Surah At-Tin - Divehi Translation by Office Of The President Of Maldives
وَٱلتِّينِ وَٱلزَّيۡتُونِ
ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ
Surah At-Tin, Verse 1
وَطُورِ سِينِينَ
އަދި طورسينا ގަންދެއްވަމެވެ
Surah At-Tin, Verse 2
وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ
އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ
Surah At-Tin, Verse 3
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ
Surah At-Tin, Verse 4
ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ
ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ
Surah At-Tin, Verse 5
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ
إيمان ވެ صالح عمل ތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ
Surah At-Tin, Verse 6
فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ
އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު إنكار ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟
Surah At-Tin, Verse 7
أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ
حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟
Surah At-Tin, Verse 8