Surah Ash-Shams - Divehi Translation by Office Of The President Of Maldives
وَٱلشَّمۡسِ وَضُحَىٰهَا
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ
Surah Ash-Shams, Verse 1
وَٱلۡقَمَرِ إِذَا تَلَىٰهَا
އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ
Surah Ash-Shams, Verse 2
وَٱلنَّهَارِ إِذَا جَلَّىٰهَا
އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ
Surah Ash-Shams, Verse 3
وَٱلَّيۡلِ إِذَا يَغۡشَىٰهَا
އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
Surah Ash-Shams, Verse 4
وَٱلسَّمَآءِ وَمَا بَنَىٰهَا
އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ
Surah Ash-Shams, Verse 5
وَٱلۡأَرۡضِ وَمَا طَحَىٰهَا
އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ
Surah Ash-Shams, Verse 6
وَنَفۡسٖ وَمَا سَوَّىٰهَا
އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ
Surah Ash-Shams, Verse 7
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا
ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ
Surah Ash-Shams, Verse 8
قَدۡ أَفۡلَحَ مَن زَكَّىٰهَا
އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ
Surah Ash-Shams, Verse 9
وَقَدۡ خَابَ مَن دَسَّىٰهَا
އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ
Surah Ash-Shams, Verse 10
كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ
ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ
Surah Ash-Shams, Verse 11
إِذِ ٱنۢبَعَثَ أَشۡقَىٰهَا
އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ
Surah Ash-Shams, Verse 12
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا
ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ
Surah Ash-Shams, Verse 13
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا
ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ
Surah Ash-Shams, Verse 14
وَلَا يَخَافُ عُقۡبَٰهَا
އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ
Surah Ash-Shams, Verse 15