Surah Ad-Dhuha - Divehi Translation by Office Of The President Of Maldives
وَٱلضُّحَىٰ
ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ
Surah Ad-Dhuha, Verse 1
وَٱلَّيۡلِ إِذَا سَجَىٰ
އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
Surah Ad-Dhuha, Verse 2
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ
Surah Ad-Dhuha, Verse 3
وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ
އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ
Surah Ad-Dhuha, Verse 4
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ
Surah Ad-Dhuha, Verse 5
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ
Surah Ad-Dhuha, Verse 6
وَوَجَدَكَ ضَآلّٗا فَهَدَىٰ
އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ
Surah Ad-Dhuha, Verse 7
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ
Surah Ad-Dhuha, Verse 8
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ
Surah Ad-Dhuha, Verse 9
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ
Surah Ad-Dhuha, Verse 10
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ
Surah Ad-Dhuha, Verse 11