Surah Al-Ahzab - Divehi Translation by Office Of The President Of Maldives
يَـٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
އޭ ނަބިއްޔާއެވެ! ކަލޭގެފާނު اللَّه އަށް تقوى ވެރިވެވަޑައިގަންނަވާށެވެ! އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 1
وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ مِن رَّبِّكَۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންކަލޭގެފާނަށް އިއްވަވާ وحى އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 2
وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
އަދި ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ
Surah Al-Ahzab, Verse 3
مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّـٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ
އެއްވެސް މީހަކަށް، އެމީހެއްގެ އެތެރެހަށީގައި، اللَّه ދެ ހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން، ތިޔަބައިމީހުން ظهار ކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބިންނަކީ، ތިޔަބައިމީހުންގެ މައިން ކަމުގައިވެސް ނުލައްވަތެވެ. އަދި ތިޔަބައިމީހުންގެ ދަރިން ކަމުގައި ހަދައިގެންއުޅޭ ދަރިންނަކީ، ތިޔަބައިމީހުންގެ ދަރިިން ކަމުގައިވެސް ނުލައްވަތެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި اللَّه حق ބަސްފުޅު وحى ކުރައްވަތެވެ. އަދި އެކަލާނގެ ތެދުމަގަށް މަގު ދައްކަވަތެވެ
Surah Al-Ahzab, Verse 4
ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا
އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 5
ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا
مؤمن ންނަށް އެއުރެންގެ އަމިއްލަ نفس ތަކަށްވުރެން، ނަބިއްޔާ أولى ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެއުރެންގެ މައިންނެވެ. مؤمن ންނާއި، مهاجر ންގެ ތެރެއިންވާ މީހުންނަށްވުރެން اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެއެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެގޮތުން ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައް ވިއެވެ
Surah Al-Ahzab, Verse 6
وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا
ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި نوح ގެފާނާއި، إبراهيم ގެފާނާއި، موسى ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ عهد، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ
Surah Al-Ahzab, Verse 7
لِّيَسۡـَٔلَ ٱلصَّـٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا
(އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު سؤال ކުރެއްވުމަށްޓަކައެވެ. އަދި كافر ންނަށްޓަކައި ވޭންދެނިވި عذاب އެކަލާނގެ ތައްޔާރު ކުރައްވާފައިވެއެވެ
Surah Al-Ahzab, Verse 8
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! لشكر ތަކެއް ތިޔަބައިމީހުންނާ ހަމަޔަށް އައިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 9
إِذۡ جَآءُوكُم مِّن فَوۡقِكُمۡ وَمِنۡ أَسۡفَلَ مِنكُمۡ وَإِذۡ زَاغَتِ ٱلۡأَبۡصَٰرُ وَبَلَغَتِ ٱلۡقُلُوبُ ٱلۡحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ
Surah Al-Ahzab, Verse 10
هُنَالِكَ ٱبۡتُلِيَ ٱلۡمُؤۡمِنُونَ وَزُلۡزِلُواْ زِلۡزَالٗا شَدِيدٗا
އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ)
Surah Al-Ahzab, Verse 11
وَإِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورٗا
އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ
Surah Al-Ahzab, Verse 12
وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَـٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا
އަދި އެއުރެންގެ ތެރެއިން ބަޔަކު ބުނިހިނދު، ހަނދުމަކުރާށެވެ! އޭ يثرب ގެ (އެބަހީ: المدينة ގެ) أهل ވެރިންނޭވެ! ތިޔަބައިމީހުންނަކަށް ތިބުމުގެ ތަނެއް ނެތެވެ. ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އަދި އޭގެތެރެއިން ބަޔަކު ނަބިއްޔާގެ އަރިހުން إذن އަށް އެދެތެވެ. އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެއުރެން ނޭދެތެވެ
