Surah Al-Mujadila Verse 13 - Divehi Translation by Office Of The President Of Maldives
Surah Al-Mujadilaءَأَشۡفَقۡتُمۡ أَن تُقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَٰتٖۚ فَإِذۡ لَمۡ تَفۡعَلُواْ وَتَابَ ٱللَّهُ عَلَيۡكُمۡ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
ތިޔަބައިމީހުން رسول އާއަށް مناجاة އެއް ދެންނެވުމުގެކުރިން صدقات އެއް ކުރިމަތިކުރުމަށް ތިޔަބައިމީހުން ބިރުގަތީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް އެކަންތައް ނުކުރެވުނުހިނދު، އަދި اللَّه ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައިފިހިނދު، ފަހެ، ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