Surah Al-Inshirah - Divehi Translation by Office Of The President Of Maldives
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟
Surah Al-Inshirah, Verse 1
وَوَضَعۡنَا عَنكَ وِزۡرَكَ
އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ
Surah Al-Inshirah, Verse 2
ٱلَّذِيٓ أَنقَضَ ظَهۡرَكَ
އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ
Surah Al-Inshirah, Verse 3
وَرَفَعۡنَا لَكَ ذِكۡرَكَ
އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ
Surah Al-Inshirah, Verse 4
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ
Surah Al-Inshirah, Verse 5
إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا
ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ
Surah Al-Inshirah, Verse 6
فَإِذَا فَرَغۡتَ فَٱنصَبۡ
(ފަހެ، ކަލޭގެފާނު) دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން (އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު) އަޅުކަން ކުރެއްވުމުގައި (ވަރުބަލިވެ ވަޑައިގަންނަވާށެވެ)
Surah Al-Inshirah, Verse 7
وَإِلَىٰ رَبِّكَ فَٱرۡغَب
އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ
Surah Al-Inshirah, Verse 8