Surah Al-Ahzab, Verse 13
وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا
އެއުރެންގެ ކައިރިޔަށް އެރަށުގެ ހުރިހާ ފަރާތަކުން عدوّ ން އަރައި، ދެން އެއުރެންގެ ކިބައިން ފިތުނަވެރިކަމަށް އެދުނުނަމަ، އެކަން އެއުރެން ގެނެސްގަތީހެވެ. އަދި އެއުރެން އެރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ
Surah Al-Ahzab, Verse 14
وَلَقَدۡ كَانُواْ عَٰهَدُواْ ٱللَّهَ مِن قَبۡلُ لَا يُوَلُّونَ ٱلۡأَدۡبَٰرَۚ وَكَانَ عَهۡدُ ٱللَّهِ مَسۡـُٔولٗا
އަދި ހަމަކަށަވަރުން، އެއުރެން ފުރަގަސްދީ ނުދާނެކަމަށް މީގެކުރިން اللَّه ގެ حضرة އަށް عهد ކޮށްފައިވިއެވެ. އަދި اللَّه އަށް ކުރާ عهد އަކީ (އެއާމެދު) سؤال ކުރައްވާނެ ކަމެއްކަމުގައި ވެއެވެ
Surah Al-Ahzab, Verse 15
قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا
ކަލޭގެފާނު ވިދާޅުވާށެވެ! ފިލައިދިއުމަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. ތިޔަބައިމީހުން މަރުން ނުވަތަ قتل ވުމުން ފިލިޔަސް، ކުޑަހިނދުކޮޅަކަށް މެނުވީ ދުނިޔޭގައި އަރާމެއް ނުކުރެވޭނެތެވެ
Surah Al-Ahzab, Verse 16
قُلۡ مَن ذَا ٱلَّذِي يَعۡصِمُكُم مِّنَ ٱللَّهِ إِنۡ أَرَادَ بِكُمۡ سُوٓءًا أَوۡ أَرَادَ بِكُمۡ رَحۡمَةٗۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ނުބައިގޮތެއް މެދުވެރިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް رحمة އެއް ލެއްވުމަށް އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަލާނގެ حضرة ން ތިޔަބައިމީހުން ރައްކާތެރިކޮށް މަނާކުރާނެ މީހަކީ ކާކުހެއްޔެވެ؟ އަދި اللَّه ފިޔަވައި އެއުރެންނަށް ވާގިދޭނެ މީހަކު ނުވަތަ نصر ދޭނެމީހަކުވެސް އެއުރެންނަކަށް ނުފެންނާނެތެވެ
Surah Al-Ahzab, Verse 17
۞قَدۡ يَعۡلَمُ ٱللَّهُ ٱلۡمُعَوِّقِينَ مِنكُمۡ وَٱلۡقَآئِلِينَ لِإِخۡوَٰنِهِمۡ هَلُمَّ إِلَيۡنَاۖ وَلَا يَأۡتُونَ ٱلۡبَأۡسَ إِلَّا قَلِيلًا
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ހުރަސްއަޅާ މީހުންނާއި، އަދި އެއުރެންގެ أخ ންގެ ގާތުގައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ މީހުން اللَّه ދެނެވޮޑިގެންވެތެވެ. އަދި އެއުރެން ވަރަށް މަދުން މެނުވީ ހަނގުރާމަޔަކަށް ނާންނާނެތެވެ
Surah Al-Ahzab, Verse 18
أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَـٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
(އެއީ) ތިޔަބައިމީހުންގެ މައްޗަށް (ހޭދައެއް ކުރުމަށް، ނުވަތަ އެހީއެއް ވުމަށް) بخيل ވުމަށްޓަކައެވެ. ފަހެ، އެއުރެންނަށް ބިރުވެރިކަމެއް އަންނަހިނދު، މަރުގެ ސަކަރާތުގައި ހޭނެތިފައިވާ މީހަކު ފަދައިން، އެއުރެންގެ ލޯތައް އެނބުރި އެނބުރި ހުންނަ حال ގައި، ކަލޭގެފާނާ ދިމާޔަށް އެއުރެން ބަލާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި ބިރުވެރިކަން ފިލައިދިއުމުން (ޖެއްސުމާއި މަލާމާތުގެ) ތޫނު ދޫތަކަކުން ތިޔަބައިމީހުންނަށް އެއްޗެހި ގޮވާނެތެވެ. (غنيمة މުދަލާއި، އެހެނިހެން) މުދަލަށް ދަހިވެތިވާ حال ގައެވެ. އެއުރެން إيمان އެއް ނުވެތެވެ. ފަހެ، اللَّه އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. އަދި އެކަމަކީ، اللَّه އަށް ދާދިފަސޭހަކަމެއް ކަމުގައިވެއެވެ
Surah Al-Ahzab, Verse 19
يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا
(كافر ންގެ) جماعة ތައް އެނބުރި (مكة އަށް) ނުދާކަމަށް އެއުރެން (އެބަހީ: منافق ން) ހީކުރެތެވެ. އަދި އެ جماعة ގެ މީހުން އަތުވެއްޖެނަމަ، أعرابى ންގެ ތެރޭގައި ސަހަރާގައި އެއުރެންވީނަމަ، ކިހާރަނގަޅުވީސްހޭ ބުނެ، އެއުރެން އުންމީދުކުރެއެވެ. އެއުރެން ތިޔަބައިމީހުންގެ خبر ތައް އަހައި އޮޅުންފިލުވަތެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އެއުރެންވީނަމަ، ވަރަށްމަދުން މެނުވީ، އެއުރެން ހަނގުރާމައެއް ނުކުރީހެވެ
Surah Al-Ahzab, Verse 20
لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا
ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ
