Surah Al-Mujadila Verse 12 - Divehi Translation by Office Of The President Of Maldives
Surah Al-Mujadilaيَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَٰجَيۡتُمُ ٱلرَّسُولَ فَقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَةٗۚ ذَٰلِكَ خَيۡرٞ لَّكُمۡ وَأَطۡهَرُۚ فَإِن لَّمۡ تَجِدُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން رسول އާއަށް مناجاة އެއް ދަންނަވާނަމަ، ތިޔަބައިމީހުން مناجاة ދެންނެވުމުގެ ކުރީގައި (فقير ންނަށް) صدقات އެއް ކުރިމަތިކުރާހުށިކަމެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި طاهر ކަންބޮޑުމެއެވެ. ފަހެ، ތިޔަބައިމީހުންނަށް صدقات އެއް ކުރާނޭ އެއްޗެއް ނުލިބުނުނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