Surah Al-Lail - Divehi Translation by Office Of The President Of Maldives
وَٱلَّيۡلِ إِذَا يَغۡشَىٰ
ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
Surah Al-Lail, Verse 1
وَٱلنَّهَارِ إِذَا تَجَلَّىٰ
ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ
Surah Al-Lail, Verse 2
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
އަދި ފިރިހެން، އަންހެންް، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ
Surah Al-Lail, Verse 3
إِنَّ سَعۡيَكُمۡ لَشَتَّىٰ
ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ
Surah Al-Lail, Verse 4
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ
ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ
Surah Al-Lail, Verse 5
وَصَدَّقَ بِٱلۡحُسۡنَىٰ
(ފަހެ) މުދަލުން (ހޭދަކޮށް) اللَّه އަށް (تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ)
Surah Al-Lail, Verse 6
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ
Surah Al-Lail, Verse 7
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ
Surah Al-Lail, Verse 8
وَكَذَّبَ بِٱلۡحُسۡنَىٰ
އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ
Surah Al-Lail, Verse 9
فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ
ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ
Surah Al-Lail, Verse 10
وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ
(އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ)
Surah Al-Lail, Verse 11
إِنَّ عَلَيۡنَا لَلۡهُدَىٰ
ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ
Surah Al-Lail, Verse 12
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ
އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ
Surah Al-Lail, Verse 13
فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ
ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ
Surah Al-Lail, Verse 14
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ
Surah Al-Lail, Verse 15
ٱلَّذِي كَذَّبَ وَتَوَلَّىٰ
އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ
Surah Al-Lail, Verse 16
وَسَيُجَنَّبُهَا ٱلۡأَتۡقَى
އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ
Surah Al-Lail, Verse 17
ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ
އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ
Surah Al-Lail, Verse 18
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ
އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ
Surah Al-Lail, Verse 19
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ
(އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ)
Surah Al-Lail, Verse 20
وَلَسَوۡفَ يَرۡضَىٰ
އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ
Surah Al-Lail, Verse 21