Surah Al-Ahzab, Verse 21
وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا
އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ
Surah Al-Ahzab, Verse 22
مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا
اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ
Surah Al-Ahzab, Verse 23
لِّيَجۡزِيَ ٱللَّهُ ٱلصَّـٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
(އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ، منافق ންނަށް عذاب ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް توبة ލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
Surah Al-Ahzab, Verse 24
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا
كافر ވި މީހުން އެއުރެންގެ ރުޅިވެރިކަމާއެކު اللَّه (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި اللَّه مؤمن ންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
Surah Al-Ahzab, Verse 25
وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا
އަދި އެކަލާނގެ، ފޮތުގެ أهل ވެރިންކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު قتل ކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއްބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ
Surah Al-Ahzab, Verse 26
وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا
އަދި އެއުރެންގެ ބިމާއި، އެއުރެންގެ ގެދޮރާއި، އެއުރެންގެ މުދަލާއި، ތިޔަބައިމީހުން އެ ބިމުގައި ފައިތިލަވެސް ޖައްސައިނުލާ ބިމެއް ތިޔަބައިމީހުންނަށް އެކަލާނގެ ލިބިދެއްވިއެވެ. އަދި اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ވެއެވެ
Surah Al-Ahzab, Verse 27
يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا
އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ حياة އާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް متعة ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ
Surah Al-Ahzab, Verse 28
وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمٗا
އަދި ތިޔަކަނބަލުން، اللَّه އާއި، އެކަލާނގެ رسول އާއާއި، آخرة ގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه، ތިޔަކަނބަލުންކުރެ إحسان ތެރިންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރައްވާފައިވެއެވެ
Surah Al-Ahzab, Verse 29
يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ފާޅުވެގެންހުރި ހުތުރުކަން ބޮޑު ފާފަޔެއްކުރި މީހަކަށް ދެގުނަޔަށް عذاب އިތުރުކުރައްވާ ހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެއް ކަމުގައިވެއެވެ
Surah Al-Ahzab, Verse 30
۞وَمَن يَقۡنُتۡ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعۡمَلۡ صَٰلِحٗا نُّؤۡتِهَآ أَجۡرَهَا مَرَّتَيۡنِ وَأَعۡتَدۡنَا لَهَا رِزۡقٗا كَرِيمٗا
އަދި ތިޔަކަނބަލުންގެ ތެރެއިން اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެ صالح عمل ކުރާ މީހަކަށް، އެމީހާގެ ދަރުމަ، ތިމަންރަސްކަލާނގެ ދެގުނަޔަށް ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހަކަށްޓަކައި (ސުވަރުގޭގައި) ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ
Surah Al-Ahzab, Verse 31
يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا
އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (اللَّه އަށް) تقوى ވެރިވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (نفاق ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ
Surah Al-Ahzab, Verse 32
وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا
އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ
Surah Al-Ahzab, Verse 33
وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
އަދި ތިޔަކަނބަލުންގެ ގެތަކުގައި اللَّه ގެ آية ތަކާއި، حكمة ގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ
Surah Al-Ahzab, Verse 34
