Surah As-Sajda - Divehi Translation by Office Of The President Of Maldives
الٓمٓ
ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ)
Surah As-Sajda, Verse 1
تَنزِيلُ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ
މިއީ عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެވެ. އެއާމެދު شك އެއް ނެތެވެ
Surah As-Sajda, Verse 2
أَمۡ يَقُولُونَ ٱفۡتَرَىٰهُۚ بَلۡ هُوَ ٱلۡحَقُّ مِن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَهۡتَدُونَ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ފޮތެވެ. އެއީ ކަލޭގެފާނުގެ ކުރިން އެބަޔަކަށް إنذار ކުރައްވާނޭ رسول އަކު ވަޑައިނުގަންނަވާ قوم އެއްގެ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ
Surah As-Sajda, Verse 3
ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِيّٖ وَلَا شَفِيعٍۚ أَفَلَا تَتَذَكَّرُونَ
اللَّه އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެ ވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއް، އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟
Surah As-Sajda, Verse 4
يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ
އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ حضرة އަށް އަރައިގެންދެއެވެ
Surah As-Sajda, Verse 5
ذَٰلِكَ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلرَّحِيمُ
އެކަލާނގެއީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ
Surah As-Sajda, Verse 6
ٱلَّذِيٓ أَحۡسَنَ كُلَّ شَيۡءٍ خَلَقَهُۥۖ وَبَدَأَ خَلۡقَ ٱلۡإِنسَٰنِ مِن طِينٖ
އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ
Surah As-Sajda, Verse 7
ثُمَّ جَعَلَ نَسۡلَهُۥ مِن سُلَٰلَةٖ مِّن مَّآءٖ مَّهِينٖ
ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ خلاصة އަކުން ހެއްދެވިއެވެ
Surah As-Sajda, Verse 8
ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦۖ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ
ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ روح ފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ
Surah As-Sajda, Verse 9
وَقَالُوٓاْ أَءِذَا ضَلَلۡنَا فِي ٱلۡأَرۡضِ أَءِنَّا لَفِي خَلۡقٖ جَدِيدِۭۚ بَلۡ هُم بِلِقَآءِ رَبِّهِمۡ كَٰفِرُونَ
އެއުރެން ބުނޫއެވެ. ތިމަންމެން (މަރުވެ) ބިމުގެ ތެރޭގައި (ވެއްޔަށްވެ) ފޮރުވުނީމާ، އަލުން އާ އުފެދުމަކުން އުފެދޭނޭ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް ދެކޮޅު ހަދާ ބަޔެކެވެ
Surah As-Sajda, Verse 10
۞قُلۡ يَتَوَفَّىٰكُم مَّلَكُ ٱلۡمَوۡتِ ٱلَّذِي وُكِّلَ بِكُمۡ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން حوال ކުރައްވާފައިވާ ملك الموت ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ
Surah As-Sajda, Verse 11
وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّا مُوقِنُونَ
އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން حيران ވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން صالح عمل ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، يقين ކުރާ ބަޔަކީމުއެވެ
Surah As-Sajda, Verse 12
وَلَوۡ شِئۡنَا لَأٓتَيۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَٰكِنۡ حَقَّ ٱلۡقَوۡلُ مِنِّي لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ نفس އަކަށްމެ އެ نفس އެއްގެ هداية ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ حضرة ން އިސްވެގޮސްފައިވެއެވެ
Surah As-Sajda, Verse 13
فَذُوقُواْ بِمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَآ إِنَّا نَسِينَٰكُمۡۖ وَذُوقُواْ عَذَابَ ٱلۡخُلۡدِ بِمَا كُنتُمۡ تَعۡمَلُونَ
ފަހެ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށްޓަކައި، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކަށްޓަކައި ދެމިހުންނަނިވި عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ
Surah As-Sajda, Verse 14
إِنَّمَا يُؤۡمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُواْ بِهَا خَرُّواْۤ سُجَّدٗاۤ وَسَبَّحُواْ بِحَمۡدِ رَبِّهِمۡ وَهُمۡ لَا يَسۡتَكۡبِرُونَ۩
ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبر ވެރިއެއް ނުވާނެތެވެ
Surah As-Sajda, Verse 15
تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ يَدۡعُونَ رَبَّهُمۡ خَوۡفٗا وَطَمَعٗا وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ
Surah As-Sajda, Verse 16
فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ
ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ
Surah As-Sajda, Verse 17
