Surah Al-Falaq - Divehi Translation by Office Of The President Of Maldives
قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ
ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ
Surah Al-Falaq, Verse 1
مِن شَرِّ مَا خَلَقَ
އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ
Surah Al-Falaq, Verse 2
وَمِن شَرِّ غَاسِقٍ إِذَا وَقَبَ
އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ
Surah Al-Falaq, Verse 3
وَمِن شَرِّ ٱلنَّفَّـٰثَٰتِ فِي ٱلۡعُقَدِ
އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ
Surah Al-Falaq, Verse 4
وَمِن شَرِّ حَاسِدٍ إِذَا حَسَدَ
އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ
Surah Al-Falaq, Verse 5