse 3
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ
އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ
Surah Al-Masadd, Verse 4
فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ
ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ
Surah Al-Masadd, Verse 5