أَفَمَن كَانَ مُؤۡمِنٗا كَمَن كَانَ فَاسِقٗاۚ لَّا يَسۡتَوُۥنَ
ފަހެ، مؤمن އަކު ކަމުގައިވާ މީހާއާއި (އުރެދޭ) فاسق އަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ
Surah As-Sajda, Verse 18
أَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ جَنَّـٰتُ ٱلۡمَأۡوَىٰ نُزُلَۢا بِمَا كَانُواْ يَعۡمَلُونَ
إيمان ވެ صالح عمل ތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު عمل ތަކަށްޓަކައި، ދެއްވާ شرف އެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުށްޓެވެ
Surah As-Sajda, Verse 19
وَأَمَّا ٱلَّذِينَ فَسَقُواْ فَمَأۡوَىٰهُمُ ٱلنَّارُۖ كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَآ أُعِيدُواْ فِيهَا وَقِيلَ لَهُمۡ ذُوقُواْ عَذَابَ ٱلنَّارِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ
އަދި (كافر ވެ) فاسق ވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ إعادة ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ
Surah As-Sajda, Verse 20
وَلَنُذِيقَنَّهُم مِّنَ ٱلۡعَذَابِ ٱلۡأَدۡنَىٰ دُونَ ٱلۡعَذَابِ ٱلۡأَكۡبَرِ لَعَلَّهُمۡ يَرۡجِعُونَ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު عذاب (އެބަހީ: ނަރަކައިގެ عذاب) ފިޔަވައި ލުއި عذاب ން (އެބަހީ: ދުނިޔެމަތީގެ عذاب ން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (إيمان ކަމަށް) رجوع ވުމަށްޓަކައެވެ
Surah As-Sajda, Verse 21
وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَآۚ إِنَّا مِنَ ٱلۡمُجۡرِمِينَ مُنتَقِمُونَ
އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ آية ތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ
Surah As-Sajda, Verse 22
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَلَا تَكُن فِي مِرۡيَةٖ مِّن لِّقَآئِهِۦۖ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَـٰٓءِيلَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެކަލޭގެފާނަށް އެ ފޮތް ލިބިވަޑައިގަތްކަމާމެދު ކަލޭގެފާނު شك ކަމެއްގައި ވެވަޑައިނުގަންނަވާށެވެ! އަދި إسـرآءيـل ގެދަރިންނަށް هداية އެއް ކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ލެއްވީމެވެ
Surah As-Sajda, Verse 23
وَجَعَلۡنَا مِنۡهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا لَمَّا صَبَرُواْۖ وَكَانُواْ بِـَٔايَٰتِنَا يُوقِنُونَ
އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ
Surah As-Sajda, Verse 24
إِنَّ رَبَّكَ هُوَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
ހަމަކަށަވަރުން، އެއުރެން خلاف ވެގެން އުޅުނު ކަންތައްތަކާމެދު، قيامة ދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މެދުގައި ނިޔާކަނޑައަޅުއްވާނެތެވެ
Surah As-Sajda, Verse 25
أَوَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٍۚ أَفَلَا يَسۡمَعُونَ
އަދި އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيان ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި އެއުރެން ހިނގަހިނގާއުޅޭ حال ގައެވެ. ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ފަހެ، އެއުރެން އަޑުނާހަނީ ހެއްޔެވެ؟
Surah As-Sajda, Verse 26
أَوَلَمۡ يَرَوۡاْ أَنَّا نَسُوقُ ٱلۡمَآءَ إِلَى ٱلۡأَرۡضِ ٱلۡجُرُزِ فَنُخۡرِجُ بِهِۦ زَرۡعٗا تَأۡكُلُ مِنۡهُ أَنۡعَٰمُهُمۡ وَأَنفُسُهُمۡۚ أَفَلَا يُبۡصِرُونَ
އަދި ގަހެއް ރުކެއް ނެތް ހިކި ބިމަށް، ތިމަންރަސްކަލާނގެ ފެން ފޮނުއްވައި، އެއިން އެއުރެންގެ ޖަނަވާރުތަކާއި خود އެއުރެން ކައިއުޅޭ ގަސްގަހާގެހި ނެރުއްވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ (އެކަލާނގެ ކުޅަދުންވަންތަކަން) އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟
Surah As-Sajda, Verse 27
وَيَقُولُونَ مَتَىٰ هَٰذَا ٱلۡفَتۡحُ إِن كُنتُمۡ صَٰدِقِينَ
އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާމީހުން ކަމުގައި ވަނީނަމަ، ތިޔަ فيصلة ވާނީ ކޮންއިރަކުން ހެއްޔެވެ؟
Surah As-Sajda, Verse 28
قُلۡ يَوۡمَ ٱلۡفَتۡحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓاْ إِيمَٰنُهُمۡ وَلَا هُمۡ يُنظَرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ނިޔާ އިއްވަވާ ދުވަހު (އެބަހީ: قيامة ދުވަހުން) كافر ވި މީހުންނަކަށް އެއުރެން إيمان ވުމަކުން މަންފާއެއް ނުކުރާނެތެވެ. އަދި އެއުރެންނަކަށް مهلة އެއްވެސް ނުމެދެއްވާނޭމެއެވެ
Surah As-Sajda, Verse 29
فَأَعۡرِضۡ عَنۡهُمۡ وَٱنتَظِرۡ إِنَّهُم مُّنتَظِرُونَ
ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު انتظار ކުރައްވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް انتظار ކުރެތެވެ
Surah As-Sajda, Verse 30