إِنَّ ٱلۡمُسۡلِمِينَ وَٱلۡمُسۡلِمَٰتِ وَٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ وَٱلۡقَٰنِتِينَ وَٱلۡقَٰنِتَٰتِ وَٱلصَّـٰدِقِينَ وَٱلصَّـٰدِقَٰتِ وَٱلصَّـٰبِرِينَ وَٱلصَّـٰبِرَٰتِ وَٱلۡخَٰشِعِينَ وَٱلۡخَٰشِعَٰتِ وَٱلۡمُتَصَدِّقِينَ وَٱلۡمُتَصَدِّقَٰتِ وَٱلصَّـٰٓئِمِينَ وَٱلصَّـٰٓئِمَٰتِ وَٱلۡحَٰفِظِينَ فُرُوجَهُمۡ وَٱلۡحَٰفِظَٰتِ وَٱلذَّـٰكِرِينَ ٱللَّهَ كَثِيرٗا وَٱلذَّـٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغۡفِرَةٗ وَأَجۡرًا عَظِيمٗا
ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ
Surah Al-Ahzab, Verse 35
وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا
އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ
Surah Al-Ahzab, Verse 36
وَإِذۡ تَقُولُ لِلَّذِيٓ أَنۡعَمَ ٱللَّهُ عَلَيۡهِ وَأَنۡعَمۡتَ عَلَيۡهِ أَمۡسِكۡ عَلَيۡكَ زَوۡجَكَ وَٱتَّقِ ٱللَّهَ وَتُخۡفِي فِي نَفۡسِكَ مَا ٱللَّهُ مُبۡدِيهِ وَتَخۡشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخۡشَىٰهُۖ فَلَمَّا قَضَىٰ زَيۡدٞ مِّنۡهَا وَطَرٗا زَوَّجۡنَٰكَهَا لِكَيۡ لَا يَكُونَ عَلَى ٱلۡمُؤۡمِنِينَ حَرَجٞ فِيٓ أَزۡوَٰجِ أَدۡعِيَآئِهِمۡ إِذَا قَضَوۡاْ مِنۡهُنَّ وَطَرٗاۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولٗا
اللَّه، އެމީހަކަށް (إسلامى هداية ގެ) نعمة ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّه އަށް تقوى ވެރިވާށެވެ! އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حق ކަންބޮޑީ اللَّه ދެކެއެވެ. ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّة ހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمن ންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދި اللَّه ގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ
Surah Al-Ahzab, Verse 37
مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا
اللَّه، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް ފާފަޔެއް އެ ނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައިވެސް اللَّه، ކަން ހިންގެވިގޮތެވެ. އަދި اللَّه ގެ امر ފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވާފައިވާ ނިޔާއެއް ކަމުގައި ވެއެވެ
Surah Al-Ahzab, Verse 38
ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا
އެއުރެންނީ (އެބަހީ: رسول ންނީ) اللَّه ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބަޔެކެވެ. އަދި އެބޭކަލުން އެކަލާނގެ ދެކެ ބިރުވެތިވެތެވެ. އަދި އެބޭކަލުންނީ اللَّه ފިޔަވައި އެހެންފަރާތަކަށް ބިރުވެތިވާ ބަޔެއްނޫނެވެ. އަދި حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދިވޮޑިގެންވެއެވެ
Surah Al-Ahzab, Verse 39
مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا
ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 40
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ
Surah Al-Ahzab, Verse 41
وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا
އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ
Surah Al-Ahzab, Verse 42
هُوَ ٱلَّذِي يُصَلِّي عَلَيۡكُمۡ وَمَلَـٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمٗا
އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ملائكة ން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށްއެދި دعاء ކުރައްވަތެވެ. އެއީ كافر ކަމުގެ އަނދިރިކަމުން إيمان ކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 43
تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا
އެކަލާނގެއާ އެއުރެން ބައްދަލުވާދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ. އަދި ދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެއުރެންނަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވިއެވެ
Surah Al-Ahzab, Verse 44
يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا
އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ
Surah Al-Ahzab, Verse 45
وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا
އަދި اللَّه ގެ دين އަށް، އެކަލާނގެ أمر ފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ
Surah Al-Ahzab, Verse 46
وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا
އަދި ހަމަކަށަވަރުން، اللَّه ގެ حضرة ން ބޮޑުވެގެންވާ فضل ވަންތަކަން އެއުރެންނަށް ހުރިކަމަށް مؤمن ންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ
Surah Al-Ahzab, Verse 47
وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! އަދި وكيل އަކު ކަމުގައި اللَّه ފުދެތެވެ
Surah Al-Ahzab, Verse 48
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، مؤمن އަންހެނުންނާ ކާވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، عدّة ގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެތެވެ. ފަހެ، އެކަނބަލުންގެ ހިތްހަމަޖެއްސުމުގެގޮތުން ކޮންމެވެސް އެއްޗެއް (އެބަހީ: متعة އެއް) ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! އަދި ތިޔަބައިމީހުން ރީތިވެގެންވާ ދޫކޮށްލުމަކުން އެކަނބަލުން ދޫކޮށްލާށެވެ! (ނޯޓު: މިއީ ރަނެއް ކަނޑައަޅާފައިނުވާނަމަ، އޮންނަގޮތެވެ. ރަނެއް ކަނޑައަޅާފައި އޮތްނަމަ، އޭގެ ދެބައިކުޅައެއްބައި ދޭންޖެހޭނެއެވެ)
Surah Al-Ahzab, Verse 49
يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
އޭ ނަބިއްޔާއެވެ! ކަލޭގެފާނު އެކަނބަލުންގެ ރަން ދެއްވާފައިވާ އަނބިއަނބިކަނބަލުންނާއި، ހަނގުރާމައިގެ غنيمة ގެ ގޮތުގައި ކަލޭގެފާނަށް اللَّه ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކުވެއްޖެ އަޅު އަންހެނުންނާއި، އެކަނބަލުން ކަލޭގެފާނާއެކު هجرة ކުރެއްވި ކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، ކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، މައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިން، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ހުއްދަކޮށް حلال ކުރެއްވީމެވެ. އަދި مؤمن އަންހެނަކު އެމީހެއްގެ އަމިއްލަ نفس ނަބިއްޔާއަށް هبة ކޮށްދީ، އަދި ނަބިއްޔާ އެމީހަކާ ކާވެނި ކުރެއްވުމަށް قصد ކުރައްވައިފިނަމަ، އެމީހަކާ ކާވެނި ކުރެއްވުންވެސް ހުއްދަ ކުރެއްވީމެވެ. އެހެން مؤمن ން ފިޔަވައި، އެމީހަކު ކަލޭގެފާނަށް خاص ވެގެންވާ ގޮތުގައެވެ. އެއުރެންގެ އަނބިންނާ މެދުގައްޔާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަންރަސްކަލާނގެ އެއުރެންނަށް ކަނޑައަޅުއްވާފައިވާގޮތް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއީ ކަލޭގެފާނުގެ މައްޗަށް ދަތިކަމެއް ނުވުމަށްޓަކައެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (ނޯޓު: އަންހެނަކު އެމީހެއްގެ نفس ހިބަކޮށްދީފިނަމަ، ރަނަކާ ނުލައި ކާވެނިކުރުން ހުއްދަވެގެންވީ ހަމައެކަނި ކީރިތި رسول އާއަށެވެ)
Surah Al-Ahzab, Verse 50
۞تُرۡجِي مَن تَشَآءُ مِنۡهُنَّ وَتُـٔۡوِيٓ إِلَيۡكَ مَن تَشَآءُۖ وَمَنِ ٱبۡتَغَيۡتَ مِمَّنۡ عَزَلۡتَ فَلَا جُنَاحَ عَلَيۡكَۚ ذَٰلِكَ أَدۡنَىٰٓ أَن تَقَرَّ أَعۡيُنُهُنَّ وَلَا يَحۡزَنَّ وَيَرۡضَيۡنَ بِمَآ ءَاتَيۡتَهُنَّ كُلُّهُنَّۚ وَٱللَّهُ يَعۡلَمُ مَا فِي قُلُوبِكُمۡۚ وَكَانَ ٱللَّهُ عَلِيمًا حَلِيمٗا
އެކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު (ރޭކުރެއްވުމުގައި) ފަސްކުރެއްވިޔަސް، އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު، ކަލޭގެފާނުގެ އަރިހަށް ގެންނެވިޔަސް، އަދި ކަލޭގެފާނު ދުރުކުރައްވާފައިވާ މީހުންގެ ތެރެއިން ކަލޭގެފާނު ބޭނުންފުޅު މީހަކު (އަލުން) ގެންނެވިޔަސް އެކަމުން ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ އެކަނބަލުންގެ ލޯތަކަށް ފިނިކަން حاصل ވުމަށާއި، އެކަނބަލުން މޮޅިނުވުމަށާއި، ކަލޭގެފާނު އެކަނބަލުންނަށް ދެއްކެވި ގޮތާމެދު، އެކަނބަލުން އެންމެން ރުހުމަށް އެގޮތް ގާތްކަން ބޮޑީއެވެ. ތިޔަބައިމީހުންގެ ހިތްތަކުގައިވާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 51
لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعۡدُ وَلَآ أَن تَبَدَّلَ بِهِنَّ مِنۡ أَزۡوَٰجٖ وَلَوۡ أَعۡجَبَكَ حُسۡنُهُنَّ إِلَّا مَا مَلَكَتۡ يَمِينُكَۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ رَّقِيبٗا
މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް އަންހެނުން ހުއްދަވެގެނެއް ނުވެތެވެ. އަދި އެކަނބަލުންގެ ރީތިކަން، ކަލޭގެފާނު عجائب ފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބަޔެއްގެ ބަދަލުގައި އެހެންބަޔަކާ ކާވެނިކުރެއްވުންވެސް ކަލޭގެފާނަކަށް ހުއްދަވެގެނެއް ނުވެތެވެ. ކަލޭގެފާނަށް ملك ވެގެންވާ އަޅު އަންހެނުން މެނުވީއެވެ. ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 52
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކެއުމަކަށް إذن ދެއްވުމުން މެނުވީ، އަދި އެެ ކެއުން ތައްޔާރުވެއްޖައުމަށް ދާނދެން، انتظار ކުރުމަކާ ނުލައި، ނަބިއްޔާގެ ގޭގެއަށް ތިޔަބައިމީހުން ނުވަންނާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންނަށް ގޮވައިލައްވައިފިނަމަަ، ފަހެ، ތިޔަބައިމީހުން ވަންނާށެވެ! އަދި ތިޔަބައިމީހުން ކައި އަވަދިވެއްޖެނަމަަ، ފަހެ، ތިޔަބައިމީހުން ދާށެވެ! އަދި ވާހަކަ ދެއްކުމުން މުނިފޫހިފިލުވާ ގޮތުގައި ތިޔަބައިމީހުން ނުތިބޭށެވެ! (އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެކަމަކީ، ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައިވެތެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅުގަނެތެވެ. حق ގޮތް بيان ކުރެއްވުމަށް اللَّه ލަދުވެތިވެވޮޑިއެއްނުގަންނަވަތެވެ. އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ سؤال ކުރާށެވެ! ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ طاهر ކަންބޮޑީ އެގޮތެވެ. اللَّه ގެ رسول އާއަށް ތިޔަބައިމީހުން އުނދަގޫ ކުރުމެއް، އަދި އެކަލޭގެފާނަށްފަހު ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ކާވެނިކުރުމެއް ތިޔަބައިމީހުންނަކަށް ހުއްދަވެގެނެއް ނުވެތެވެ. ހަމަކަށަވަރުން، އެކަމަކީ، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ކަމެއްކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ
Surah Al-Ahzab, Verse 53
إِن تُبۡدُواْ شَيۡـًٔا أَوۡ تُخۡفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَيۡءٍ عَلِيمٗا
ތިޔަބައިމީހުން ކަމެއް ފާޅުކުޅަޔަސް، ނުވަތަ އެކަމެއް ވަންހަނާކުޅަޔަސް ފަހެ، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައި ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 54
لَّا جُنَاحَ عَلَيۡهِنَّ فِيٓ ءَابَآئِهِنَّ وَلَآ أَبۡنَآئِهِنَّ وَلَآ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ إِخۡوَٰنِهِنَّ وَلَآ أَبۡنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتۡ أَيۡمَٰنُهُنَّۗ وَٱتَّقِينَ ٱللَّهَۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا
އެކަނބަލުންގެ (އެބަހީ: رسول އާގެ އަނބިއަނބިކަނބަލުންގެ) ބަފައިންނާ މެދުގައްޔާއި، އެކަނބަލުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، އެކަނބަލުންގެ أخ ންނާ މެދުގައްޔާއި، އެކަނބަލުންގެ أخ ންގެ ފިރިހެން ދަރީންނާ މެދުގައްޔާއި، އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، مؤمن އަންހެނުންނާ މެދުގައްޔާއި، އެކަނބަލުންނަށް ملك ވެގެންވާ އަޅުންނާ މެދުގައި (ފަރުދާ ނުކުރެއްވިޔަސް) އެކަނބަލުންގެ މައްޗަކަށް ކުށެއް ފާފައެއް ނެތެވެ. އަދި ތިޔަކަނބަލުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 55
إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ
Surah Al-Ahzab, Verse 56
إِنَّ ٱلَّذِينَ يُؤۡذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَأَعَدَّ لَهُمۡ عَذَابٗا مُّهِينٗا
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް كافر ވާ) މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ދުނިޔެއާއި، آخرة ގައި لعنة ލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި عذاب އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ
