Surah Al-Balad - Divehi Translation by Office Of The President Of Maldives
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ
އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ
Surah Al-Balad, Verse 1
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ
(ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް) އެބަހީ: مكة (ގަންދެއްވައި ހުވާ وحى ކުރައްވަމެވެ)
Surah Al-Balad, Verse 2
وَوَالِدٖ وَمَا وَلَدَ
އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ)
Surah Al-Balad, Verse 3
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ
Surah Al-Balad, Verse 4
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ
އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
Surah Al-Balad, Verse 5
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا
އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ
Surah Al-Balad, Verse 6
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟
Surah Al-Balad, Verse 7
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟
Surah Al-Balad, Verse 8
وَلِسَانٗا وَشَفَتَيۡنِ
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟
Surah Al-Balad, Verse 9
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ
އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ
Surah Al-Balad, Verse 10
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ
ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟
Surah Al-Balad, Verse 11
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ
ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah Al-Balad, Verse 12
فَكُّ رَقَبَةٍ
އެއީ (އަޅަކު މިނިވަންކުރުމެވެ)
Surah Al-Balad, Verse 13
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ
ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ
Surah Al-Balad, Verse 14
يَتِيمٗا ذَا مَقۡرَبَةٍ
ގާތްތިމާގެ ޔަތީމަކަށެވެ
Surah Al-Balad, Verse 15
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ
ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ
Surah Al-Balad, Verse 16
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ
ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ
Surah Al-Balad, Verse 17
أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ
ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ
Surah Al-Balad, Verse 18
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
އަދި ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ
Surah Al-Balad, Verse 19
عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ
އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ
Surah Al-Balad, Verse 20