Surah An-Nas - Divehi Translation by Office Of The President Of Maldives
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ
Surah An-Nas, Verse 1
مَلِكِ ٱلنَّاسِ
(އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ
Surah An-Nas, Verse 2
إِلَٰهِ ٱلنَّاسِ
(އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ
Surah An-Nas, Verse 3
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަަމެވެ)
Surah An-Nas, Verse 4
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ
އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ
Surah An-Nas, Verse 5
مِنَ ٱلۡجِنَّةِ وَٱلنَّاسِ
ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ
Surah An-Nas, Verse 6