Surah Al-Ahzab, Verse 57
وَٱلَّذِينَ يُؤۡذُونَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ بِغَيۡرِ مَا ٱكۡتَسَبُواْ فَقَدِ ٱحۡتَمَلُواْ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا
އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ
Surah Al-Ahzab, Verse 58
يَـٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 59
۞لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا
ހަމަކަށަވަރުން، منافق ންނާއި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، مؤمن ން ބިރުގެންނެވުމަށް المدينة ގައި ދޮގު ވާހަކަތައް ފަތުރައި، ފިތުނައުފައްދާ މީހުން އެކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ފާކުރައްވައި ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި ވަރަށް ކުރު މުއްދަތަކަށް މެނުވީ އެއުރެން އެރަށުގައި ނުތިބޭނެތެވެ
Surah Al-Ahzab, Verse 60
مَّلۡعُونِينَۖ أَيۡنَمَا ثُقِفُوٓاْ أُخِذُواْ وَقُتِّلُواْ تَقۡتِيلٗا
އެއުރެންނަށް لعنة ލައްވާފައިވާ حال ގައެވެ. (އަދި) އެއުރެން ފެނުނު ކޮންމެ ތަނަކުން ހިފެވި، ބިރުވެރި قتل ކުރުމަކުން، އެއުރެން قتل ކުރެވޭހުށްޓެވެ
Surah Al-Ahzab, Verse 61
سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا
(އެއީ) އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
Surah Al-Ahzab, Verse 62
يَسۡـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِۚ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا
قيامة ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަން ކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ކަލޭގެފާނަށް އެކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ قيامة ވުމުގެ ވަގުތު ވަރަށް ގާތްވެފައިވެސް އޮވެދާނެތެވެ
Surah Al-Ahzab, Verse 63
إِنَّ ٱللَّهَ لَعَنَ ٱلۡكَٰفِرِينَ وَأَعَدَّ لَهُمۡ سَعِيرًا
ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ
Surah Al-Ahzab, Verse 64
خَٰلِدِينَ فِيهَآ أَبَدٗاۖ لَّا يَجِدُونَ وَلِيّٗا وَلَا نَصِيرٗا
އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ
Surah Al-Ahzab, Verse 65
يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠
އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ
Surah Al-Ahzab, Verse 66
وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ
Surah Al-Ahzab, Verse 67
رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا
އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ
Surah Al-Ahzab, Verse 68
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! موسى ގެފާނަށް އުނދަގޫކޮށް އުޅުނު މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެއުރެން އެކަލޭގެފާނާމެދު ދެއްކި ވާހަކައިން، اللَّه، އެކަލޭގެފާނު ބަރީއަކުރެއްވިއެވެ. އަދި اللَّه ގެ حضرة ގައި އެކަލޭގެފާނު، قدر އުފުލިގެންވާ ބޭކަލަކު ކަމުގައި ވިއެވެ
Surah Al-Ahzab, Verse 69
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ
Surah Al-Ahzab, Verse 70
يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا
(އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ
Surah Al-Ahzab, Verse 71
إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا
ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسان އާއެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسان އާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ
Surah Al-Ahzab, Verse 72
لِّيُعَذِّبَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمَۢا
(އެއީ) منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް اللَّه عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް اللَّه توبة ލެއްވުމަށްޓަކައެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ
Surah Al-Ahzab, Verse 73